-
Notifications
You must be signed in to change notification settings - Fork 0
/
13 Thaa.json
1913 lines (1913 loc) · 372 KB
/
13 Thaa.json
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
274
275
276
277
278
279
280
281
282
283
284
285
286
287
288
289
290
291
292
293
294
295
296
297
298
299
300
301
302
303
304
305
306
307
308
309
310
311
312
313
314
315
316
317
318
319
320
321
322
323
324
325
326
327
328
329
330
331
332
333
334
335
336
337
338
339
340
341
342
343
344
345
346
347
348
349
350
351
352
353
354
355
356
357
358
359
360
361
362
363
364
365
366
367
368
369
370
371
372
373
374
375
376
377
378
379
380
381
382
383
384
385
386
387
388
389
390
391
392
393
394
395
396
397
398
399
400
401
402
403
404
405
406
407
408
409
410
411
412
413
414
415
416
417
418
419
420
421
422
423
424
425
426
427
428
429
430
431
432
433
434
435
436
437
438
439
440
441
442
443
444
445
446
447
448
449
450
451
452
453
454
455
456
457
458
459
460
461
462
463
464
465
466
467
468
469
470
471
472
473
474
475
476
477
478
479
480
481
482
483
484
485
486
487
488
489
490
491
492
493
494
495
496
497
498
499
500
501
502
503
504
505
506
507
508
509
510
511
512
513
514
515
516
517
518
519
520
521
522
523
524
525
526
527
528
529
530
531
532
533
534
535
536
537
538
539
540
541
542
543
544
545
546
547
548
549
550
551
552
553
554
555
556
557
558
559
560
561
562
563
564
565
566
567
568
569
570
571
572
573
574
575
576
577
578
579
580
581
582
583
584
585
586
587
588
589
590
591
592
593
594
595
596
597
598
599
600
601
602
603
604
605
606
607
608
609
610
611
612
613
614
615
616
617
618
619
620
621
622
623
624
625
626
627
628
629
630
631
632
633
634
635
636
637
638
639
640
641
642
643
644
645
646
647
648
649
650
651
652
653
654
655
656
657
658
659
660
661
662
663
664
665
666
667
668
669
670
671
672
673
674
675
676
677
678
679
680
681
682
683
684
685
686
687
688
689
690
691
692
693
694
695
696
697
698
699
700
701
702
703
704
705
706
707
708
709
710
711
712
713
714
715
716
717
718
719
720
721
722
723
724
725
726
727
728
729
730
731
732
733
734
735
736
737
738
739
740
741
742
743
744
745
746
747
748
749
750
751
752
753
754
755
756
757
758
759
760
761
762
763
764
765
766
767
768
769
770
771
772
773
774
775
776
777
778
779
780
781
782
783
784
785
786
787
788
789
790
791
792
793
794
795
796
797
798
799
800
801
802
803
804
805
806
807
808
809
810
811
812
813
814
815
816
817
818
819
820
821
822
823
824
825
826
827
828
829
830
831
832
833
834
835
836
837
838
839
840
841
842
843
844
845
846
847
848
849
850
851
852
853
854
855
856
857
858
859
860
861
862
863
864
865
866
867
868
869
870
871
872
873
874
875
876
877
878
879
880
881
882
883
884
885
886
887
888
889
890
891
892
893
894
895
896
897
898
899
900
901
902
903
904
905
906
907
908
909
910
911
912
913
914
915
916
917
918
919
920
921
922
923
924
925
926
927
928
929
930
931
932
933
934
935
936
937
938
939
940
941
942
943
944
945
946
947
948
949
950
951
952
953
954
955
956
957
958
959
960
961
962
963
964
965
966
967
968
969
970
971
972
973
974
975
976
977
978
979
980
981
982
983
984
985
986
987
988
989
990
991
992
993
994
995
996
997
998
999
1000
{ "dhivehi":"ތޭރިޖެހުން","definition":"ތޭރިލެއްވުން.","latin":"theyrijehun","english":""}
{ "dhivehi":"ތޭރު","definition":"މ. ދޮންދޫނި.(ބދ.) ކުރަފަތް.","latin":"theyru","english":""}
{ "dhivehi":"ތޭޅި","definition":"(ޏ.) ތޮޅި.","latin":"theylhi","english":""}
{ "dhivehi":"ތޭޅިވެލް","definition":"(ޏ.) ތޮޅިވެޔޮ.","latin":"theylhivel","english":""}
{ "dhivehi":"ތޭއްޓަރު","definition":"(ބދ.) ފުއްޓަރު.","latin":"theytaru","english":""}
{ "dhivehi":"ތޭވަންނަ","definition":"ފަންސާސްތިނެއް.","latin":"theyvanna","english":""}
{ "dhivehi":"ތޭވީސް","definition":"ގުނުމުގެ ތޭވީސްވަނަ ޢަދަދު.ދެދިހަތިނެއް.","latin":"theyvees","english":""}
{ "dhivehi":"ތޭފަރު","definition":"(ބދ.) އަންހެނާގެ ފަރުޖު.","latin":"theyfaru","english":""}
{ "dhivehi":"ތޭގު","definition":"(ބދ.) ކުރަފަތް.","latin":"theygu","english":""}
{ "dhivehi":"ތޮ","definition":"ކަލޭ.","latin":"tho","english":""}
{ "dhivehi":"ތޮހެނެ","definition":"(ގ.) ތިޔަބައިމީހުން.","latin":"thohene","english":""}
{ "dhivehi":"ތޮހެލާ","definition":"(ގ.) ކަލޭމެން.","latin":"thohelaa","english":""}
{ "dhivehi":"ތޮށަލި","definition":"ރުކުގެފަން މެދުން ފަޅައިލައިފައި ފަންވަތްތައް، އެއްވަތުމަތިން އަނެއްވަތު ދަށުން ނަގައި ވިޔެފައި ހުންނަ އެއްޗެއް. މިއީ ގޭގޭގެ ބިތުގައި ޖެހުމަށާއި ފުރާޅުގައި ލުމަށް ބޭނުންކުރާ އެއްޗެކެވެ.ރުކުގެ ފަން މެދުން ފަޅައިލައިފައި ދެފަޅީގެ އޮށިގަނޑު ދެފަރާތަށް ހުންނަގޮތަށް ދެފަޅިއެއްކޮށް ވިޔެފައި ހުންނަ އެއްޗެއް. މިއީ މަސް ބެހެއްޓުމަށް ވިޔެފައި ހުންނަ އެއްޗެކެވެ.","latin":"thoshali","english":""}
{ "dhivehi":"ތޮށަލިމަކުނު","definition":"ފައިދިގު މަކުނުގެ ވައްތަރެއް. މިބާވަތުގެ މަކުނު ބަލިވެއިންނައިރު ފޮށިގަނޑެއްލާނެއެވެ.","latin":"thoshalimakunu","english":""}
{ "dhivehi":"ތޮށަލިދުޅަ","definition":"ތޮށައްޔާއި ސާންޗާއި ސަޓާފަދަ ތަކެތި ވިޔާއިރު، އެއްވަތުމަތީން އަނެއްވަތު ދަށުން ވިޔެފައި ހުންނައިރު ހުންނަގޮތް.","latin":"thoshalidhulha","english":""}
{ "dhivehi":"ތޮށަލިދެޑަ","definition":"(ޏ.) ތޮށަލިދުޅަ.","latin":"thoshalidheda","english":""}
{ "dhivehi":"ތޮށަލިތަކުރާޖެހުނު ވިގަނި","definition":"(މިސާލުބަހެއް) މީހެއްގެ ފަހަތުން ދުރަށްނުގޮސް އުނދަގޫވާގޮތަށް އަޅައިގަނެގެން އުޅޭމީހާއާމެދު ބުނެއުޅޭ ބަހެއް.","latin":"thoshalithakuraajehunu vigani","english":""}
{ "dhivehi":"ތޮށަލިލުން","definition":"ތޮށަލިން ފުރާޅު ހިޔާކުރުން.","latin":"thoshalilun","english":""}
{ "dhivehi":"ތޮށި","definition":"ރަށެއްގެ ވަށައިގެން ނުވަތަ ރަށުގެ އެއްފަރާތެއްގެ މޫދުތެރޭގައި ގަލުން ލެވިފައިވާ ނުވަތަ ލައިފައިވާ ފާރު.ފަރު.ގަސްގަހާއި މޭވާގެ ބޭރުގައި ހަރުކޮށް ހުންނަފަށަލަ.ބިސްއަޅާ ތަކެތި އަޅާ ބިހުގެ ބޭރުގައި ހަރުކޮށް އޮންނަބައި.ބައެއްމީހުންގެ ހަންރާޅުވުމުގެ ސަބަބުން ހުޅުނބުހެން ހަމުގައި ހެދިފައި ހުންނަ އެތިއެތިކޮޅު.ވެލަ އާއި އިއްސާއި ކަކުނިފަދަ ދިރޭ ތަކެތީގެ ހަށިގަނޑުގެ ބޭރުގައި ހަރުކޮށް އޮންނަބައި.","latin":"thoshi (gas-gahaageheege)","english":"bark"}
{ "dhivehi":"ތޮށިނުލާބިސް","definition":"ވެލާ ނުވަތަ ކުކުޅުގެ ބަނޑުތެރޭގައި ތޮށިހަރުނުވެ، ހަރުތޮށީގެ ބަދަލުގައި ދުއްޔެއް ބޭރުގައި ލެވިފައިވާ ބިސް.","latin":"thoshinulaabis","english":""}
{ "dhivehi":"ތޮށިނޮޅިދޮންކެޔޮކެއުން","definition":"މަޖާޒު: އަނެކަކު ބުރަމަސައްކަތް ކޮށްގެން ހޯދި އެއްޗެއް ނުވަތަ ކަމެއްގެ ބޭނުން މަސައްކަތް ނުކޮށްހުރި މީހަކު ހިފަންފެށުމުން ބުނެއުޅޭ ބަހެއް.","latin":"thoshinolhidhonkeyokeun","english":""}
{ "dhivehi":"ތޮށިބޭލުން","definition":"(ހ.) ގަހެއްމަރައިލުމަށްޓަކައި އެގަހުގެ ވަކިހިސާބަކުން ތޮށިނެއްޓުން.","latin":"thoshibeylun","english":""}
{ "dhivehi":"ތޮށިބޯބަދަން","definition":"ނާށިގަނޑު ބަދަން.","latin":"thoshiboabadhan","english":""}
{ "dhivehi":"ތޮށިކަން","definition":"އިންސާނުންގެ ހަމުގައި ތޮށިގޮތް ހުންނަކަން.","latin":"thoshikan","english":""}
{ "dhivehi":"ތޮށިއެރުން","definition":"ގަސްގަހާ ގެހީގެ ރޯތޮށިގަނޑު ކަނޑައިލައިގެން ނަގައިފައިހުންނަ ތަނަށް އަލުން ތޮށިއަރައިބެދުން.","latin":"thoshierun","english":""}
{ "dhivehi":"ތޮށިވާލި","definition":"(ޅ.) ހަނދިފާޑުގެ މަހެއް. މިއީ ވާލީގެ ބާވަތެކެވެ.","latin":"thoshivaali","english":""}
{ "dhivehi":"ތޮށިވުން","definition":"އިންސާނުންގެ ހަމުގައި ތޮށި އުފެދިފައިހުރުން.","latin":"thoshivun","english":""}
{ "dhivehi":"ތޮށިމަތީބުރޮޅި","definition":"ނެރުމަތީބުރޮޅި.","latin":"thoshimatheeburolhi","english":""}
{ "dhivehi":"ތޮށިމެށުން","definition":"ތޮށި ހުންނަ ތަކެތީގެ ތޮށީގެ ބޭރުފަށް ތޫނުއެއްޗަކުން އެއާ ވަކިކުރުން.","latin":"thoshimeshun","english":""}
{ "dhivehi":"ތޮށިފަރާތް","definition":"(ލ.) ފުއްޓަރު ފަރާތް.","latin":"thoshifaraaiy","english":""}
{ "dhivehi":"ތޮށިފިލުން","definition":"ގޮދަނާއި ހަނޑުލާއި ބަދަންފަދަ އެއްޗެހިން ތޮށިގޮސް ސާފުވުން.","latin":"thoshifilun","english":""}
{ "dhivehi":"ތޮށިފިލުވުން","definition":"ގޮވާމާއި ބަދަންފަދަ ތަކެތީގައި ހުންނަތޮށި، އެތަކެއްޗާވަކިކުރުން. ނުވަތަ ތޮށި ނެއްޓުން.ލޮނުމެދާއި ފިޔާފަދަ ތަކެތީގެ ބޭރުގައި ހުންނަ ހިކިތޮށި ނެއްޓުން.","latin":"thoshifiluvun","english":""}
{ "dhivehi":"ތޮށިފެޑުން","definition":"(ޏ.) ތޮށިފޮޅުން.","latin":"thoshifedun","english":""}
{ "dhivehi":"ތޮށިފޮޅުން","definition":"ގައިގެހަން ތޮށިތަކެއްހެން ނެއްޓުން.ގަސްގަހުގެ ތޮށި ހިކިގެން އަމިއްލައަށް ނެއްޓުން.","latin":"thoshifolhun","english":""}
{ "dhivehi":"ތޮށިދިއުން","definition":"ތޮށިފިލުން.","latin":"thoshidhiun","english":""}
{ "dhivehi":"ތޮށިދެމުން","definition":"ރޯދަނޑިއާއި މުރަނގަތޮޅި ފަދަ ތަކެތީގެ ބޭރުގައި ހުންނަ ތޮށިފަށް ދަމައި ވަކިކޮށްލުން.","latin":"thoshidhemun","english":""}
{ "dhivehi":"ތޮށިތެޅުން","definition":"ދިޔަވަރު ހިކިފައި އޮންނައިރު ފަރުމަތިން މަސްހިފުން.މުރަނަތޮށި ހުންނަ ދަނޑިފަދަ ތަކެތީގެ ތޮށި އެއްޗަކުން ތަޅައިގެން ނެއްޓުން.","latin":"thoshithelhun","english":""}
{ "dhivehi":"ތޮށިލީބިސް","definition":"ކުކުޅާއި ވެލާފަދަ ތަކެތީގެ ބަނޑުގައި ހުންނަ ބިހުގެތެރެއިން ތޮށިހަރުވެފައި ހުންނަބިސް.","latin":"thoshileebis","english":""}
{ "dhivehi":"ތޮށިލުން","definition":"ތޮށިހެދުން.ކުކުޅުފަދަ އެއްޗެހީގެ ބަނޑުގައި ހުންނަ ބިހުގައި ހަރުތޮށި އުފެދުން.","latin":"thoshilun","english":""}
{ "dhivehi":"ތޮށިގަނޑު","definition":"ރަށެއްގެ ވަށައިގެން ނުވަތަ ރަށެއްގެ އެއްފަރާތެއްގެ މޫދުތެރޭގައި ގަލުން ލެވިފައިވާ ފާރުގަނޑު.ބިހުގެ ބޭރުގައި އޮންނަ ހަރުބައި.ގަސްގަހާއި މޭވާގެ ބޭރުގައި ހަރުކޮށް އޮންނަބައި.ވެލަޔާއި އިއްސާއި ކަކުނިފަދަ ދިރޭތަކެތީގެ ހަށިގަނޑުގެ ބޭރުގައި ހަރުކޮށް އޮންނަބައި. މަޖާޒު:ޙަޤީޤަތް ފޮރުވުމަށްޓަކައި ބޭރުން ދައްކައިގެންއުޅޭގޮތް.މީހެއްގެ ވިސްނުމާއި ޚިޔާލު ގެންގުޅޭ ހަނިދާއިރާ.","latin":"thoshigandu","english":""}
{ "dhivehi":"ތޮށިޖެހުން","definition":"އޮޑިދޯނިފަހަރު ބާލައި އެހެލާއިރު ފަށަންދަށަށް ރޯގަހުގެ ތޮށިލެއްވުން.ވަޅިއެއްގެ ބޭނުންކޮށްގެން ދަނޑިއަކުން ތޮށިފިލުވުން.މަޖާޒު: (ސ.) އަނެކަކާބެހޭ ޝަކުވާކުރުން.","latin":"thoshijehun","english":""}
{ "dhivehi":"ތޮށީކޮލި","definition":"ތޮށިލާންވީމާ އެކަން ޢާންމުންނަށް އެންގުމަށްޓަކައި ލާ ކޮލި.","latin":"thosheekoli","english":""}
{ "dhivehi":"ތޮށު","definition":"(ސ.) ބައެއްކަހަލަ އެއްޗެހީގެ މަތީ ކައިރިފަށް.","latin":"thoshu","english":""}
{ "dhivehi":"ތޮށޮ","definition":"(ޏ.) ބައެއްކަހަލަ އެއްޗެހީގެ މަތީ ކައިރިފަށް.","latin":"thosho","english":""}
{ "dhivehi":"ތޮށޮލި","definition":"(ސ.) ތޮށަލި.","latin":"thosholi","english":""}
{ "dhivehi":"ތޮށޯލި","definition":"(ލ.) ތޮށަލި.","latin":"thoshoali","english":""}
{ "dhivehi":"ތޮށޯލިދޮޅަ","definition":"(ލ.) ތޮށަލިދުޅަ.","latin":"thoshoalidholha","english":""}
{ "dhivehi":"ތޮށްޓަށްއެރުން","definition":"ތޮށިލާން މޫދަށްދިއުން.","latin":"thohtaherun","english":""}
{ "dhivehi":"ތޮށްޓަށްދިއުން","definition":"ތޮށި މަރާމާތުކޮށް ހަދަންދިއުން.ބޮލިހިލާން ފަރަށްދިއުން.","latin":"thohtahdhiun","english":""}
{ "dhivehi":"ތޮނގި","definition":"ފުޅަފުގައި ފުޅަލި ހަރުކުރަން ހުންނަދަނޑި. މިދަނޑިހުންނާނީ ފުޅަލީގެ އެހެން ދަނޑިތަކަށްވުރެ ތަންކޮޅެއް ދިގުކޮންނެވެ. މިދަނޑީގެ ތިރީކޮޅު ހުންނަނީ ފުޅިއެއްގެފޫ ނުވަތަ ނާއްޓެއް ފަދަ އެއްޗެއްގައި ޖައްސައިފައެވެ. މަތީ ކޮޅުގައި ފުޅަފުގެ މުޑިޔާއެއްކޮށް ކުސަގަނޑެއ ފުރައިފައެވެ.","latin":"thongi","english":""}
{ "dhivehi":"ތޮނަ","definition":"ގޭގެވަސް ހަރުކުރުމަށް، ތާވަކަރަށް ޖަހައިފައި ހުންނަ ކަނި.ދަނޑުމަތީ ފަޅާ ވިނައާއި ކުދިގަސް.","latin":"thona","english":"weed"}
{ "dhivehi":"ތޮނަނެގުން","definition":"ދަނޑު ސާފުކުރާއިރު ކުދިގަސްތަކާއިވިނަ އުފުރުން.","latin":"thonanegun","english":""}
{ "dhivehi":"ތޮނަކަނި","definition":"ފުރާޅުގެ ވަސް ބާއްވަން ތާވަކަރު މަތީގައި ކޮޅަށްޖަހައިފައި ހުންނަ ވަކަރުބުރި.","latin":"thonakani","english":""}
{ "dhivehi":"ތޮނަޖެހުން","definition":"ގޭގޭގެ ތާވަކަރު މަތީގައި ނުވަތަ ހުރަހުގެ މަތީގައި ތޮނަކަނި އިންދައި ހަރުކުރުން.","latin":"thonajehun","english":""}
{ "dhivehi":"ތޮނާޑާ","definition":"(ގ.)ތޮނަގަނޑު.ވިނަގަނޑު.","latin":"thonaadaa","english":""}
{ "dhivehi":"ތ","definition":"ތާނައިގެ ތޭރަ ވަނަ އަކުރު.ދިވެހި ވިޔައަކުރުގެ 4 ވަނަ އަކުރު.އަކުރުފިލި ތާނައިގެ އެބެފިއްޔާއި އޭބޭފިލި.","latin":"thaa","english":"13th letter of thaana"}
{ "dhivehi":"ތަ","definition":"ކަލޭ.(މ.) ކަނބުލޭގެ.ސުވާލުކުރުމުގެ މާނަ ދޭހަކުރުމަށް ބޭނުންކުރާ އަކުރެއް. މިސާލު: (ހ) ތިޔަކުރީކިހައި ދެރަކަމެއްތަ؟ (ށ) ތިޔައީ ހަމަތެދެއްތަ؟","latin":"tha","english":""}
{ "dhivehi":"ތަހިލީލު","definition":"(ޏ.ސ.) ތަހުލީލު.","latin":"thahileelu","english":""}
{ "dhivehi":"ތަހުނިޔާ","definition":"މުބާރަކްބާދު.","latin":"thahuniyaa","english":""}
{ "dhivehi":"ތަހުނިޔާކިޔުން","definition":"މުބާރަކްބާދު އަދާކުރުން.","latin":"thahuniyaakiyun","english":""}
{ "dhivehi":"ތަހުޒީބު","definition":"އާރާސްތު.ޒަމާނާ އެއްގޮތަށް ބަދަލުވާ ބަދަލުވުން.ރަނގަޅު ރީތިގޮތްތައް.","latin":"thahuzeebu","english":""}
{ "dhivehi":"ތަހުޒީބުވުން","definition":"އާރާސްތުވުން.ޒަމާނާ އެއްގޮތަށް ބަދަލުވުން.ރަނގަޅު ރީތިގޮތްތައް އަށަގަތުން.","latin":"thahuzeebuvun","english":""}
{ "dhivehi":"ތަހެނެ","definition":"(ގ.) ތިޔަ ކަނބަލުން.","latin":"thahene","english":""}
{ "dhivehi":"ތަހެލާނެ","definition":"(ގ.) ކަލޭމެން.","latin":"thahelaane","english":""}
{ "dhivehi":"ތަށަ","definition":"(ސ.)ބިންމަތީގައި އޮންނަ ހަރުފަށަލަ.(ޏ.) ކަލެއަށް.","latin":"thasha","english":""}
{ "dhivehi":"ތަށަށްކިޔަނީމަރިޔަނބުހޭވެސް އަހައެއްނުލިއެވެ.","definition":"(މުސްކުޅިބަހެއް)ތިމާ ދައްކާ ވާހަކަޔަށް އަނެކަކު ދެނަހުރިކަމަށްވެސް ނުހެދިޔޭ ބުނުމަށް ބުނެއުޅޭ ބަހެއް.ބަރުއެއްޗެއް އުފުއްލަން ހިފައިހިފައި ގުޑާނުލުމުން ބުނެއުޅޭ ބަހެއް.ބައްޔަށް ފަރުވާކޮށް ލުޔެއް ނުލިބުމުން ބުނެއުޅޭ ބަހެއް.","latin":"thashahkiyaneemariyanbuheyves ahaenulieve.","english":""}
{ "dhivehi":"ތަށައިހަންޑި","definition":"(ޏ.) ޚިޔާލީ ފުރޭތައެއް.","latin":"thashaihandi","english":""}
{ "dhivehi":"ތަށަވުން","definition":"(ސ.) ބިންމަތީގައި ހަރުފަށަލައެއް އުފެދުން.","latin":"thashavun","english":""}
{ "dhivehi":"ތަށަގަނޑަ","definition":"(ސ.) ހަރުވެފައިއޮންނަ ބިންގަނޑު.","latin":"thashaganda","english":""}
{ "dhivehi":"ތަށާ","definition":"(ޏ.) ބިންމަތީގައި އޮންނަ ހަރުފަށަލަ.","latin":"thashaa","english":""}
{ "dhivehi":"ތަށާގަނޑޮ","definition":"(ޏ.) ހަރުވެފައިއޮންނަ ބިންގަނޑު.","latin":"thashaagando","english":""}
{ "dhivehi":"ތަށާގަތުން","definition":"(ޏ.)ބިންމަތީގައި ހަރުފަށަލައެއް އުފެދުން.ބިންގަނޑު ތަރަވުން.","latin":"thashaagathun","english":""}
{ "dhivehi":"ތަށި","definition":"ކާބޯތަކެތި އަޅަން މުށިންނާއި، މައުދަނީ ތަކެތިން ހަދާކަންވާރެއް.އެކިއެކި މުބާރާތުން ވަނަވަނައަށް އައުމުގެ ސަބަބުން ދޭ އެއްޗެއް. މިހުންނަނީ ގޮނިކޮށް ތައްޓެއްހެންނެވެ. މި އުޅައްލައިފައިވެސް އުޅައްނުލައިވެސް ހުރެއެވެ.ފަންޑިތަ ހެދުމުގެ ގޮތުން ލިޔާ ތަށީގައި ފަންޑިތަލިޔެ ގިރައިލާފެންފޮދު.","latin":"thashi","english":"dish"}
{ "dhivehi":"ތަށިބަރި","definition":"ކާއެއްޗެހި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ޓަކައި، ޕްލާސްޓިކު ނުވަތަ ޒިންކު ނުވަތަ ދަގަނޑުން ދަޅުބުރި ތަކެއްގެ ސިފައަށް ތައްޔާރުކޮށް ދުނިގަނޑަކަށް އެމުނޭގޮތަށް ހަދައިފައި ހުންނައެއްޗެއް.","latin":"thashibari","english":""}
{ "dhivehi":"ތަށިބުރި","definition":"(ހ.) ތަށިބަރީގެ ބައިތަކުގެ ތެރެއިން ބައެއް.","latin":"thashiburi","english":""}
{ "dhivehi":"ތަށިވަތް","definition":"ލަކުޑިއާއި އުވައިން ހަދާ ބައެއް ފާޑުގެ ތަނބުތަނބު ގައްޔާއި ބައެއް ދޮރުކަނީގައި އަޑިކޮށް ނަގައިފައި ހުންނަ ފަށްފަށާއި، ބައެއް ތަންތަން.ބޮލުގެ ނާށިގަނޑު.","latin":"thashivaiy","english":""}
{ "dhivehi":"ތަށިވަތްނަގާރޮންދާ","definition":"މެށީމާ މެދަށް އަޑިކުރެވޭގޮތަށް ތިލަޖަހަން ހަދައިފައި ހުންނަ ރޮންދާ.","latin":"thashivaiynagaarondhaa","english":""}
{ "dhivehi":"ތަށިވަތްނެގުން","definition":"ތަށިވަތަށްވާގޮތަށް އަޑިކުރުން.","latin":"thashivaiynegun","english":""}
{ "dhivehi":"ތަށިމައްޗަށްއެރުން","definition":"އެއްބަޔަކު ކައިނިމުނީމާ އަނެއްބަޔަކު ކާންއެރުން.","latin":"thashimahchaherun","english":""}
{ "dhivehi":"ތަށިމައްޗަށްގޮވުން","definition":"ކެއުމަށް ތައްޔާރުކޮށްފައިވާ ކަތަކެތި މަދުވެފައި ވަނިކޮށް އެތަނުގައި ހުރި އެއްޗެއް ކައިލުމަށް މީހަކަށް، ނުވަތަ ބަޔަކަށް ގޮވުން.","latin":"thashimahchahgovun","english":""}
{ "dhivehi":"ތަށިމަތި","definition":"ސުފުރާމަތި.ކާން ތައްޔާރުކޮށްފައި ހުންނަތަން.އެއްބަޔަކު ކައިނިމިފައި ހުންނަތަން.","latin":"thashimathi","english":""}
{ "dhivehi":"ތަށިމަތިބެލުން","definition":"ބަޔަކު މީހުންނަށް ކެއުމަކަށް ދަޢުވަތުދީގެން އެބަޔަކުއައިސް ކާވަގުތު ތަކެތި މަދުވޭތޯ ބަލައި މަދުވާއެއްޗެއް ގެނެސް އެތަން ރަނގަޅަށް ބެލެހެއްޓުން.ސުފުރާމަތި ބެލެހެއްޓުން.","latin":"thashimathibelun","english":""}
{ "dhivehi":"ތަށިމަތިކަހައިލުން","definition":"މަޖާޒު: ކެއުމަކަށް ތައްޔާރުކޮށްފައިވާ ކާތަކެތި ދެންއަންނަބަޔަކަށް ނުބަހައްޓައި ކައި ހުސްކޮށްލުން.","latin":"thashimathikahailun","english":""}
{ "dhivehi":"ތަށިމުށި","definition":"ބަތްކާތައްޓާއި ޖޯޑުފަދަ ތަކެތި ތެޅުނީމާ ހުންނަ އެތިއެތި ކޮޅު.ފާރާއި ތަޅުންފަދަ ތަންތާނގައި ތަތްކުރާން ހަދައިފައި ހުންނަ މުށީގެ ހަތަރެސްކަން ފޮތި.","latin":"tile (covering floor or wall)","english":"tile"}
{ "dhivehi":"ތަށިމުށިއަޑު","definition":"މަޖާޒު: މާބާރަށް ގުގުރާއިރު އެއަޑަށް ނިސްބަތްކޮށް ބުނާގޮތެއް.","latin":"thashimushiadu","english":""}
{ "dhivehi":"ތަށިމުށިގަނޑު","definition":"މުށިން ހަދައިފައިވާ ތަށި ތެޅުނީމާ އޮންނަ ބޮޑު އެތިގަނޑު.ތަޅުމުގައި ނުވަތަ ފާރުގައި ޖަހަން ހަދައިފައި ހުންނަ ތަށިމުށީގެ ބައެއް.","latin":"thashimushigandu","english":""}
{ "dhivehi":"ތަށިމުށިޖެހުން","definition":"ތަޅުންގަނޑު ނުވަތަ ފާރުފަދަ ތަންތާގައި ތަށިމުށި ތަތްކުރުން.","latin":"thashimushijehun","english":""}
{ "dhivehi":"ތަށިމެށި","definition":"(ސ.) ތަށިމުށި.","latin":"thashimeshi","english":""}
{ "dhivehi":"ތަށިދޮށުމީހުން","definition":"ތަށިމަތި ބަލަހައްޓާ މީހުން.","latin":"thashidhoshumeehun","english":""}
{ "dhivehi":"ތަށިތަވީދި","definition":"(ޏ.) ތަށިތަވީދު.","latin":"thashithaveedhi","english":""}
{ "dhivehi":"ތަށިލިއުން","definition":"އެކިއެކި ބަލިތަކަށް ޝިފާލިބޭތޯ ފަންޑިތަވެރިން ތަށީގައި ދެލިން ފަންޑިތަލިއުން.","latin":"thashiliun","english":""}
{ "dhivehi":"ތަށިސެޓު","definition":"އެއްގޮތަކަށް ހުންނަ 12 ތަށި.އެއްކަމަކަށް ޚާއްޞަ ކޮށްފައި ހުންނަތަށިތައް. މިހުންނާނީ އެއްކުލައެއްގައި އެއްކަހަލަކުރެހުން އަޅައިފައެވެ.","latin":"thashisetu","english":""}
{ "dhivehi":"ތަށު","definition":"(ލ.) ތަށި.","latin":"thashu","english":""}
{ "dhivehi":"ތަނބަލާ","definition":"(ގ.) ތެމާ.","latin":"thanbalaa","english":""}
{ "dhivehi":"ތަނބާ","definition":"(ގ.) ތަނބު.","latin":"thanbaa","english":""}
{ "dhivehi":"ތަނބި","definition":"ފައިގެ ކުޑަހުޅުގައި ދެފަރާތަށް އުފުލިފައި ހުންނަކަށީގެ ބައި.","latin":"than'bi","english":"ankle"}
{ "dhivehi":"ތަނބިށި","definition":"(ލ.) ތަނބިކަށި.","latin":"thanbishi","english":""}
{ "dhivehi":"ތަނބިކަށި","definition":"ފައިތިލަޔާއި ފަޔާގުޅޭ ހުޅުގެ ކަށިގަނޑު.މިހުޅަށްވީހިސާބު.ތަނބި.","latin":"thanbikashi","english":""}
{ "dhivehi":"ތަނބިކައްޓާ","definition":"(ގ.) ތަނބިކަށި.","latin":"thanbikahtaa","english":""}
{ "dhivehi":"ތަނބިވަކި","definition":"(ސ.) ތަނބިވައް.","latin":"thanbivaki","english":""}
{ "dhivehi":"ތަނބިވައް","definition":"އޮށްބޭހުގެ ބާވަތެއް. މިއީ ވިހައެއްޗެކެވެ.","latin":"thanbivah","english":""}
{ "dhivehi":"ތަނބު","definition":"ޢިމާރާތުގެ މަތީބުރަދަން ހިފެހެއްޓުމަށް ޓަކައި ތެދަށް ގަދަކޮށް ޖަހައިފައިހުންނަ މުޑި.މަޖާޒު: ރުކުން.","latin":"than'bu","english":"pillar"}
{ "dhivehi":"ތަނބުރު","definition":"ތަނބުރުވެލުގައި އަޅާ ވަށްކޮށް ފަތިކޮށް ހުންނައެއްޗެއް.ތަނބުރު އަޅާވެޔޮ.","latin":"than'buru","english":"beach morning glory"}
{ "dhivehi":"ތަނބުރުވައް","definition":"(ޏ.) ތަނބުރު.","latin":"thanburuvah","english":""}
{ "dhivehi":"ތަނބުރުވެޔޮ","definition":"އައްސިތަނބުރު.","latin":"thanburuveyo","english":""}
{ "dhivehi":"ތަނބުޅިޖެހުން","definition":"(ސ.) ތޮއްޖެހުން.","latin":"thanbulhijehun","english":""}
{ "dhivehi":"ތަނބެ","definition":"(ގ.) ތަނބު.","latin":"thanbe","english":""}
{ "dhivehi":"ތަނބެށެ","definition":"(ޏ.) ތަނބިކަށި.","latin":"thanbeshe","english":""}
{ "dhivehi":"ތަނބޮ","definition":"(ޏ.) ތަނބު.","latin":"thanbo","english":""}
{ "dhivehi":"ތަނބޮށި","definition":"(ލ.) ފުންނާބު.","latin":"thanboshi","english":""}
{ "dhivehi":"ތަނޑި","definition":"އަތުގައި އަޅަން ބޭނުންކުރާ ގަހަނާއެއް. މިއީ ހިމަކޮށް ވަށްކޮށް ހުންނައެއްޗެކެވެ.ގަހަނާގެ އެކަތި އަނެކައްޗާ ގުޅުވަން ނުވަތަ އޭތި އެހެން އެއްޗަކާ ގުޅުވަން އިތުރުކުރާ ބޮޅެއްހެން ހުންނަ ތަންކޮޅު.ގަސްގަހާގެހީގެފަތް ނުވަތަ އޭގައި އަޅާތަކެތި ގަހުގައި ހަރުލުމަށް ހުންނަބައި.ނަގިއްޔާއި ލޮތާރީގެ މައިދަގަނޑު.ބައިސްކަލުގެ ފިޔަވަޅު ހަރުކުރާތަން.","latin":"than'di (athugai alhaa)","english":"bangle"}
{ "dhivehi":"ތަނޑިރަތްމާ","definition":"ހިސާބެއްގެ މީރުވަހެއްދުވާ، ހަފިޔަހުންނަ ރަތް ރީނދޫ ކުލައިގެ ތަނޑިއެއް ނުންނަ ހުދުމަލެއް. މިމާ ހުވަނދުމަލެއްވަރު ވާނެއެވެ.","latin":"than'diraiymaa","english":"night jasmine"}
{ "dhivehi":"ތަނޑިބައި","definition":"އަތުގައި އަޅަންގެންގުޅޭ ތަނޑިތައް.","latin":"thandibai","english":""}
{ "dhivehi":"ތަނޑިވަޅު","definition":"ތަނޑިހުރިތަން.","latin":"thandivalhu","english":""}
{ "dhivehi":"ތަނޑިފައި","definition":"ދުނިފައި.","latin":"thandifai","english":""}
{ "dhivehi":"ތަނޑިދޮންކެޔޮ","definition":"ހަރުވެގެން ތަނޑި ދޮންވެފައި ހުންނަ ބަނބުކެޔޮ.","latin":"thandidhonkeyo","english":""}
{ "dhivehi":"ތަނޑިލާ","definition":"ރަތްކޮށް ފޯލިކޮށް ހިމަކޮށް ހުންނަ ލާގެ ބާވަތެއް.","latin":"thandilaa","english":""}
{ "dhivehi":"ތަނޑިގަނޑު","definition":"ތަނޑުގަނޑު.","latin":"thandigandu","english":""}
{ "dhivehi":"ތަނޑިޖެހުން","definition":"ފަށްޓަރުބައިގެ ފޮތިފަދަ ތަކެތީގައި ފަށެއްލެވޭގޮތަށް ފޮތީގެ އަރިމަތީގައި ކުޑަބޮޅެއް ހަރުކުރުން.","latin":"thandijehun","english":""}
{ "dhivehi":"ތަނޑު","definition":"ތަނޑި.","latin":"thandu","english":""}
{ "dhivehi":"ތަނޑުގަނޑު","definition":"އަތުގައި އަޅާ ތަނޑީގެ އެކަތި.","latin":"thandugandu","english":""}
{ "dhivehi":"ތަނަކުރި","definition":"(ސ.) ކަނަކުރި.","latin":"thanakuri","english":""}
{ "dhivehi":"ތަނަވަހެ","definition":"(ގ.) ތަނަވަސް.","latin":"thanavahe","english":""}
{ "dhivehi":"ތަނަވަސް","definition":"ދާއިރާފުޅާ.ފޯރާ.ޖާގައޮތް.މުއްސަނދި.","latin":"thanavas","english":"broad"}
{ "dhivehi":"ތަނަވަސްކަން","definition":"ފޯރާކަން.ޖާގައޮތްކަން.މުއްސަނދިކަން.ދާއިރާފުޅާކަން.","latin":"thanavaskan","english":""}
{ "dhivehi":"ތަނަވަސްވުން","definition":"ޖާގަލިބޭގޮތްވުން.ދާއިރާފުޅާވާގޮތްވުން.މުއްސަނދިވުން.","latin":"thanavasvun","english":""}
{ "dhivehi":"ތަނާޒުލު","definition":"ކަމަކުންވާއެއްކިބާ.ކަމަކުން ވަކިވާ ވަކިވުން.","latin":"thanaazulu","english":""}
{ "dhivehi":"ތަނާޒުލުވުން","definition":"ކަމަކުން އެއްކިބާވުން.ކަމަކުންވަކިވުން.","latin":"thanaazuluvun","english":""}
{ "dhivehi":"ތަނުއެޅިކުނަލެއްހެން","definition":"މަޖާޒު:މީހަކު ބަލިހާލު ބޮޑުވެގެން މާގިނަ ދުވަހު ތަންމަތީގައި އޮވެ ހިކި އަނަރޫފަވުމުން ބުނެއުޅޭ ބަހެއް.ގެއަކަށްވަދެ ގަދަކޮށްގެން އަބަދުހެން އެގެއެއްގައި އުޅެން ފެށުމުން ބުނެއުޅޭ ބަހެއް.ޖިންސީ ގުޅުން ހިންގާއިރު އަންހެނަކު ހިސާބަށްވުރެ ލޮނު މަޑުވުން ބުނެއުޅޭ ބަހެއް.","latin":"thanuelhikunalehen","english":""}
{ "dhivehi":"ތަނުއެޅިކުނާހެން","definition":"މަޖާޒު: މީހަކު މާގިނައިން ގެއަކަށް ވަދެއުޅެން ފެށުމުން އެމީހަކާމެދު ބުނެއުޅޭ ބަހެއް.","latin":"thanuelhikunaahen","english":""}
{ "dhivehi":"ތަނުވެޑުވުން","definition":"ކުއްޖަކު ދުނިޔެއަށް އައުމުން އެންމެ ފުރަތަމަ ތަންމައްޗެއްގައި ބޭއްވުން.","latin":"thanuveduvun","english":""}
{ "dhivehi":"ތަނުމަތިއެރުން","definition":"(ގ.) ބައްޔެއްޖެހިތަނުން ނުތެދުވެވޭ ވަރުވުން.","latin":"thanumathierun","english":""}
{ "dhivehi":"ތަނުލޯބި","definition":"މީހަކު ތަނެއްގައި އުޅޭތާ ގިނަދުވަސްވެގެން އޭނާގެ ހިތުގައި އެތަނަކަށް ޖެހޭ ކުލުނު.","latin":"thanuloabi","english":""}
{ "dhivehi":"ތަނެ","definition":"(ގ.)ތަން. ބދ.ލޯ.ހުޅުވާދޮރު.","latin":"thane","english":""}
{ "dhivehi":"ތަނެއްދޮރެއްނުބަލައި","definition":"ތަންދޮރު ނުބަލައި.ވިސްނުމަކާނުލައި.","latin":"thanedhorenubalai","english":""}
{ "dhivehi":"ތަނެއްދޮރެއްނުބެލުން","definition":"އެއެއް މިއެއްނުބެލުން.ހަމަޔަކަށް އިންސާފަކަށް ވިސްނައިނުލުން.","latin":"thanedhorenubelun","english":""}
{ "dhivehi":"ތަން","definition":"ޖާގަ.މަންޒިލު.އެޑްރެސް.","latin":"than","english":"place"}
{ "dhivehi":"ތަންހަރު","definition":"ފަންޑިތައިގެ ބާރުން ތަނެއްގައި ހަރުލާ ހަރުލުން.","latin":"thanharu","english":""}
{ "dhivehi":"ތަންހަރުކުރުން","definition":"އެކިއެކި ކަންތަކަށް ހުއްޓުން އަރުވައިލުން.","latin":"thanharukurun","english":""}
{ "dhivehi":"ތަންހަރުވުން","definition":"ފަންޑިތައިގެބާރުން ހުރިތަނަކުން ހިރިނުލެވިފައިހުރުން.","latin":"thanharuvun","english":""}
{ "dhivehi":"ތަންހެދުން","definition":"ތަނެއްގައި އެއްޗެއް ބެހެއްޓުމަށް ނުވަތަ މީހަކު އިށީނުމަށް ޖާގަހެދުން.ޖާގަ ތައްޔާރު ކުރުން.","latin":"thanhedhun","english":""}
{ "dhivehi":"ތަންހެޔޮތަން","definition":"ވަދެނުކުމެވޭގޮތަށް، ރަށްރަށުގެ ތޮށިން ކެނޑިފައިހުންނަބޮޑެތި ތަން.","latin":"thanheyothan","english":""}
{ "dhivehi":"ތަންހޯދުން","definition":"ލިޔަންއުޅޭ ނުވަތަ ދައްކަންއުޅޭ ވާހަކައަކަށް މަގުފަހި ކުރުން.ކަމެއްގެފެށުން.އިސްބަސް.ލިޔުމުގެ ފެށުމުގެ ބަސްކޮޅު.","latin":"thanhoadhun","english":""}
{ "dhivehi":"ތަންނި","definition":"ފަރުމާނުގެ ދަށުގައި އެއްކޮޅުން އަނެއްކޮޅަށް އެލުވައިފައިއޮންނަ ވައިރު. މިއީ ރިޔާ ބަންނަން އަރައި އުޅުމަށްޓަކައި ބޭނުންކުރާ ވައިރެކެވެ.","latin":"thanni","english":""}
{ "dhivehi":"ތަންބީރިއެރުން","definition":"(ޏ.) ދެބަންދިހާރު ވެފައިހުރުން.","latin":"thanbeerierun","english":""}
{ "dhivehi":"ތަންބީރު","definition":"(ޏ.) ދެބަންދިހާރު.","latin":"thanbeeru","english":""}
{ "dhivehi":"ތަންބޫރަ","definition":"ކޮއްޓާ ފޮށީގައި ބުންނަރާ ޖެހިގެން ހުންނަ ނަރު.ބުންއަޑުތައް ބަރުކޮށް ނެރުމަށް ހަދައިފައި ހުންނަ ބެރު.","latin":"thanboora","english":""}
{ "dhivehi":"ތަންބޫރު","definition":"(ސ.) ތަންބޫރަ.","latin":"thanbooru","english":""}
{ "dhivehi":"ތަންބޭރު","definition":"ފަރާ ގުޅިގެން ފަރުގެ ބޭރު ފަރާތުގައި އަޑި އެނގެން އޮންނަ ހިސާބު.","latin":"thanbeyru","english":""}
{ "dhivehi":"ތަންބޭރުހިފުން","definition":"ދަތުރުކޮށްފައިދާ އުޅަނދު ފަހަރަށް ތަންބޭރާ ހަމަޔަށް ދެވުން.","latin":"thanbeyruhifun","english":""}
{ "dhivehi":"ތަންބޭރުއަތުލުން","definition":"ދަތުރުކޮށްފައިދާ އުޅަނދުފަހަރަށް ރަށްރަށާއި ފަރުފަރުގެ ބޭރުން އަޑި އެނގޭ ހިސާބަށް ދެވުން.","latin":"thanbeyruathulun","english":""}
{ "dhivehi":"ތަންބޭރުއެރުން","definition":"ދަތުރުކޮށްފައިދާ އުޅަނދުފަހަރަށް ރަށުގެ ފަރާ ގުޅިގެން ކަނޑާ ވީފަރާތު އަޑި އެނގޭ ހިސާބަށް އާދެވުން.","latin":"thanbeyruerun","english":""}
{ "dhivehi":"ތަންކަ","definition":"(ބދ.) ކުނައު.","latin":"thanka","english":""}
{ "dhivehi":"ތަންކަތެޅުން","definition":"(ބދ.) މިސްކިތް ފޮޅުން.","latin":"thankathelhun","english":""}
{ "dhivehi":"ތަންކާ","definition":"(ބދ.) އިބްރާހީމުރަން.","latin":"thankaa","english":""}
{ "dhivehi":"ތަންކެޑެ","definition":"(ޏ.) ތަންކޮޅު.","latin":"thankede","english":""}
{ "dhivehi":"ތަންކެޑެއް","definition":"(ޏ.ސ.) ތަންކޮޅެއް.","latin":"thankede","english":""}
{ "dhivehi":"ތަންކޮޅު","definition":"ތަނުގެ ކުޑަކަން ބަޔާންކުރުމަށް ބުނެއުޅޭ ބަހެއް.","latin":"thankolhu","english":""}
{ "dhivehi":"ތަންކޮޅެއް","definition":"ޖާގައެއް.ހުސްބިންކޮޅެއް.އެއްޗެއްގެ ނުވަތަ ތަނެއްގެ ބައެއް.އ. ވަކިވަރަކަށްވުރެ.","latin":"thankolhe","english":""}
{ "dhivehi":"ތަންއޮތްތާގޮނޑިއެޅުން","definition":"މަޖާޒު: އެކިއެކި ޖަލްސާފަދަ ތަންތަނަށް ގަޑި ޖެހުމުގެ މާކުރިން ގޮސްއިނުން.","latin":"thanoiythaagondielhun","english":""}
{ "dhivehi":"ތަންވަޅު","definition":"ދަނޑިވަޅު.ފުރުޞަތު.ވަގުތު.","latin":"thanvalhu","english":""}
{ "dhivehi":"ތަންވަޅުހޯދުން","definition":"ދަނޑިވަޅު ހޯދުން.ފުރުޞަތު ހޯދުން.ވަގުތެއް ހޯދުން.","latin":"thanvalhuhoadhun","english":""}
{ "dhivehi":"ތަންވަޅުބެލުން","definition":"ދަނޑިވަޅަކަށް ވިސްނުން.ފުރުޞަތަކަށް ބަލަބަލައި ހުރުން.ވަގުތެއްވޭތޯ ބަލަބަލައި ހުރުން.","latin":"thanvalhubelun","english":""}
{ "dhivehi":"ތަންވަޅުކުޑަވުން","definition":"ބޮޑުކަމުދާންވެގެން ނުތަންވަޅުވުން.ކަމެއްގެ ވަގުތު ކުޑަތަންވުން.","latin":"thanvalhukudavun","english":""}
{ "dhivehi":"ތަންވަޅުވުން","definition":"ވަގުތުވުން.ފުރުޞަތުލިބުން.","latin":"thanvalhuvun","english":""}
{ "dhivehi":"ތަންވަޅުދޮށި","definition":"މެދުދޮށްޓާއި، ކުރުދޮށްޓާ ދޭތެރޭގެ ދޮށި.","latin":"thanvalhudhoshi","english":""}
{ "dhivehi":"ތަންވަޅުލިބުން","definition":"ދަނޑިވަޅު ލިބުން.ފުރުޞަތު ލިބުން.ވަގުތު ލިބުން.","latin":"thanvalhulibun","english":""}
{ "dhivehi":"ތަންވަޅެ","definition":"(ގ.) ތަންވަޅު.","latin":"thanvalhe","english":""}
{ "dhivehi":"ތަންވަޅޮ","definition":"(ޏ.) ތަންވަޅު.","latin":"thanvalho","english":""}
{ "dhivehi":"ތަންވަޅޮވުން","definition":"(ޏ.) ތަންވަޅުވުން.","latin":"thanvalhovun","english":""}
{ "dhivehi":"ތަންވިޔަރި","definition":"އާދަވެގެން ނިދައި އުޅޭތަންނޫން ތަނެއްގައި ނިދަން ޖެހުމުން ނިދިނައިސްގެން އުޅޭ އުޅުން.","latin":"thanviyari","english":""}
{ "dhivehi":"ތަންވިޔަރިވުން","definition":"އާދަވެގެން ނިދާތަންނޫން ތަނެއްގައި ނިދަން ޖެހުމުން، ނިދިނައިސްގެން ތަންމަތީގައި ފުރޮޅިފުރޮޅިއޮތުން.","latin":"thanviyarivun","english":""}
{ "dhivehi":"ތަންވީނު","definition":"ޢަރަބި ކޮންމެ އަކުރެއްގައިވެސް އެއްބާވަތަކުން ޖެހޭދެފިލި.","latin":"thanveenu","english":""}
{ "dhivehi":"ތަންމަހަ","definition":"(ގ.ޏ.) އޮރީގެ ބާވަތެއް. މިމަހުގައި ތިންހަތަރު މިލިމީޓަރުގެ ފުޅާމިން ހުންނަވަރުގެ ކަޅުރޮނގުތަކެއް މަހުގެ ދިގަށް ހުންނާނެއެވެ. މިމަސް އުޅެނީ ފަޅުމަތީގައްޔާއި ފަރުފަރުގައެވެ. މިބާވަތުގެ މަހުގެ އަނގަ ކުޑަވާނެއެވެ.","latin":"thanmaha","english":""}
{ "dhivehi":"ތަންމަކުނު","definition":"މީހުން އިށީނދެ އޮށޯވެހަދާ އެނދު އައްޓާއި ގޮނޑިފަދަ ތަންތާނގައި އުފެދޭ ދިރޭއެއްޗެއް. މިއީ މީހުންގެ ގައިގައި ހަފައި ލޭބޮއިހަދާ އެއްޗެކެވެ.","latin":"thanmakunu","english":""}
{ "dhivehi":"ތަންމައްތާ","definition":"(ގ.) ތަންމަތި.","latin":"thanmahthaa","english":""}
{ "dhivehi":"ތަންމަތި","definition":"އެނދުއަށީގައި ނިދުމަށް ތައްޔާރުކޮށްފައި ހުންނަތަން.ނިދުމަށްޓަކައި ފަތުރާ އެތި.އިލެކްޓްރިކް ހޮޅިބުރި ހަރުކުރާއެތި.ލާންޗުފަހަރު އެހެލައި ބޭލުމަށާއި ތަންތާ ބެހެއްޓުމަށްޓަކައި ބަނޑު ފިލާ ޖެހޭގޮތަށް ހަދައިފައި ހުންނައެތި.","latin":"thanmathi","english":""}
{ "dhivehi":"ތަންމަތިހެދުން","definition":"ތަންމަތިއެޅުން.ނާފަހަރުފަދަ އެއްޗެހި އެހެލައިފައި އަރިއަށް ބާއްވާއިރު ބަނޑުފިލާޖެހޭގޮތަށް އައްޓެއްހެދުން.ތަންމައްޗެއް ތައްޔާރުކުރުން.","latin":"thanmathihedhun","english":""}
{ "dhivehi":"ތަންމަތިބަނުން","definition":"ދަތުރަށްދާމީހާގެ ތަންމަތި އޮޅައިލައި އައްސައިލުން.މަޖާޒު: އުޅޭ ތަންނޫން އެހެން ތަނަކަށް ދާން ތައްޔާރުވުން.","latin":"thanmathibanun","english":""}
{ "dhivehi":"ތަންމަތިބަލި","definition":"ކަންނެތްބަލި.","latin":"thanmathibali","english":""}
{ "dhivehi":"ތަންމަތިބޮނޑި","definition":"ނިދަން ބޭނުންކުރާ ބާލީހާއި ކުނާފަދަ ތަކެތި އެއްކޮށް އޮޅައި ބަނދެފައިވާ ބޮނޑި.","latin":"thanmathibondi","english":""}
{ "dhivehi":"ތަންމަތިބޮނޑިޔާ","definition":"(ގ.) ތަންމަތިބޮނޑި.","latin":"thanmathibondiyaa","english":""}
{ "dhivehi":"ތަންމަތިއެރުން","definition":"(ޏ.ސ.) ތަންމަތިން ނުތެދުވެވޭފަދަ ބައްޔެއްޖެހުން.","latin":"thanmathierun","english":""}
{ "dhivehi":"ތަންމަތިއެޅުން","definition":"އެނދުގެ ކުނަލާއި، ކަންނޭލާއި ބާލީސްތައް ރީތިކޮށް ހަމަޖެއްސުން، ނުވަތަ ގޮދަޑިއާއި ބާލީސްތައް ރީތިކޮށް ފަލަނގު ފޭލިއެޅުން.ތަންމައްޗަށް ހިމެނޭ ހުރިހާއެއްޗެއް ތަރުތީބުކުރުން.ތަންމަތިފެތުރުން.","latin":"thanmathielhun","english":""}
{ "dhivehi":"ތަންމަތިވުން","definition":"ބިކަޙާލުގައި ގިނަދުވަހު އެނދުގައި އޮންނަންޖެހުން.","latin":"thanmathivun","english":""}
{ "dhivehi":"ތަންމަތިފާރު","definition":"(ސ.) ތަންފާރު.","latin":"thanmathifaaru","english":""}
{ "dhivehi":"ތަންމަސް","definition":"(ސ.) އޮރީގެ ބާވަތެއް. މިމަހުގައި ތިންހަތަރު މިލިމީޓަރގެ ފުޅާމިން ހުންނަވަރުގެ ކަޅުރޮނގުތަކެއް މަހުގެ ދިގަށް ހުންނާނެއެވެ. މިމަސް އުޅެނީ ފަޅުމަތީގައްޔާއި ފަރުމަތީގައެވެ. މިބާވަތުގެ މަހުގެ އަނގަކުޑަވާނެއެވެ.","latin":"thanmas","english":""}
{ "dhivehi":"ތަންމިން","definition":"ހުޅުވޭ އެންމެ ފުޅާމިން.","latin":"thanmin","english":""}
{ "dhivehi":"ތަންމުޑު","definition":"ގޯތިގެދޮރާއި ފޭރާން ފަދަތަކެތިވާ ހަޑިމުޑުދާރު.ތެތްއެއްޗެހި ނުހިކި ހިޔަލުގައި ގިނައިރު ވުމުގެ ސަބަބުން އޭގެވަހަށް އަންނަބަދަލު.","latin":"thanmudu","english":""}
{ "dhivehi":"ތަންމުޑުކަން","definition":"ގޯތިގެދޮރާއި ފޭރާން ފަދަތަކެތި ހަޑިމުޑުދާރުވާކަން.ތެތްއެއްޗެހި ނުހިކި ހިޔަލުގައި ގިނައިރު ހުރުމުގެ ސަބަބުން ވަހަށް ބަދަލުއަންނަކަން.","latin":"thanmudukan","english":""}
{ "dhivehi":"ތަންމުޑުކާ","definition":"މަޖާޒު: (ޏ.) ގައިންތާހިރުނުވެ ހުންނަމީހާ.","latin":"thanmudukaa","english":""}
{ "dhivehi":"ތަންމުޑުވަހަ","definition":"(ޏ.ސ.) ތަންމުޑުވަސް.","latin":"thanmuduvaha","english":""}
{ "dhivehi":"ތަންމުޑުވަސް","definition":"ގޯތިގެދޮރާއި ފޭރާން ފަދަތަކެތި ހަޑިމުޑުދާރު ވުމުގެ ސަބަބުން ދުވާވަހެއް.ތެތްއެއްޗެހި ނުހިކި ހިޔަލުގައި ގިނައިރު ހުރުމުގެ ސަބަބުން ދުވާވަސް.","latin":"thanmuduvas","english":""}
{ "dhivehi":"ތަންމުޑުވުން","definition":"ނުހިކި ތެތްކޮށް ހުރުމުގެ ސަބަބުން ވަސް ނުބައިވުން.","latin":"thanmuduvun","english":""}
{ "dhivehi":"ތަންފަޓާ","definition":"(ގ.) ދައްޓަން.","latin":"thanfataa","english":""}
{ "dhivehi":"ތަންފާރު","definition":"ބަލިމީހަކު އެއްތަނެއްގައި އަބަދު އެއްފަރާތަކަށް، ނުވަތަ އެއްގޮތަކަށް އޮތުމުގެ ސަބަބުން އެމީހާ ގައިގައި އުފެދޭފާރު.","latin":"thanfaaru","english":""}
{ "dhivehi":"ތަންފާރުވުން","definition":"ބަލިމީހަކު އަބަދު އެއްގޮތަކަށް ނުވަތަ އެއްފަރާތަކަށް އޮތުމުގެ ސަބަބުން ދަށަށް އޮންނަ ފަރާތުގައި ފާރުއުފެދުން.","latin":"thanfaaruvun","english":""}
{ "dhivehi":"ތަންފިހި","definition":"(ޏ.)ތަންފޮޅި.ތަންފުހި.","latin":"thanfihi","english":""}
{ "dhivehi":"ތަންފީޛުކުރުން","definition":"ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން.","latin":"thanfeezukurun","english":""}
{ "dhivehi":"ތަންފުހި","definition":"ތަންފޮޅި.","latin":"thanfuhi","english":""}
{ "dhivehi":"ތަންފުކެއް","definition":"ކުޑަކުޑަތަންކޮޅެއް.އތ. ކަމެއްނުވަތަ އެއްޗެއްގެ މިންވަރު ދެއްކުމަށް ބުނެއުޅޭ ބަހެއް. މިސާލު: ތިޔަވަރު ތަންފުކެއްބޮޑެވެ.","latin":"thanfuke","english":""}
{ "dhivehi":"ތަންފޮނާ","definition":"(ސ.) ހަޑިމުޑުދާރު މީހުން.","latin":"thanfonaa","english":""}
{ "dhivehi":"ތަންފޮނި","definition":"(ސ.) ހަޑިތަންތަނުން އުފެދޭ ހިނިކަހަލަ އެއްޗެއް.","latin":"thanfoni","english":""}
{ "dhivehi":"ތަންފޮޅި","definition":"ތަންފުހި.","latin":"thanfolhi","english":""}
{ "dhivehi":"ތަންދަށަ","definition":"(ސ.) ތަންދޮށް.","latin":"thandhasha","english":""}
{ "dhivehi":"ތަންދަށޮ","definition":"(ޏ.) ތަންދޮށް.","latin":"thandhasho","english":""}
{ "dhivehi":"ތަންދަތިވުން","definition":"ޖާގައިގެގޮތުން ތަނަވަސްކަން ކުޑަވުން.","latin":"thandhathivun","english":""}
{ "dhivehi":"ތަންދަޓާ","definition":"(ގ.) ތަންދޮށް.","latin":"thandhataa","english":""}
{ "dhivehi":"ތަންދިނުން","definition":"ޖާގަހަދައިދިނުން.އެއްޗެއް ނުވަތަ މީހަކު ދިއުމަށްޓަކައި ދުރަށްޖެހިލުން.","latin":"thandhinun","english":""}
{ "dhivehi":"ތަންދެއްކުން","definition":"ތަނެއްދެއްކުން.ޖާގައެއްދިނުން.","latin":"thandhekun","english":""}
{ "dhivehi":"ތަންދޮށް","definition":"އަށިއައްޓާއި އެނދުއެނދާއި ގޮނޑި މޭޒުފަދަ ތަންތާގެދަށް.","latin":"thandhoh","english":""}
{ "dhivehi":"ތަންދޮރު","definition":"ހެޔޮނުބައި.ރަނގަޅު ނުރަނގަޅު.","latin":"thandhoru","english":""}
{ "dhivehi":"ތަންދޮރުނޭނގުން","definition":"ހެޔޮނުބައި ނުވަތަ ރަނގަޅު ނުރަނގަޅު ވަކިނުވުން.ވާނުވާ އޮޅުންނުފިލުން.","latin":"thandhoruneyngun","english":""}
{ "dhivehi":"ތަންދޮރުބެލުން","definition":"ވަށައިގެންވާ ކަންތައްތަކަށާއި އެއްޗެއްސަށް ސަމާލުކަންދިނުން.ކަންކަން އޮޅުންފިލުވުން.","latin":"thandhorubelun","english":""}
{ "dhivehi":"ތަންދޮރުކުޑަވުން","definition":"ހާސްވެފިކުރު ބޮޑުވެގެން އުޅުން.ހަމަހޭނެތޭވަރުވުން.ހޭބުއްދިކުޑަވުން.","latin":"thandhorukudavun","english":""}
{ "dhivehi":"ތަންދޮރުއެނގުން","definition":"ތަންދޮރުފިލުން.","latin":"thandhoruengun","english":""}
{ "dhivehi":"ތަންދޮރުވަކިކޮށްދެތުން","definition":"ތަންދޮރުފިލުން.","latin":"thandhoruvakikohdhethun","english":""}
{ "dhivehi":"ތަންދޮރުފިލުން","definition":"ހަމަނަހަމައާއި ހެޔޮނުބައި ވަކިކުރާން އެނގޭވަރުވެފައިވުން.","latin":"thandhorufilun","english":""}
{ "dhivehi":"ތަންދޮރުދެތުން","definition":"ހެވާއި ނުބައި އެނގުން.","latin":"thandhorudhethun","english":""}
{ "dhivehi":"ތަންދޮރެ","definition":"(ގ.) ތަންދޮރު.","latin":"thandhore","english":""}
{ "dhivehi":"ތަންދޮރޮއެނގުން","definition":"(ޏ.) ތަންދޮރުއެނގުން.","latin":"thandhoroengun","english":""}
{ "dhivehi":"ތަންދޮރޮފެލުން","definition":"(ޏ.) ތަންދޮރުފިލުން.","latin":"thandhorofelun","english":""}
{ "dhivehi":"ތަންތަ","definition":"(ބދ.) އިލޮށި.","latin":"thantha","english":""}
{ "dhivehi":"ތަންތަން","definition":"އެއްތަނަށްވުރެ ގިނަތަން.","latin":"thanthan","english":""}
{ "dhivehi":"ތަންތަންކޮޅު","definition":"އެކިއެކި އެއްޗެހީގެ އެތިއެތިކޮޅު.ބައިބައި.ހިސާބު ހިސާބު.","latin":"thanthankolhu","english":""}
{ "dhivehi":"ތަންތާރަ","definition":"އޮށަނި މަލާވައްތަރު މަލެއް.(ބދ.) ދުނިޔެ.","latin":"thanthaara","english":""}
{ "dhivehi":"ތަންލުން","definition":"އިތުރުކުރުން.ދުރާލާކުރުން.","latin":"thanlun","english":""}
{ "dhivehi":"ތަންގަނޑަ","definition":"(ސ.)ތަންގަނޑު.ހިސާބުގަނޑު.","latin":"thanganda","english":""}
{ "dhivehi":"ތަންގަނޑު","definition":"އެމީހެއްގެގެއާ ކައިރީ ހިސާބުގަނޑު.ހިސާބުގަނޑު.މަޖާޒު: އަންހެނާގެ ފަރުޖު.","latin":"thangandu","english":""}
{ "dhivehi":"ތަންގަނޑުމީހުން","definition":"އަވަށްޓެރިން.އެމީހަކު ދިރިއުޅޭހިސާބު ގަނޑުގައި އުޅޭމީހުން.","latin":"thangandumeehun","english":""}
{ "dhivehi":"ތަންގަނޑޮ","definition":"(ޏ.) ތަންގަނޑު.","latin":"thangando","english":""}
{ "dhivehi":"ތަންގަޑެ","definition":"(ގ.) ތަންގަނޑު.","latin":"thangade","english":""}
{ "dhivehi":"ތަންޑަވާރު","definition":"(ގ.) ހަތަރެސްކަން ރިޔަލުގެ ދެކޮޅުގައި އެނގަލައްވަން ހަރުކޮށްފައި އޮންނަ ކައްޕި.","latin":"thandavaaru","english":""}
{ "dhivehi":"ތަންޑާ","definition":"ބުރާންތި.(ގ.) ތަންޑު.","latin":"thandaa","english":""}
{ "dhivehi":"ތަންޑާއެރުން","definition":"ހޫނުގަދަވުމުގެ ސަބަބުން ނުވަތަ ލިބޭ އަނިޔާޔަކުން ބީތާވުން.ބުރާންތިވުން.އަނބުރައިގަތުން.މަޖާޒު: ނިދައިފައިތިބުން.","latin":"thandaaerun","english":""}
{ "dhivehi":"ތަންޑާވުން","definition":"(ޏ.)އަނބުރައިގަތުން.ބީތާވުން.ބުރާންތިވުން.މަޖާޒު: ނިދުން.","latin":"thandaavun","english":""}
{ "dhivehi":"ތަންޑިޔާ","definition":"ބަރުތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް އެއްޗެއްގައި ވާޖަހައި އައްސައިގެން މީހުންގެ ކޮނޑުމަތީ އުފުލުމަށް ބޭނުންކުރާ ފަލަދަނޑިއެއް.","latin":"thandiyaa","english":"pole and sling used to carry heavy loads"}
{ "dhivehi":"ތަންޑިޔާބަނުން","definition":"ބޮޑެތި އުޅަނދު ފަހަރު އެހެލައި ބޭލުމުގައި އުޅަނދު ފަރާތަކަށް ވެއްޓުނަ ނުދިނުމަށް ދެފަރާތުގައި ހިފަހައްޓަން ވަކަރު އަޅައިގެން ފުރޭމެއް ހެދުން.","latin":"thandiyaabanun","english":""}
{ "dhivehi":"ތަންޑިޔާއެޅުން","definition":"ތަންޑިޔާލުން.","latin":"thandiyaaelhun","english":""}
{ "dhivehi":"ތަންޑިޔާލުން","definition":"އެއްޗެއް ތަނަކަށް ގެންދިއުމަށް އެއެއްޗެއްގައި ޖަހައިފައި ހުންނަ ވާފަށުގައި ތަންޑިޔާ ބަނުން ނުވަތަ އެޅުވުން.","latin":"thandiyaalun","english":""}
{ "dhivehi":"ތަންޑު","definition":"ދޮރު ނުވަތަ ދޮރޯށި ލައްޕައި ބަންދުކުރުމަށް މަޢުދަނީ އެއްޗަކުން ނުވަތަ ލަކުޑީން ހަދައިފައިހުންނަ އެއްޗެއް. މި، ތަފާތުގޮތް ގޮތަށްހުރެއެވެ.(ބދ.) ވިހަ.ތާޑީ.","latin":"thandu","english":"bolt"}
{ "dhivehi":"ތަންޑުނެއްޓުން","definition":"ތަންޑު ބޭނުންކޮށްގެން ބަންދުކޮށްފައިހުރިތަނެއް ނުވަތަ އެއްޗެއް ހުޅުވޭގޮތްހެދުން.","latin":"thandunetun","english":""}
{ "dhivehi":"ތަންޑުއެޅުން","definition":"ތަންޑު ބޭނުންކޮށްގެން ދޮރު ނުހުޅުވޭގޮތް ހެދުން.","latin":"thanduelhun","english":""}
{ "dhivehi":"ތަންޑުއެޑުން","definition":"(ޏ.) ތަންޑުއެޅުން.","latin":"thanduedun","english":""}
{ "dhivehi":"ތަންޑުވަޅު","definition":"ތަންޑުއަޅުވާއިރު، ތަންޑުގެ ކޮޅުވައްދަން ހަދައިފައި ހުންނަ ލޯވަޅު.","latin":"thanduvalhu","english":""}
{ "dhivehi":"ތަންޑުދަނޑިގަނޑު","definition":"ބައެއްކަހަލަ ދޮރުގައި ތަންޑުއެޅުމަށް ބޭނުންކުރާ ދަނޑިގަނޑު.","latin":"thandudhandigandu","english":""}
{ "dhivehi":"ތަންޑުގަނޑު","definition":"ތަންޑުދަނޑިގަނޑު","latin":"thandugandu","english":""}
{ "dhivehi":"ތަންޑުގަޑޮ","definition":"(ޏ.) ތަންޑުގަނޑު.","latin":"thandugado","english":""}
{ "dhivehi":"ތަންޑުގޮށް","definition":"(ގ.) ފިއްތާގޮށް.","latin":"thandugoh","english":""}
{ "dhivehi":"ތަންޑެ","definition":"(ގ.) ތަންޑު.","latin":"thande","english":""}
{ "dhivehi":"ތަންޑެވަރުފަޓާ","definition":"(ގ.) ބަނޑުރިޔަލުގެ ހުރަސްވާފަށް.","latin":"thandevarufataa","english":""}
{ "dhivehi":"ތަރަ","definition":"ބިންގަނޑުގައި ކިސަޑުހެދިގެންވާހަރު.ލޮތާރީގެ ދަތްފަދަ އެއްޗެހި ހެދުމުގައި އެއްބައި އަނެއްބަޔާގުޅަން ތަޅައިފަތިކޮށް އެއްވަރުކުރާކުރުން.ތަނަކަށް އުވަތަކެއް ނުވަތަ ސިމެންތިތަކެއް އެޅިގެން ވާހަރު.ބޮލާކީނި ނުވަތަ ދަވާދު ފަދަ އެއްޗެއް ބިންގަނޑަށް އެޅި ހިކިގެންވާހަރު.","latin":"thara","english":""}
{ "dhivehi":"ތަރަހަ","definition":"ބިންގާ.","latin":"tharaha","english":"foundation"}
{ "dhivehi":"ތަރަހައްދު","definition":"ސަރަހައްދު.","latin":"tharahahdhu","english":""}
{ "dhivehi":"ތަރަބަޑިޖެހުން","definition":"ހީނ ސަކަރާތްޖެހުން.","latin":"tharabadijehun","english":""}
{ "dhivehi":"ތަރަބީދަ","definition":"(ބދ.)މުސްކުޅި އިމާރާތް.ހަވިއްތަ.","latin":"tharabeedha","english":""}
{ "dhivehi":"ތަރަކުރުން","definition":"މަލަރުކުރުން.","latin":"tharakurun","english":""}
{ "dhivehi":"ތަރައްޕަނާ","definition":"(ގ.) ތަރައްޕަން.","latin":"tharahpanaa","english":""}
{ "dhivehi":"ތަރައްޕަން","definition":"އުޅަނދު ބާލާއިރު މޫދަށްލާ ކަނދުތައް. މިކަނދުތައް ހުންނާނީ ވަކިވަކިވެގެން ނުދާގޮތަށް ދެކޮޅުގައި ވަކަރު އަޅައި ބަނދެފައެވެ.","latin":"tharahpan","english":""}
{ "dhivehi":"ތަރައްޤީ","definition":"ތަނެއް ނުވަތަ ކަމެއް ކުރިޔަށްދާދިއުން.ހެޔޮބަދަލުތައް އަންނައައުން.","latin":"tharahgee","english":""}
{ "dhivehi":"ތަރައްޤީކުރުން","definition":"ކަންތައްތައް ރަނގަޅުކުރުން.ހެޔޮބަދަލުތައް ގެނައުން.ތަނެއް ނުވަތަ ކަމެއް ކުރިޔަށްގޮސްފައިވާވަރު ނުވަތަ ކުރިއަށްދާވަރު އިތުރުކުރުން.","latin":"tharahgeekurun","english":""}
{ "dhivehi":"ތަރައްޤީވުން","definition":"ހެޔޮބަދަލުތައް އައުން.ކަންތައްތައް ރަނގަޅުވުން.ތަހްޒީބުވުން.","latin":"tharahgeevun","english":""}
{ "dhivehi":"ތަރަވުން","definition":"މަލަރުވުން.ބިމުގެ މަތީފަށަލަ ހަރުވުން.ބޮލާކީންޏާއި ތާރާއި، ދަވާދު ފަދަ ތަކެތި ތަނަކަށް އެޅިތަތްވެ ހަރުވުން.","latin":"tharavun","english":""}
{ "dhivehi":"ތަރަފަނަ","definition":"ހަނޑޫފުށް ނުވަތަ ހިއްތަލަފުށުން ހަދައި ތެލުލައި ހަކުރުލައިފައި ހުންނަ ފޮނިހެދިކާއެއްޗެއް.","latin":"tharafana","english":""}
{ "dhivehi":"ތަރަފަނާ","definition":"(ލ.) ތަރަފަނަ.","latin":"tharafanaa","english":""}
{ "dhivehi":"ތަރަފަނު","definition":"(ލ.) ތަރަފަނަ.","latin":"tharafanu","english":""}
{ "dhivehi":"ތަރަފަތި","definition":"(ހ.) ބަނޑުދޮށް ހުދުކޮށް ހުންނަ ކުޑަމަހެއް. މިއީއެމުގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.","latin":"tharafathi","english":""}
{ "dhivehi":"ތަރަފާލު","definition":"ހާމަތަންތަނުގައި ހުންނަ އެއްޗެހިނިވާ ކުރުމަށް ފެންނުފޭދޭ ގޮތަށް ބޯފޮއްޗަކުން ހަދައިފައި ހުންނައެއްޗެއް.ތަޅުމުގައި އެޅުމަށްޓަކައި އެކިޑިޒައިނުގެ ކުރެހުން އަޅައިގެން ހަދައިފައި ހުންނައެއްޗެއް. މިއީލިނޮކްސިން ކިޔާ އެއްޗަކުން ހަދައިފައި ހުންނަފެންނުފޭދޭ ކަހަލައެއްޗެކެވެ. މިހުންނަނީ ފަތުރާލެވޭގޮތަށް ރޯލުރޯލަށެވެ.ރަބަރުފޮތި.","latin":"tharafaalu","english":""}
{ "dhivehi":"ތަރަފާލުއެޅުން","definition":"ތަރަފާލު ފެތުރުން.","latin":"tharafaaluelhun","english":""}
{ "dhivehi":"ތަރަފާލުވުން","definition":"މާބޮޑަށް ހަޑިވެ ތަތްވުން.","latin":"tharafaaluvun","english":""}
{ "dhivehi":"ތަރަފެނަ","definition":"(ޏ.ސ.) ތަރަފަނަ.","latin":"tharafena","english":""}
{ "dhivehi":"ތަރަފޮނަ","definition":"(ގ.) ތަރަފަނަ.","latin":"tharafona","english":""}
{ "dhivehi":"ތަރަފޮނެ","definition":"(ގ.) ތަރަފަނަ.","latin":"tharafone","english":""}
{ "dhivehi":"ތަރަތަރަ","definition":"ކެކިއެރުން. މިސާލު: (ހ) ތެޔޮތާހަށް ފެންޖެހީމާ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. (ށ) އެއްވެފައިވާ މީހުންތައް ރުޅިއައިސްގެން ތަރަތަރަ ލަނީއެވެ.އެއްޗެއްގައި ހުންނަ ދަޅައިގެ ސަބަބުން ނުވަތަ ގަދަ އައްޔެއްގެ ސަބަބުން ބަލަން ނުކެރޭ ނުކެރުން.ރުޅިއައިސްގެން ލާ ހަޅޭއް.","latin":"tharathara","english":""}
{ "dhivehi":"ތަރަތަރަލުން","definition":"ކެކިއެރުން.އަލީގެސަބަބުން ނުވަތަ ދަޅައެޅިފައި ހުރުމުގެ ސަބަބުން ލޮލަށް އުނދަގޫވުން.ރުޅިއައިސްގެން ހަޅޭއްފަޅޭއްލުން.","latin":"tharatharalun","english":""}
{ "dhivehi":"ތަރަތަރަޖެހުން","definition":"ތަރަތަރަލުން.","latin":"tharatharajehun","english":""}
{ "dhivehi":"ތަރަތަރަޖެއްސުން","definition":"ރުޅިއައިސްގެން ހަޅޭއްފަޅޭއްލުން.","latin":"tharatharajesun","english":""}
{ "dhivehi":"ތަރަތޯރާ","definition":"(ސ.)ތަރުތީބު.އިންތިޒާމު.","latin":"tharathoaraa","english":""}
{ "dhivehi":"ތަރަގަނޑު","definition":"ރާޅުބިންދާ ހިސާބުގައި އޮންނަ އާނުގަނޑު.ތަރާގަނޑު.","latin":"tharagandu","english":""}
{ "dhivehi":"ތަރަޖަމާ","definition":"(ސ.) ތަރުޖަމާ.","latin":"tharajamaa","english":""}
{ "dhivehi":"ތަރާ","definition":"ލޮއިގެ ބާވަތްތައް އެއްކޮށްގެން ހަދައިފައިހުންނަ މަޢުދަނެއް.(ޏ.ސ.) ތަރާފަތް.","latin":"tharaa","english":""}
{ "dhivehi":"ތަރާބުރު","definition":"(ޏ.) ލޯފިނދުދޫނި.","latin":"tharaaburu","english":""}
{ "dhivehi":"ތަރާވީސް","definition":"ރަމަޟާންމަހުގެ ޢިޝާނަމާދުގެ ފަހުގައި ކުރަންއޮންނަ ސުންނަތް ނަމާދެއް.ތަރާވީސް ދަމުގައި ކާކެއުމެއް ނުވަތަ ބޯ ބުއިމެއް.","latin":"tharaavees","english":""}
{ "dhivehi":"ތަރާވީސްނަމާދު","definition":"ރަމަޟާން މަހު ޢިޝާ ނަމާދުގެ ފަހުގައި ކުރަން އޮންނަ ސުންނަތްކަން ގަދަވެގެންވާ ނަމާދެއް.","latin":"tharaaveesnamaadhu","english":""}
{ "dhivehi":"ތަރާވީސްކުރުން","definition":"ތަރާވީސް ނަމާދުކުރުން.","latin":"tharaaveeskurun","english":""}
{ "dhivehi":"ތަރާވީސްކެޑުން","definition":"(ސ.) ތަރާވީސްކުރުން.","latin":"tharaaveeskedun","english":""}
{ "dhivehi":"ތަރާވީސްދަން","definition":"ތަރާވީސްކުރާވަގުތު.","latin":"tharaaveesdhan","english":""}
{ "dhivehi":"ތަރާފަތުފަނި","definition":"(ހ.) ރާފޮނި.","latin":"tharaafathufani","english":""}
{ "dhivehi":"ތަރާފަތެ","definition":"(ގ.) ތަރާފަތް.","latin":"tharaafathe","english":""}
{ "dhivehi":"ތަރާފަތް","definition":"ތާހެއްހެން މެދަށްއަޑިކޮށް ލޮއިން ހަދައި ދެއުޅައްލައިފައިހުންނަ އެއްޗެއް. މިއީރާކެއްކުމާއި، މެޓާހިލުންފަދަ ކަންކަމަށް ގެންގުޅޭ އެއްޗެކެވެ.","latin":"tharaafaiy","english":""}
{ "dhivehi":"ތަރާދަ","definition":"(ޏ.ސ.) ތަރާދު.","latin":"tharaadha","english":""}
{ "dhivehi":"ތަރާދާ","definition":"(ގ.) ތަރާދު.","latin":"tharaadhaa","english":""}
{ "dhivehi":"ތަރާދު","definition":"ރަންރިހިފަދަ އަގުހުރި އެއްޗެއްސާއި ބޭސްފަދަ ތަކެތީގެ މަދުމިންވަރެއް ކިރަންގެންގުޅޭ ވަރަށް ކުޑަ ތިލަފަތެއް.އަންހެނުންގެ ލިބާސް ކަނޑާފޮތި ވިޔުމުގައި ކުލަ ބަދަލުވެލައިފައި ހުންނަތަން.","latin":"tharaadhu","english":"scale"}
{ "dhivehi":"ތަރާދެއާ","definition":"(ގ.) ތަރާދު.","latin":"tharaadheaa","english":""}
{ "dhivehi":"ތަރާލޯ","definition":"ތަރާފަތް ހަދައިފައިހުންނަލޯ. މިއީކަފުލޯގެ ބާވަތެކެވެ.","latin":"tharaaloa","english":""}
{ "dhivehi":"ތަރާގަނޑު","definition":"ވީރާނާވެފައިވާ ބިންގާ.","latin":"tharaagandu","english":""}
{ "dhivehi":"ތަރި","definition":"ޖައްވުގައިވާ އެތިކޮޅުތައް އެއްވެގެން އުފެދިފައިވާ ބޮޑުއެއްޗެއް. މީގައި އަމިއްލަޔަށް ދިއްލޭފަދަ ގޭސްތަކެއް އެކުލެވިފައިވެއެވެ. މީގެބައެއް އެއްޗެހި ދުނިޔެއަށްވުރެ ބޮޑެއްޗެވެ. އަނެއްބައި އެއްޗެހި ދުނިޔެ ދަތުރުކުރާ ބުރަށްވުރެވެސް ބޮޑެއްޗެވެ. މީގެސިފައަކީ ޢާއްމުކޮށް ވަށް ބޯޅައެއްގެ ސިފައެވެ. މިއީ ރޭގަނޑު އުޑުން ފިޔަޖަހައި އަލިކަން ފޯރުވާ އެއްޗެކެވެ.ފަސްފިޔަ ނުވަތަ ހަފިޔަހުންނަގޮތަށް ހަދައިފައިވާ ނުވަތަ ކުރަހައިފައި ހުންނަ އެއްޗެއް.އިއްޒަތުގެ ނިޝާނެއްގެ ގޮތުން ކޮނޑަށް ނުވަތަ މޭ މައްޗަށް އަރާ ނިޝާނެއް. މަޖާޒު:ކަމަކުން މަޝްހޫރުވެފައިވާ މީހާ.ތަމްސީލުގައި ނުވަތަ ފިލްމުގައި މައިގަނޑު ބައިތައް ކުޅޭމީހުން.","latin":"thari","english":"planet"}
{ "dhivehi":"ތަރިރުހަނދު","definition":"ތަރި، އިރު، ހަނދު އެއްކޮށް ކިޔާގޮތް.","latin":"thariruhandhu","english":""}
{ "dhivehi":"ތަރިބޭލުން","definition":"މަޖާޒު: ހިތާވެގެން އުޅޭ މީހެއްގެ ގާތުގައި ފިރިހެނަކު ދައްކާ ފޮނި ވާހަކަތައް ދެއްކުން.","latin":"tharibeylun","english":""}
{ "dhivehi":"ތަރިކަ","definition":"މަރުވެފައިވާ މީހާގެ މުދާ.ކާބަފައިން ދޫކޮށްފައިވާ ތަކެތި.","latin":"tharika","english":""}
{ "dhivehi":"ތަރިއޮއްސުން","definition":"ގިނިހިލައިގައި ރޯވެގެންގޮސް ހުލިވުން.ތަރިނިވުން. މަޖާޒު:ކަމަކަށް މަޝްހޫރުމީހަކު މަރުވުން.މަޝްހޫރުކަން ދިއުން ނުވަތަ ލިބިލިބިހުރި ރަނގަޅެއް ހުއްޓުމަކަށް އައުން.ނަސީބުދަށަށް ދިއުން.","latin":"thariosun","english":""}
{ "dhivehi":"ތަރިލުން","definition":"(ސ.) ތަރިބުރައިގެންދިއުން.","latin":"tharilun","english":""}
{ "dhivehi":"ތަރުބިއްޔަތު","definition":"ތަރުބިޔަތު.","latin":"tharubiyathu","english":""}
{ "dhivehi":"ތަރުބިޔަތު","definition":"ރަނގަޅު ގޮތްތަކަށް ހާނުވައި ބޮޑުކުރާ ބޮޑުކުރުން.އަށަގެންފައިވާ ރީތި އަޚްލާޤާއި މާތްސިފަތައް.ގެންގުޅެ ބޮޑުކުރާގޮތް.","latin":"tharubiyathu","english":""}
{ "dhivehi":"ތަރުބިޔަތުން","definition":"ރަނގަޅުގޮތްތަކަށް ހޭނިފައިވުން.ރީތި އަޚުލާޤާއި މާތްސިފަތައް އަށަގެންފައިވުން.","latin":"tharubiyathun","english":""}
{ "dhivehi":"ތަރުބިޔަތުކުރުން","definition":"ގެންގުޅެ ބޮޑުކުރުން.ރަނގަޅުގޮތް ތަކަށް ހާނުވައި ބޮޑުކުރުން.ރީތިއަޚުލާޤާއި މާތް ސިފަތައް އަށަގެންނެވުން.","latin":"tharubiyathukurun","english":""}
{ "dhivehi":"ތަރުބިޔަތުލިބުން","definition":"ރަނގަޅު ގޮތްތަކަށް ހޭނުން.ރީތި އަޚުލާޤާއި މާތްސިފަތައް އަށަގަތުން.","latin":"tharubiyathulibun","english":""}
{ "dhivehi":"ތަރުކާރީ","definition":"ކެއުމުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ބައެއްކަހަލަ ގަސްގަހާގެހިން ލިބޭ ތަކެތި. މިސާލު: (ހ) ވިލާތުބަށި. (ށ) ބޮނޑިކޮޕީ. (ނ) ބަނބުކެޔޮ. (ރ) ފަތްކެޔޮ.ގަސްގަހާގެހީގެ، ކެއުމަށް ބޭނުންކުރާ ބައި، މިސާލު: (ހ) ލީކްސް. (ށ) ކަންކުން. (ނ) މައްސާގު. (ރ) މުރަނގަ. (ބ) ކުއްޅަފިލާ.","latin":"tharukaaree","english":""}
{ "dhivehi":"ތަރުކާރީތެޔޮ","definition":"ގަސްގަހުގެ ބައިތަކުން ނުވަތަ ގަހުން ލިބޭ ބާވަތްތަކުން އުފައްދާ ތެޔޮ.","latin":"tharukaareetheyo","english":""}
{ "dhivehi":"ތަރުވާޒު","definition":"ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ ކުރިން އެކަމާގުޅޭގޮތުން ދައްކާ އިތުރުވާހަކަ.","latin":"tharuvaazu","english":""}
{ "dhivehi":"ތަރުމޯޒު","definition":"ހޫނުފެން ނުވަތަ ފިނިކޮށްފައި ހުންނަފެން އަޅަން ހަދައިފައި ހުންނަފުޅިއެއް. މިފުޅީގެ އެތެރޭގައި ހުންނާނީ ރަހަލާފައެވެ. މިފުޅިރައްކާތެރި ކުރުމަށްޓަކައި ބޭރުގައި ޕުލާސްޓިކު ނުވަތަ މައުދަނީ ދޮށިގަނޑެއްހުރެއެވެ.","latin":"thermos","english":"thermos"}
{ "dhivehi":"ތަރުތީބު","definition":"ރަނގަޅަށް އަތުރައިފައިވާ އެތުރުން.ރަނގަޅަށް ކުރެވިފައިވާ އިންތިޒާމު.","latin":"tidy","english":"tidy"}
{ "dhivehi":"ތަރުތީބުކަން","definition":"ރަނގަޅަށް އަތުރައިފައިވާ ކަން.ރަނގަޅަށް އިންތިޒާމްކުރެވިފައިވާކަން.","latin":"tharutheebukan","english":""}
{ "dhivehi":"ތަރުތީބުކުރުން","definition":"ރަނގަޅަށް އެތުރުން.ރަނގަޅަށް އިންތިޒާމު ކުރުން.","latin":"tharutheebukurun","english":"order"}
{ "dhivehi":"ތަރުތީބުވުން","definition":"ވަކިޤަވާޢިދަކަށް ނުވަތަ ވަކިހަމައަކަށް އިންތިޒާމުވުން.","latin":"tharutheebuvun","english":""}
{ "dhivehi":"ތަރުތޯރާވުން","definition":"(ސ.)ހަމަޖައްސައިލުން.އިންތިޒާމުކޮށްލުން.","latin":"tharuthoaraavun","english":""}
{ "dhivehi":"ތަރުޖަމާ","definition":"އެއްބަހަކުން ލިޔެފައި އޮންނަ އެއްޗެއް ނުވަތަ ދައްކާ ވާހަކައެއް އަނެއް ބަހަކަށް ކުރާ ބަދަލު.","latin":"translation","english":"translation"}
{ "dhivehi":"ތަރުޖަމާނު","definition":"ތަރުޖަމާކުރާމީހާ.ރަސްމީ ދާއިރާއަކުން ނުވަތަ ނުރަސްމީ ފަރާތަކުން ކަމެއް ކުރިގޮތުގެ ތަފްސީލު ދޭން ހުންނަމީހާ.","latin":"tharujamaanu","english":"interpreter"}
{ "dhivehi":"ތަރުޖަމާނުން","definition":"އެއްބަހަކުން ލިޔެފައި ހުންނަ އެއްޗެއް އަނެއް ބަހަކަށް ބަދަލުކުރާ މީހުންނާއި އެއްބަހަކުން ދައްކާ ވާހަކަ އަނެއް ބަހަކަށް ބަދަލު ކުރާމީހުން.ރަސްމީދާއިރާ އަކުން ނުވަތަ ނުރަސްމީ ފަރާތަކުން ކަމެއް ކުރިގޮތުގެ ތަފްޞީލުދޭން ތިބޭމީހުން.","latin":"tharujamaanun","english":""}
{ "dhivehi":"ތަރުޖަމާނުކަން","definition":"ތަރުޖަމާކުރާ މީހާގެ ވަޒީފާ.","latin":"tharujamaanukan","english":""}
{ "dhivehi":"ތަރުޖަމާކުރުން","definition":"އެއްބަހަކުން ލިއެފައި ހުންނަ އެއްޗެހި ނުވަތަ ދައްކާ ވާހަކަ އަނެއްބަހަކަށް ބަދަލުކުރުން.","latin":"translate","english":"translate"}
{ "dhivehi":"ތަރުޙީބު","definition":"ފާޅުކުރާއުފާ.ދޭހިތްވަރު.ދޭފޯރި.ރުހޭކަންފާޅު ކުރާ ކުރުން.","latin":"tharuheebu","english":""}
{ "dhivehi":"ތަރުޙީބުދިނުން","definition":"ބަހުންނާއި ޢަމަލުން ރުހޭކަންފާޅުކުރުން.މެހުމާނުންނަށް ކަމޭހިތުމާއެކު އުފާވެރިގޮތުގައި ބައްދަލުކުރުން.ފޯރިދިނުން.ސާބަސްދިނުން.ހިތްވަރު ދިނުން.","latin":"tharuheebudhinun","english":""}
{ "dhivehi":"ތަރެފާލެ","definition":"(ގ.) ތަރަފާލު.","latin":"tharefaale","english":""}
{ "dhivehi":"ތަރޮމޯޒު","definition":"(ޏ.) ތަރުމޯޒު.","latin":"tharomoazu","english":""}
{ "dhivehi":"ތަރޮމޯޒެ","definition":"(ގ.) ތަރުމޯޒު.","latin":"tharomoaze","english":""}
{ "dhivehi":"ތަރޮތީބު","definition":"(ޏ.ސ.) ތަރުތީބު.","latin":"tharotheebu","english":""}
{ "dhivehi":"ތަރޮތީބުކެރުން","definition":"(ޏ.) ތަރުތީބުކުރުން.","latin":"tharotheebukerun","english":""}
{ "dhivehi":"ތަރޮޖަމާ","definition":"(ޏ.) ތަރުޖަމާ.","latin":"tharojamaa","english":""}
{ "dhivehi":"ތަރޮޖަމާކެރުން","definition":"(ޏ.) ތަރުޖަމާކުރުން.","latin":"tharojamaakerun","english":""}
{ "dhivehi":"ތަބަރަފިލާ","definition":"(ލ.) ތަނބުރުވެޔޮ.","latin":"thabarafilaa","english":""}
{ "dhivehi":"ތަބައް","definition":"ފަތާކޮށް، ތުންފަތެއް ލައިފައިހުންނަ އެއްޗެއް. މިއީއެއްޗެހި އެޅުމަށާއި، އެއްޗެހި ބެހެއްޓުމަށް ބޭނުންކުރާ އެއްޗެކެވެ. މިތަފާތު ވަރުވަރަށް ތަފާތު ސިފަސިފައިގައި ހަދައިފައިހުރެއެވެ.","latin":"tray","english":"tray"}
{ "dhivehi":"ތަބަލަ","definition":"(ބދ.) ގޭގެފަންގިފިލާ.","latin":"thabala","english":""}
{ "dhivehi":"ތަބާވުން","definition":"ބޯލެނބުން.ކިޔަމަންވުން.އަމުރުވެރިކަން ޤަބޫލުކުރުން.އަނެކަކު ދައްކާމަގުން ހިނގުން.ބަސްޤަބޫލުކުރުން.","latin":"thabaavun","english":""}
{ "dhivehi":"ތަބުފިއްތިފުޅި","definition":"(ބދ.) ރެހެންދި ރަސްގެ މާހަރުގެ. މިއީ ދެގެދޭތެރޭގައި އަޅާ ހަރުގެއެކެވެ.","latin":"thabufithifulhi","english":""}
{ "dhivehi":"ތަބުލާ","definition":"މިޔުޒިކުކުޅޭއިރު ބެރުޖަހާގޮތަށް ޖަހަން ގެންގުޅޭ އެއްޗެއް. މިޖަހާއިރު ގެންގުޅެނީ މީގެދޭއްޗެވެ. މިހުންނަނީ ބޮޑު އުނބެއްގެ ސިފައިގައެވެ. މަތީގައި ހަންއަޅައިފައެވެ. ތަބުލާޖޯޑުގެ ދޭތީގެ ސިފަ ތަފާތެވެ.","latin":"thabulaa","english":""}
{ "dhivehi":"ތަޅަ","definition":"(ލ.ސ.) ތަޅު.(ހ.) ލޯވަޅު ނުވަތަ ގޮޅިހުންނަ ގޮތަށް ވިޔެފައިހުންނަ ތަކެތީގައި ހުންނަ ލޯވަޅު ނުވަތަގޮޅި.","latin":"thalha","english":""}
{ "dhivehi":"ތަޅަން","definition":"ބަނޑުދޭން ހަނޑޫ އޮއްސައިފައި އޮންނަތަން.ވކ. ވާހަކަ ދައްކާ އެއްވަނަ ފަރާތަށް ނިސްބަތްވާގޮތަށް ބުނެވޭ \"ތެޅުން\" މިބަހުގެ ވާކަން. މިސާލު: އަހަރެން ކޮންމެ ދުވަހަކު މަކުނު ތަޅަން.ތަޅުންގަނޑު.","latin":"thalhan","english":""}
{ "dhivehi":"ތަޅަންމަތި","definition":"ގޭގެ އަންހެނުންއުޅޭ ފަރާތުގެ ފެންޑާ.","latin":"thalhanmathi","english":""}
{ "dhivehi":"ތަޅަންގަނޑަ","definition":"(ސ.) ތަޅުންގަނޑު.","latin":"thalhanganda","english":""}
{ "dhivehi":"ތަޅަންގަނޑު","definition":"(ލ.) ތަޅުންގަނޑު.","latin":"thalhangandu","english":""}
{ "dhivehi":"ތަޅައިބުރުއްސުން","definition":"ކުކުޅުހާފަދަ ތަކެތިގޭދޮށަށް ނާންނަގޮތަށް ފައްސައި ދުރަށްލުން.މަޖާޒު: ވަކިހަމައެއްނެތި ބޭކާރުގޮތުއި ފައިސާ ނުވަތަ މުދާ ހޭދަކުރަމުން ގެންދިއުން.އެއްވެފައިވާ މީހުންތަކެއް ވިއްސިވިހާލިކުރުން.","latin":"thalhaiburusun","english":""}
{ "dhivehi":"ތަޅައިމެރުން","definition":"ތަޅައި އަނިޔާކުރުން.","latin":"thalhaimerun","english":""}
{ "dhivehi":"ތަޅައިފިސްކުރުން","definition":"(ހ.) އެއްޗެއް ފުނޑުފުނޑު ވާންދެން ނުވަތަ ކުދިކުދިވާންދެން ތެޅުން.","latin":"thalhaifiskurun","english":""}
{ "dhivehi":"ތަޅައިފޮޅުން","definition":"ރުޅިއައިސްގެން އެކަކު އަނެކެއްގެ ނުވަތަ އެއްބަޔަކު އަނެއްބައެއްގެ ގަޔަށް އަތްލުން.","latin":"thalhaafolhun","english":"fight"}
{ "dhivehi":"ތަޅައިގަތުން","definition":"ތެޅުން މިބަސް ގަދަކޮށް ބުނާގޮތް.","latin":"thalhaigathun","english":""}
{ "dhivehi":"ތަޅައިގެންނެވުން","definition":"ގޯންޏެއްފަދަ އެއްޗަކަށް އެއްޗެއް ބާރުކޮށް އެޅުން.ބައިބޯތަނެއްގައި މީހުން ކޮށްޕައި ދުރުކުރުން.","latin":"thalhaigennevun","english":""}
{ "dhivehi":"ތަޅައިގެންދިއުން","definition":"މުށި ނުވަތަ ބިއްލޫރިން ހަދައިފައިވާ ތަކެތި ކުދިކުދިވުން ގަދަކުރުމަށް ބުނާގޮތް.","latin":"thalhaigendhiun","english":""}
{ "dhivehi":"ތަޅަވަޅަ","definition":"(ލ.) ތަޅުވަޅު.","latin":"thalhavalha","english":""}
{ "dhivehi":"ތަޅަމުދިކަން","definition":"ކަންގަތި ކޮއްޔެއްގެނަން.","latin":"thalhamudhikan","english":""}
{ "dhivehi":"ތަޅަފަތްގަނޑު","definition":"(ލ.) ތަޅުފަތްގަނޑު.","latin":"thalhafaiygandu","english":""}
{ "dhivehi":"ތަޅަދަނޑި","definition":"(ސ.) ތަޅުދަނޑި.","latin":"thalhadhandi","english":""}
{ "dhivehi":"ތަޅަދަނޑު","definition":"(ލ.) ތަޅުދަނޑި.","latin":"thalhadhandu","english":""}
{ "dhivehi":"ތަޅަލުން","definition":"(ސ.) ތަޅުލުން.","latin":"thalhalun","english":""}
{ "dhivehi":"ތަޅާބުމަރު","definition":"ފިހިގަނޑުބުމަރު.","latin":"thalhaabumaru","english":""}
{ "dhivehi":"ތަޅާކުރެވި","definition":"ރިޔަލުގެ މަތީކޮޅާއި ދަންމާނު ބުޑާދެމެދުގެފާޓު.","latin":"thalhaakurevi","english":""}
{ "dhivehi":"ތަޅާއަޅައިފައިދިއުން","definition":"މަޖާޒު: މާބާރަށް ދާދިއުމަށް ބުނެއުޅޭ ގޮތެއް.","latin":"thalhaaalhaifaidhiun","english":""}
{ "dhivehi":"ތަޅާލުން","definition":"ފުނޑުފުނޑުވާގޮތަށް، މުގުރޭގޮތަށް ހުރިއެއްޗެއް ނުވަތަ ތަނެއްހަލާކުކޮށްލުން.މީހަކަށް ވަރަށް ބޮޑަށް ހާނީއްކަކުރުން.މަޖާޒު: އަންހެނަކާ ނަހަމަގޮތުން ޖިންސީގުޅުން ހިންގުން.","latin":"thalhaalun","english":""}
{ "dhivehi":"ތަޅިނގު","definition":"(ޏ.) ދަތުރު މަތީގައި ނަގާ އާދައަކަށް ކިޔާނަމެއް. މިއާދަ ނަގަނީ ކާވެންޏެއް ކުރުމަށްފަހު ފުރަތަމަކުރާ ދަތުރުގައެވެ.","latin":"thalhingu","english":""}
{ "dhivehi":"ތަޅިލި","definition":"ތަޅުއިލި.","latin":"thalhili","english":""}
{ "dhivehi":"ތަޅިލިއެޑުން","definition":"(ޏ.) ތަޅުއިލިޖެހުން.","latin":"thalhiliedun","english":""}
{ "dhivehi":"ތަޅު","definition":"ނަންބަރު ދިމާކޮށްގެން ނުވަގަ ތަޅުދަނޑިފަދަ އެއްޗަކުން ހުޅުވޭގޮތަށް ދޮރާއި ފޮށިފަދަ އެއްޗެހީގައި ހަރުކޮށްފައި ނުވަތަ ލައިފައި ހުންނަ އެއްޗެއް.ލަކުޑިފަދަ އެއްޗެހީގައި މަކުޑިކަނޑައިގެން ތަޅުލެވޭގޮތަށް ތައްޔާރުކުރާ ތައްޔާރުކުރުން.","latin":"thalhu","english":"lock"}
{ "dhivehi":"ތަޅުން","definition":"ބިންގަނޑު ތަޅައި އެއްވަރު ކުރުމަށްފަހު ސިމެންތި ނުވަތަ އުވައަޅައިގެން އޮމާންކޮށް ހަރުކޮށްފައިވާތަން.","latin":"thalhun","english":""}
{ "dhivehi":"ތަޅުންއެޅުން","definition":"ބިންގަނޑު ތަޅައި އެއްވަރުކޮށްފައި، ގަށައިފައިވާ ސިމެންތި ނުވަތަ އުވައަޅައިގެން މަތިއޮމާންކޮށް ތަޅުމެއް ހެދުން.ތަޅުންގަނޑު ހެދުން.","latin":"thalhunelhun","english":""}
{ "dhivehi":"ތަޅުންތެޅުން","definition":"ތަޅުންއެޅުން.","latin":"thalhunthelhun","english":""}
{ "dhivehi":"ތަޅުންގަނޑު","definition":"ތަޅުން.","latin":"thalhungandu","english":""}
{ "dhivehi":"ތަޅުއިލި","definition":"ތެދުއުއި ވަޑާމުގައި ކޮނެއިންދާ އެއްޗެހި ވަކިނުވާގޮތަށް ހިފެހެއްޓުމަށް ޓަކައި ތޮރުފައިފައިޖަހާ ލަކުޑީގެ އިލި.","latin":"thalhuili","english":""}
{ "dhivehi":"ތަޅުއިލިއެޅުން","definition":"ތަޅުއިލިޖެހުން.","latin":"thalhuilielhun","english":""}
{ "dhivehi":"ތަޅުއެޅުވުން","definition":"ކުއްޔަށް ދީފައިވާ ފިހާރައެއްފަދަ ތަނެއްގެ ވެރިފަރާތުން އެފަރާތަށް ނޭނގި އެތަނެއް ނުހުޅުވޭގޮތަށް ބަންދުކުރުން.","latin":"thalhuelhuvun","english":""}
{ "dhivehi":"ތަޅުވަޅު","definition":"ތަޅުގެ ތަޅުދަނޑިޖަހާ ލޯވަޅު.","latin":"thalhuvalhu","english":""}
{ "dhivehi":"ތަޅުވައިލުން","definition":"ހަލުވައިލުން.ގުޑުވައިލުން. މަޖާޒު:ވާހަކައެއް ފަތުރައިލުން.މީހެއްގެ ކިބައިން ވަކިވާހަކައެއް ހޯދަންވެގެން އޭނާލައްވައި ވާހަކަދެއްކުވުން.","latin":"thalhuvailun","english":""}
{ "dhivehi":"ތަޅުވައިގަތުން","definition":"ހަލުވައިގަތުން.މަޖާޒު: އަނގަ ގަދަކޮށްގަތުން.","latin":"thalhuvaigathun","english":""}
{ "dhivehi":"ތަޅުމަޅު","definition":"ތަޅުމަޅުގަނޑު.","latin":"thalhumalhu","english":""}
{ "dhivehi":"ތަޅުމަޅުގަނޑު","definition":"ކޮށާރުފަދަ ތަންތާގެ ދޮރުގައި އަޅައިފައިވާ މަޅުތަކުގެ ތެރެއިން އެމަޅުގަނޑެއް ނެގުމުން ފަހުން އަޅާ މަޅުގަނޑު ނެގޭގޮތަށް ހަދައިފައި ހުންނަ މަޅުގަނޑު. މި ހަދައިފައި ހުންނަނީ އެލުވާތަޅެއް ހަރުކުރެވޭގޮތަށެވެ.","latin":"thalhumalhugandu","english":""}
{ "dhivehi":"ތަޅުމަޅުގަނޑުނެއްޓުން","definition":"މަޖާޒު: ކަމަކަށް އެޅިފައިވާ ހުރަހެއް ނެތިގެން ދިއުން.","latin":"thalhumalhugandunetun","english":""}
{ "dhivehi":"ތަޅުމަޅުގަނޑުއެޅުން","definition":"މަޖާޒު؛ކުރިންހުރިގޮތަށް ހަމެޖެހުން.ވަންހަނާކުރަން ބޭނުންކަމެއް ރަނގަޅަށް ވަންހަނާވާގޮތްވުން.","latin":"thalhumalhuganduelhun","english":""}
{ "dhivehi":"ތަޅުފަތާނޑާ","definition":"(ގ.) ތަޅުފަތްގަނޑު.","latin":"thalhufathaandaa","english":""}
{ "dhivehi":"ތަޅުފަތްގަނޑު","definition":"އެލުވާތަޅު ބޭނުންކުރާ ތަންތަނުގައި އަރުގޯލައަށްމަތިން އައިސް އެމުނޭގޮތަށް ހަދައިފައިހުންނަބައި.","latin":"thalhufaiygandu","english":""}
{ "dhivehi":"ތަޅުދަނޑި","definition":"ތަޅު ހުޅުވުމަށާއި، ތަޅުލުމަށް ބޭނުންކުރާ އާލަތެއް. މި ތަފާތު ސިފަސިފައަށް ތަފާތު ގޮތްގޮތަށް ހަދައިފައި ހުރެއެވެ.ޗާޓްފަދަ ތަކެތީގައިވާ ކުރެހުންތައް ތަފްޞީލުކޮށްދޭ ބަޔާން.ތަޅުދަނޑީގެ ސިފައިގައި ހަދައިފައިވާ އެއްޗެއް.","latin":"thalhudhan'di","english":"key"}
{ "dhivehi":"ތަޅުދަނޑިބޯޑު","definition":"ތަޅުދަނޑި އެލުވުމަށް ލަކުޑިން ނުވަތަ އެފަދައެހެން އެއްޗަކުން ހަދައިފައި ހުންނަފިލާ.","latin":"thalhudhandiboadu","english":""}
{ "dhivehi":"ތަޅުދަނޑިއެޅުން","definition":"ތަޅުދަނޑިއެއް އުނަގަނޑުގައި އެލުވުން.","latin":"thalhudhandielhun","english":""}
{ "dhivehi":"ތަޅުދަނޑިވަޅު","definition":"ތަޅުވަޅު.","latin":"thalhudhandivalhu","english":""}
{ "dhivehi":"ތަޅުދަނޑިފަތި","definition":"އެއްކޮށް އަމުނައިފައި ހުންނަ ތަޅުދަނޑިތައް.","latin":"thalhudhandifathi","english":""}
{ "dhivehi":"ތަޅުދަނޑިޖެހުން","definition":"ތަޅުގެ ތަޅުދަނޑިވަޅަށް ތަޅުދަނޑިކޮއްޕުން.","latin":"thalhudhandijehun","english":""}
{ "dhivehi":"ތަޅުލުން","definition":"ތަޅުދަނޑިއަކުން ނުވަތަ އެފަދަ އެއްޗަކުން މެނުވީ ނުހުޅުވޭގޮތަށް ތަޅެއް ބަންދުކުރުން.ނަންބަރުތަޅުހުންނަ ފޮށިފޮށީގައި ނަންބަރުދިމާ ކުރުމުން މެނުވީތަޅު ނުހުޅުވޭގޮތް ހެދުން.","latin":"thalhulun","english":"lock"}
{ "dhivehi":"ތަޅުގޮނޑި","definition":"(ގ.) ތަޅުގެދޫވަދެ ތަޅުލެވޭތަން.","latin":"thalhugondi","english":""}
{ "dhivehi":"ތަޅެވަޑާ","definition":"(ގ.) ތަޅުވަޅު.","latin":"thalhevadaa","english":""}
{ "dhivehi":"ތަޅެފަތާޑާ","definition":"(ގ.) ތަޅުފަތްގަނޑު.","latin":"thalhefathaadaa","english":""}
{ "dhivehi":"ތަޅެފަތެ","definition":"(ގ.) ތަޅުފަތްގަނޑު.","latin":"thalhefathe","english":""}
{ "dhivehi":"ތަޅެދަނޑިފަންތާ","definition":"(ގ.) ތަޅުދަނޑިފަތި.","latin":"thalhedhandifanthaa","english":""}
{ "dhivehi":"ތަޅެދަންޑާ","definition":"(ގ.) ތަޅުދަނޑި.","latin":"thalhedhandaa","english":""}
{ "dhivehi":"ތަޅެގޮނޑާ","definition":"(ގ.) ތަޅުގޮނޑި.","latin":"thalhegondaa","english":""}
{ "dhivehi":"ތަޅޭ","definition":"ސުވާލުކުރުމުގެ ގޮތުން ބުނާބުނުމެއް. މިސާލު: ރަންގަހު ރަންގަނޭތަޅޭ. (ރަންގަހުރަންގަނޭހޭ)","latin":"thalhey","english":""}
{ "dhivehi":"ތަޅޮ","definition":"(ޏ.) ތަޅު.","latin":"thalho","english":""}
{ "dhivehi":"ތަޅޮއެޑުން","definition":"(ޏ.) ތަޅުހުޅުވުން.","latin":"thalhoedun","english":""}
{ "dhivehi":"ތަޅޮމެހުން","definition":"(ޏ.ސ.) ހުޅުމެހުން.","latin":"thalhomehun","english":""}
{ "dhivehi":"ތަޅޮފަތްގަޑު","definition":"(ސ.) ތަޅުފަތްގަނޑު.","latin":"thalhofaiygadu","english":""}
{ "dhivehi":"ތަޅޮދަނޑި","definition":"(ޏ.) ތަޅުދަނޑި.","latin":"thalhodhandi","english":""}
{ "dhivehi":"ތަޅޮލުން","definition":"(ޏ.) ތަޅުލުން.","latin":"thalholun","english":""}
{ "dhivehi":"ތަކަ","definition":"ދާބަންނަ ރޮދި އަނބުރަން ގެންގުޅޭ އެތި.","latin":"thaka","english":""}
{ "dhivehi":"ތަކަހޮޅި","definition":"ގަނޑުވަރުތެރޭ އަންހެން ބޭފުޅުންގެ ފައިންޕުޅުގައި ތުރުކުރައްވާ، ރަނުގެ ގަހަނާއެއް. މި ހަދައިފައި ހުންނަނީ، ކުރެހުން އެޅި މޫނުމައްޗެއް ލައިފައި މަލެއްގެ ސިފައަށް ހަދައިފައި ހުންނައެއްޗިހިން ގަތައިފައެވެ.","latin":"thakaholhi","english":"anklet"}
{ "dhivehi":"ތަކަރަލަފޯލި","definition":"(ލ.) މޭއްޔަފޯލި.","latin":"thakaralafoali","english":""}
{ "dhivehi":"ތަކަރަލާ","definition":"ބޭހަށް ބޭނުންކުރާ އެއްޗެއް. މިހުންނަނީ ކުދިކުދި ދަނޑިކޮޅުތަކެއްހެންނެވެ.","latin":"thakaralaa","english":""}
{ "dhivehi":"ތަކައި","definition":"(ބދ.) ޓަކައި.","latin":"thakai","english":""}
{ "dhivehi":"ތަކަފަތި","definition":"ރަށްރަށުގެ ވަލުތެރޭގައި ހެދިފައިހުންނަ މެދުމިނުގެ ގަހެއް، މިއީ ކަނޑުލުގެ ބާވަތެކެވެ.","latin":"thakafathi","english":"black mangrove"}
{ "dhivehi":"ތަކަފިރޯށި","definition":"ރޮދިއޮޅައިފައި އޮންނަފިރޯށި.","latin":"thakafiroashi","english":""}
{ "dhivehi":"ތަކަފިލޯށި","definition":"ބޮޑުބަޑީގެ ނިވާލިގަނޑު ނެރެންގެންގުޅޭ އެއްޗެއް. މިހުންނާނީ ބަޑީގެ ތެރެއަށް ވައްދައި އެނބުރޭވަރުގެ ދޫކޮށް އޮންނަ ދަނޑިއެއްގެ ކޮޅުގައި އެނބުރިފައި އޮންނަ ނަރުގަނޑެއްލައިފައެވެ.","latin":"thakafiloashi","english":""}
{ "dhivehi":"ތަކަފޮޅި","definition":"(ގ.) ތަކަހޮޅި.","latin":"thakafolhi","english":""}
{ "dhivehi":"ތަކަތުވާ","definition":"ގުރާ.","latin":"thakathuvaa","english":""}
{ "dhivehi":"ތަކާވަރު","definition":"ޖާގައޮތްވަރު.ތަނަކަށް މީހުންތަކެއް ނުވަތަ އެއްޗެހިތަކެއް ވެއްދޭވަރު.","latin":"thakaavaru","english":""}
{ "dhivehi":"ތަކާފޯލެ","definition":"(ގ.) މޭއްޔަފޯލި.","latin":"thakaafoale","english":""}
{ "dhivehi":"ތަކުރާރު","definition":"ފަށްފަށް.އެއްފަހަރަށްވުރެ ގިނަފަހަރު.","latin":"thakuraaru","english":""}
{ "dhivehi":"ތަކުރާރުކުރުން","definition":"ކަމެއް މަތިމައްޗަށް ކުރުން.ފަށްކުރުން.","latin":"thakuraarukurun","english":"repeat"}
{ "dhivehi":"ތަކުރާރުވުން","definition":"ކަމެއް މަތިމައްޗަށްވުން.ފަށްފަށްވުން.","latin":"thakuraaruvun","english":""}
{ "dhivehi":"ތަކުރާރެ","definition":"(ގ.) ތަކުރާރު.","latin":"thakuraare","english":""}
{ "dhivehi":"ތަކުރު","definition":"ފިރިހެނުންނަށް ކިޔާނަމެއް.","latin":"thakuru","english":""}
{ "dhivehi":"ތަކުރުހެއްދުން","definition":"ބޮޑެތިމީހުން އަޅާ ޒާތްޒާތުގެ ހެދުން އަޅުވައިގެން ކުޑަކުދިންގެންގުޅުން.","latin":"thakuruhedhun","english":""}
{ "dhivehi":"ތަކުރުފާނު","definition":"ފިރިހެނުންނަށް ކިޔައިއުޅޭ ނަމެއް.ތަކުރު މިބަހުގެ މާތްގޮތް.މަނިކު ކިޔާމީހަކަށް ކޮއްޔެއްލުމުން ނުވަތަ މަޖިލީހަށް އެރުވުމުން ނުވަތަ ޒިކުރަށް އެރުވުމުން ކިޔާގޮތް.","latin":"thakurufaanu","english":""}
{ "dhivehi":"ތަކުބީރާހިނގުން","definition":"(ގ.) ރަށުތެރޭގައި ރޯގާ މޮޅުވީމާ ތަކުބީރު ކިޔަމުން ހިނގުން.","latin":"thakubeeraahingun","english":""}
{ "dhivehi":"ތަކުބީރާދިއުން","definition":"(ޏ.) ރޯގާ މޮޅުވީމާ ތަކުބީރު ކިޔަމުން ރަށުތެރޭގައި ހިނގުން.","latin":"thakubeeraadhiun","english":""}
{ "dhivehi":"ތަކުބީރު","definition":"ﷲއަކުބަރު.","latin":"thakubeeru","english":""}
{ "dhivehi":"ތަކުބީރުބަނުން","definition":"(ޏ.ސ.) ބިރުވެރިކަމެއް ކުރިމަތިވެގެން އަޑުގަދަކޮށް ތަކުބީރުކިޔުން.","latin":"thakubeerubanun","english":""}
{ "dhivehi":"ތަކުބީރުކިއުން","definition":"ﷲއަކުބަރު މިކަލިމަކިޔުން.","latin":"thakubeerukiun","english":""}
{ "dhivehi":"ތަކުބީރުދިއުން","definition":"އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހު ޢަޞުރު ނަމާދުގެ ފަހަށް ތަކުބީރު ކިޔުންހުއްޓުން.","latin":"thakubeerudhiun","english":""}
{ "dhivehi":"ތަކުބީރުތެރެ","definition":"ޙައްޖުވިލޭރޭ ފަތިސް ނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ އަޞުރު ނަމާދުގެ ނިޔަލަށް އޮންނަވަގުތު.","latin":"thakubeeruthere","english":""}
{ "dhivehi":"ތަކުބީރުލައިގަތުން","definition":"ޙައްޖުވިލޭރޭ ފަތިސް ނަމާދަށްފަހު ތަކުބީރު ކިޔާންފެށުން.","latin":"thakubeerulaigathun","english":""}
{ "dhivehi":"ތަކުބީރެ","definition":"(ގ.) ތަކުބީރު.","latin":"thakubeere","english":""}
{ "dhivehi":"ތަކުލަފަތި","definition":"ކަރަންފުލުގެ ތެރޭގައި ތަންކޮޅެއް ބޮޑެތިކޮށް ފުފިފައި ހުންނަ ކަރަންފޫ.","latin":"thakulafathi","english":""}
{ "dhivehi":"ތަކުލީފު","definition":"އުނދަގޫ.ތުރާ.","latin":"thakuleefu","english":""}
{ "dhivehi":"ތަކުލީފު ލިބިގެންވުން","definition":"ބުއްދިލައި ފުރާފުރިހަމަވެގެންވުން.","latin":"thakuleefu libigenvun","english":""}
{ "dhivehi":"ތަކުލެފަތި","definition":"(ސ.) ތަކުލަފަތި.","latin":"thakulefathi","english":""}
{ "dhivehi":"ތަކޫވައް","definition":"ދިވެހިބޭހަށާއި ބައެއް ކާއެއްޗިއްސަށް ލާން ބޭނުންކުރާ އެއްޗެއް. މިއީ މަތިކަރާބޭހުގެ ބާވަތެކެވެ.","latin":"thakoovah","english":"nutmeg"}
{ "dhivehi":"ތަކެތި","definition":"އެއްޗެހި.","latin":"thakethi","english":"stuff"}
{ "dhivehi":"ތަކޭވައް","definition":"(ލ.) ތަކޫވައް.","latin":"thakeyvah","english":""}
{ "dhivehi":"ތަކޯވަކެ","definition":"(ގ.) ތަކޫވައް.","latin":"thakoavake","english":""}
{ "dhivehi":"ތައި","definition":"(ޏ.) ލަދުގަނެގެން ނުވަތަ ރަކިވެގެން އަނގަހޭވިފައިހުންނަހޭވުން.","latin":"thai","english":""}
{ "dhivehi":"ތައިރަ","definition":"(ބދ.) ދޮންވެލި.","latin":"thaira","english":""}
{ "dhivehi":"ތައިރާ","definition":"(ބދ.) ވާރޭފެން.","latin":"thairaa","english":""}
{ "dhivehi":"ތައިރު","definition":"(ބދ.) ފެން.","latin":"thairu","english":""}
{ "dhivehi":"ތައިވަރު","definition":"ރައިވަރުގެ ވައްތަރެއް. (ރީތިބަހުން ކިޔައިފައިހުންނަ ބެރެކި ރައިވަރު)މަލިކު ރައިވަރު.","latin":"thaivaru","english":""}
{ "dhivehi":"ތައު","definition":"މަސްދޯނިފަހަރުގެ ކުނބުންފެށިގެން ދިރުނބާކޮޅުގައި ހަފޮޅުގެ ތިރީކައިރިޔާ ހަމައަށް އަޅައިފައިވާ ހުރަސްތަކުގެމަތިން ދިގަށް އަޅައިފައި އޮންނަދެފަތް.","latin":"thau","english":"keelson"}
{ "dhivehi":"ތައުރާތު","definition":"މާތްﷲ މޫސާގެފާނަށް ބާވައިލެއްވިފޮތް.","latin":"thauraathu","english":""}
{ "dhivehi":"ތައުރިންދަ","definition":"(ސ.) ރިނދައިގެ ބާވަތެއް. މިއީ އާދައިގެ ރިނދައަށްވުރެ ބޭރުރާޅުކޮށް، ބޮޑެތިކޮށް ހުންނަ ރިނދައެކެވެ.","latin":"thaurindha","english":""}
{ "dhivehi":"ތައުރު","definition":"(ބދ.) ކުރާކެތް.","latin":"thauru","english":""}
{ "dhivehi":"ތައުރުކެހަކުރު","definition":"(ސ.) ތާރުކު ހަކުރު.","latin":"thaurukehakuru","english":""}
{ "dhivehi":"ތައުރުއް","definition":"(ޏ.ސ.) ތާރުއް.","latin":"thauru","english":""}
{ "dhivehi":"ތައުރުއްކައިށި","definition":"(ޏ.) ތާރުއްކާށި.","latin":"thaurukaishi","english":""}
{ "dhivehi":"ތައުރޭ","definition":"(ބދ.) ކޮތަން.","latin":"thaurey","english":""}
{ "dhivehi":"ތައުބާ","definition":"ކުރެވިފައިވާ ކުށްފާފަ އިޙްސާސްކޮށް ކުރާ ހިތާމަ.އެފަދަކަމެއް ނުކުރުމަށް ކުރާޤަޞްދާއި ކަނޑައަޅާޢަޒުމް.","latin":"thaubaa","english":""}
{ "dhivehi":"ތައުބާވުން","definition":"ކުރެވިފައިވާ ކުށްފާފަ ހަނދާންކޮށް ހިތާމަކުރުން.އެފަދަކަމެއް ނުކުރުމަށް ގަސްތުކޮށް ޢަޒުމު ކަނޑައެޅުން.","latin":"thaubaavun","english":"repent"}
{ "dhivehi":"ތައުބާލައިދިނުން","definition":"ތައުބާގެ އިބާރާތް އަޑުދަށުން ކިއުމަށްޓަކައި ކިޔައިދިނުން. މިކަންކުރަނީ މުރުތައްދުވުންފަދަ ބޮޑުފާފައެއްކުރުމުން، ޝަރީޢަތުގެ ފަރާތުން އެކަމަށް ނަސޭހަތްތެރިވާ ހިނދުގައެވެ.","latin":"thaubaalaidhinun","english":""}
{ "dhivehi":"ތައުބާގެދޮރުޖެއްސެވުން","definition":"އަސްތަޣުފާރުކޮށް ތައުބާވުމުގެ ވަގުތު ދިއުން. (މުސްލިމުން ޤަބޫލުކުރާގޮތުގައި ޤިޔާމަތަށް ފެށުމުން ތައުބާގެ ދޮރު ބަންދުކުރައްވާނެއެވެ.)މަރަށް ޙާޟިރުވެ ނޭވާހޮޅިޔަށްއެޅޭ ހިސާބަށްދިއުން.","latin":"thaubaagedhorujesevun","english":""}
{ "dhivehi":"ތައުޅު","definition":"(ސ.) ނޫފާ.","latin":"thaulhu","english":""}
{ "dhivehi":"ތައުޅުވުން","definition":"(ސ.) ނޫފައިގަތުން.","latin":"thaulhuvun","english":""}
{ "dhivehi":"ތައުވަކަރަ","definition":"(ސ.)ވަކަރުން އަޅާ ގޭގޭގެ ފުރަތަމަ ބެރިފަށުގެ މަތީދެވަނަބެރި ފަށާއި ފައިދޮށް އެޅުމަށް ގޭގެދިގަށް އަޅާވަކަރު.ތާވަކަރު.","latin":"thauvakara","english":""}
{ "dhivehi":"ތައުވައްކައިށި","definition":"(ސ.) ތާވައްކާށި.","latin":"thauvahkaishi","english":""}
{ "dhivehi":"ތައުފަތް","definition":"(ސ.) ތާފަތް.","latin":"thaufaiy","english":""}
{ "dhivehi":"ތައުފީޤު","definition":"ހެޔޮކަންތައްކުރުމަށް މާތްﷲ ދެއްވާވާގި.","latin":"thaufeegu","english":""}
{ "dhivehi":"ތައުފީޤުދެއްވުން","definition":"މާތްﷲ ހެޔޮކަމަށް ވާގިދެއްވުން.","latin":"thaufeegudhevun","english":""}
{ "dhivehi":"ތައުފީޤުލިބުން","definition":"ހެޔޮކަމެއް ކުރެވުމުގެ މަގުތަނަވަސްވުން.","latin":"thaufeegulibun","english":""}
{ "dhivehi":"ތައުފެލަ","definition":"(ގ.) ތޮއްފިލާ.","latin":"thaufela","english":""}
{ "dhivehi":"ތައުލިޔަމޫލަވެރިން","definition":"ވަގުފުގެ ނާޒިރުން. (ވަގުފު ބެލެހެއްޓުމަށް ވާރުތެ ވަމުން އަންނަ މީހުން)","latin":"thauliyamoolaverin","english":""}
{ "dhivehi":"ތައުލިޔަމޫލަވެރިކަން","definition":"ވަގުފުގެ ނާޒިރުކަން. (ވަގުފު ބެލެހެޢްޓުމުގެ ހަވާލުވެރިކަން)","latin":"thauliyamoolaverikan","english":""}
{ "dhivehi":"ތައުޙީދު","definition":"ﷲ އެއްކައުވަންތަކަން އަންގައިދޭ ޢިލްމު.އިހުގައި ދީނުގެ ވާހަކަ ލިޔެގެން ގެންގުޅޭ ރައިވަރުފޮތް.","latin":"thauheedhu","english":""}
{ "dhivehi":"ތައުޙީދުޢިލްމު","definition":"ޢަޤީދާއާބެހޭ ޢިލްމު.","latin":"thauheedhuailmu","english":""}
{ "dhivehi":"ތައެކޭރުން","definition":"(ޏ.) ވާހަކަދައްކާއިރު އަނގަ އިތާކުރުން.","latin":"thaekeyrun","english":""}
{ "dhivehi":"ތައޮހީދު","definition":"(ޏ.) ތައުޙީދު.","latin":"thaoheedhu","english":""}
{ "dhivehi":"ތައޮބާ","definition":"(ގ.) ތައުބާ.","latin":"thaobaa","english":""}
{ "dhivehi":"ތައޮބާވުން","definition":"(ޏ.) ތައުބާވުން.","latin":"thaobaavun","english":""}
{ "dhivehi":"ތައޮލީމް","definition":"(ޏ.) ތަޢުލީމު.","latin":"thaoleem","english":""}
{ "dhivehi":"ތައޮޒިޔާކިޔުން","definition":"(ޏ.) ތައުޒިޔާކިޔުން.","latin":"thaoziyaakiyun","english":""}
{ "dhivehi":"ތައޯފަންމަސް","definition":"(ތ.) ކަށިކޮލި.","latin":"thaoafanmas","english":""}
{ "dhivehi":"ތައް","definition":"ތައްކަށިންޖަހާ ފާހަގަ. މިފާހަގަ ޖަހަނީ ރުއްގަހުގެ ވެރިފަރާތް ފާހަގަކުރުމަށްޓަކައެވެ. ފާހަގަހުންނަނީ ވަށްކޮށް ކަނޑައި ނަގައިފައެވެ.ނަން ގިނަކުރުމަށް ބޭނުންކުރާ އަކުރެއް. މިސާލު: މޭޒުތައް.(ބދ.) އަނގަ. މިސާލު: އޭނާއިނީ ތައް ބައްދައިގެންނެވެ.","latin":"thah","english":""}
{ "dhivehi":"ތައްރާ","definition":"(ގ.) ތަރިއެއް.","latin":"thahraa","english":""}
{ "dhivehi":"ތައްރުކެ","definition":"(ގ.) ތާރުއް.","latin":"thahruke","english":""}
{ "dhivehi":"ތައްރުއް","definition":"(ގ.) ތާރުއް.","latin":"thahru","english":""}
{ "dhivehi":"ތައްބާ","definition":"(ގ.) ތަނބި.","latin":"thahbaa","english":""}
{ "dhivehi":"ތައްބެއްދުން","definition":"މަޖާޒު: އަނގައިން ނުބުނެ އިނުން.","latin":"thahbedhun","english":""}
{ "dhivehi":"ތައްކަށި","definition":"ތައްޖަހަން ގެންގުޅޭ އެއްޗެއް. މިއީ މުށްގަނޑެއްލައި ފިލިއަޅައިފައި އޮންނަ ދަގަނޑު ހޮޅިބުރިއެކެވެ.","latin":"thahkashi","english":""}
{ "dhivehi":"ތައްކަށިރުއް","definition":"ތައްކަށްޓަށް ނަގާރުއް. ރަށްރަށުގައި މީހުން އިންދައިފައި ހުންނަ ރުއްރުކުގައި ތައްޖަހައި ބަންޑާރަ ބަޔާއި އަމިއްލަބައި ވަކިކުރުމުގައި އެކެއްގެ ފަންސަވީސް ރުކުން އެއްރުއް، ތައްކަށީގެ ނަމުގައި ބަންޑާރަޔަށް ނަގައެވެ. މިރުކުގައި ހުންނާނީ ތިންތައްޖަހައިފައެވެ. މިއީ ގޮއިފާލައްބައިގެ ތެރޭގައި ހިމެނޭ ވަކިން ވަރުވާކޮށް ލިއެދެއްވާ ބައެކެވެ.","latin":"thahkashiru","english":""}
{ "dhivehi":"ތައްކަތަ","definition":"(ބދ.) ކުނައު.","latin":"thahkatha","english":""}
{ "dhivehi":"ތައްކަތަކުރުން","definition":"(ގ.ސ.) ތައްކަތުކުރުން.","latin":"thahkathakurun","english":""}
{ "dhivehi":"ތައްކަތަވުން","definition":"(ގ.ސ.) ތައްކަތުވުން.","latin":"thahkathavun","english":""}
{ "dhivehi":"ތައްކަތު","definition":"ހަމަޖެހޭ ހަމަޖެހުން.ހަމަހިމޭން.ކަމެއް ނުވަތަ ތަނެއްވާ މައިތިރި.","latin":"thahkathu","english":""}
{ "dhivehi":"ތައްކަތުކުރުން","definition":"މައިތިރިކުރުން.","latin":"thahkathukurun","english":""}
{ "dhivehi":"ތައްކަތުކެރުން","definition":"(ޏ.) ތައްކަތަކުރުން.","latin":"thahkathukerun","english":""}
{ "dhivehi":"ތައްކަތުވުން","definition":"ހަމަޖެހުން.މައިތިރިވުން.ހިމޭންވުން.","latin":"thahkathuvun","english":""}
{ "dhivehi":"ތައްކާނށި","definition":"(ޏ.) ތައްކަށި.","latin":"thahkaanshi","english":""}
{ "dhivehi":"ތައްކާނށިރުއް","definition":"(ޏ.) ތައްކަށިރުއް.","latin":"thahkaanshiru","english":""}
{ "dhivehi":"ތައްކާނު","definition":"(ގ.) ތައްޚާނު.","latin":"thahkaanu","english":""}
{ "dhivehi":"ތައްކެރެވުން","definition":"(ގ.) ތަތްކުރުވުން.","latin":"thahkerevun","english":""}
{ "dhivehi":"ތައްމަތުބޮޑިޔާ","definition":"(ގ.) ތަންމަތިބޮނޑި.","latin":"thahmathubodiyaa","english":""}
{ "dhivehi":"ތައްމަތުއެޅުން","definition":"ކަމެއްނިންމުން.","latin":"thahmathuelhun","english":""}
{ "dhivehi":"ތައްމަސް","definition":"އޮރީގެބާވަތެއް. މިއީއަނގަކުޑަ ކުދިހުޅުނބު ގިނަމަހެކެވެ. މިއީމަތީ ބައިގައި ނޫކުލަ ބަނޑުދޮށުގައި ރިހިކުލަހުންނަ މަހެކެވެ. މަހުގެ ދިގަށްކެނޑި ކެނޑިފައިހުންނަ ރަންކުލައިގެ ރޮނގުތަކެއް ހުރެއެވެ.","latin":"thahmas","english":""}
{ "dhivehi":"ތައްފަހު","definition":"(ތ.ލ.) ތައްޕާސް.","latin":"thahfahu","english":""}
{ "dhivehi":"ތައްދާ","definition":"(ގ.) ރުކުގައި ގަންނަކޮންމެ ވައްތަރެއްގެ އިހަލެއްގެވެސް އެންމެ ކުޑައެތި.","latin":"thahdhaa","english":""}
{ "dhivehi":"ތައްދާލި","definition":"(ޏ.) ޅަކަމުން ހެހެވޭވަރުނުވާ ކުރުނބާގެ ބޭރުގައި ހުންނަބޮނބި.","latin":"thahdhaali","english":""}
{ "dhivehi":"ތައްދިހަ","definition":"(ގ.) ހުދުކުލައިގެމަހެއް. މިމަހުގެ ތުނބުގައި ދެނަރުވާ ހުންނާނެއެވެ. ނަރުވާލައްޕައިލީމާ ޖެހޭތާނގައި ރަތްކުލައިގެ ދެރޮނގު ހުންނާނެއެވެ.","latin":"thahdhiha","english":""}
{ "dhivehi":"ތައްތަ","definition":"(ބދ.) އިލޮށި.","latin":"thahtha","english":""}
{ "dhivehi":"ތައްތާލި","definition":"(ސ.) ކަރަކަންދާލި.","latin":"thahthaali","english":""}
{ "dhivehi":"ތައްލިހި","definition":"(ސ.) ޑިނގާ.","latin":"thahlihi","english":""}
{ "dhivehi":"ތައްގަނޑަ","definition":"(ސ.) ތައްގަނޑު.","latin":"thahganda","english":""}
{ "dhivehi":"ތައްގަނޑަށްއެޅުން","definition":"އޮންނަންވީ ގޮތަށް ފެތުން.","latin":"thahgandahelhun","english":""}
{ "dhivehi":"ތައްގަނޑަށްދުއްވުން","definition":"ވިރިކެކޭ ތަކެތި ތައްގަނޑަށް އެޅުން.","latin":"thahgandahdhuvun","english":""}
{ "dhivehi":"ތައްގަނޑަށްޖެހުން","definition":"އުޅާބައިގެ ފިތްތައް ފަދަ އެއްޗެހި ފުއްވުމަށް ތައްޔާރުކޮށްފައި އޮންނަ ތައްގަނޑަށް ރަންރިހިފަދަތަކެތި ތަޅައި ތުނިކޮށްފައި ޖެހުން.","latin":"thahgandahjehun","english":""}
{ "dhivehi":"ތައްގަނޑާ","definition":"(ގ.) ތައްގަނޑު.","latin":"thahgandaa","english":""}
{ "dhivehi":"ތައްގަނޑު","definition":"އެއްޗެއްގެ އަސްލާއެއްގޮތަށް އެއްޗެއް ހެދުމަށް ނުވަތަ ކުރެހުމަށް ބޭނުންކުރާ އެއްޗެއް. މިސާލު: (ހ) މެޓާ އޮބާ ތައްގަނޑު. (ށ) ހުންގާނުގެ މާދާފަދަ ތަކެތި ހެދުމަށް ވިރުވާ އަޅާތައްގަނޑު. (ނ) ގަސްމުށި ފަދަތަކެތި ހެދުމަށް ސިމެންތި ފަދަ ތަކެތި ގަށައިގެންއަޅާ ތައްގަނޑު. (ރ) ރަސްމީ ނުވަތަ އަމިއްލަ ނިޝާންޖަހާ ތައްގަނޑު.ކަނޑައި ނަގައިފައި ހުންނަ ނަމޫނާ.ގޮންގްރެޓް ކުރާ އިރު ގޮންގްރެޓް އެޅުމަށް ލަކުޑިން ނުވަތަ ދަނގަނޑުން ތައްޔާރުކުރާ އެތި.ތަނެއްގެ ނުވަތަ މީހެއްގެ ނަމާއި ނިޝާން އެކުލެވިގެންވާ ގޮތުން ތައްޔާރުކުރާ ސިއްކަ.","latin":"thahgandu","english":""}
{ "dhivehi":"ތައްގަނޑުއޮބުން","definition":"ތައްގަނޑުޖެހުން.","latin":"thahganduobun","english":""}
{ "dhivehi":"ތައްގަނޑުޖެހުން","definition":"ކަނޑައި ނަގައިފައި އޮންނަ މާދިރީ އެއްގެސިފަ އެއްޗަކަށް ނަގުލުކުރުން. މިސާލު: ގަންޖުފަރާހުގައި ތައްގަނޑުޖެހުން.ތަނެއްގެ ނުވަތަ މީހެއްގެ ނަމާއި ނިޝާން އެކުލެވިގެންވާގޮތަށް ތައްޔާރުކުރާ ސިއްކައެއް އޮބުން.","latin":"thaggan'dujehun","english":"stamp"}
{ "dhivehi":"ތައްގަނޑޮ","definition":"(ޏ.)ކައްކާތެލީގެ ފުލުގައި ތަތްލައިފައި ހުންނަ އެތިގަނޑު.ތައްގަނޑު.","latin":"thahgando","english":""}
{ "dhivehi":"ތައްގޮގޮޑި","definition":"(ޏ.ސ.) ތަތްކުރޮޅި.","latin":"thahgogodi","english":""}
{ "dhivehi":"ތައްޓާ","definition":"(ގ.) ތަށި.","latin":"thahtaa","english":""}
{ "dhivehi":"ތައްޓު","definition":"ފުރާދުއްވާ އުޅަނދުފަހަރުގެ ވަތްތަކުގެ މަތީގައި އަޅައިފައި އޮންނަ ފަނގިފިލާ.","latin":"thattu","english":"deck"}
{ "dhivehi":"ތައްޓުއެޅުން","definition":"ފުރާދުއްވާ އުޅަނދުފަހަރުގެ ވަތްތަކުގެ މަތީގައި އަޅާ ފަންގިފިލާ އެޅުން.","latin":"thahtuelhun","english":""}
{ "dhivehi":"ތައްޓުމަތި","definition":"ފުރާދުއްވާ އުޅަނދުފަހަރުގެ ވަތްތަކުގެ މަތީގައި އަޅައިފައި އޮންނަ ފަންގިފިލާމަތި.","latin":"thahtumathi","english":""}
{ "dhivehi":"ތައްޓޭ","definition":"ބޮލުގައި އިސްތަށިނެތް މީހުން.ތަލަފެންނަމީހުން.","latin":"thahtey","english":""}
{ "dhivehi":"ތައްޔަށްނެގުން","definition":"ވިހައިގެން އުޅޭމީހުން އެކޮޅުކޮޅުން ނެގުން.","latin":"thahyahnegun","english":""}
{ "dhivehi":"ތައްޔާރީ","definition":"ވަގުތުން ބޭނުންކުރެވޭ ގޮތަށް ފުރިހަމަވެފައިވާ.","latin":"thahyaaree","english":""}
{ "dhivehi":"ތައްޔާރީހެދުން","definition":"ބޭނުންވާ މިންތަކަށްފަހައި ތައްޔާރު ކޮށްފައި ގަންނަން ލިބޭ ގޮތަށް ފިހާރަ ފިހާރައިގައި ހުންނަ ހެދުން.","latin":"thahyaareehedhun","english":""}
{ "dhivehi":"ތައްޔާރީބޭސް","definition":"އިތުރުކަމެއް ކުރުމަކާނުލައި ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހަދައިފައި ހުންނަ ބޭސް.","latin":"thahyaareebeys","english":""}
{ "dhivehi":"ތައްޔާރީކާނާ","definition":"ވަގުތުން ބޭނުންކުރެވޭ ގޮތަށް ހަދައިފައި ހުންނަކާނާ.","latin":"thahyaareekaanaa","english":""}
{ "dhivehi":"ތައްޔާރީމަލަން","definition":"ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަބޭސް މަލަން.ބޭސްމަލަން.","latin":"thahyaareemalan","english":""}
{ "dhivehi":"ތައްޔާރު","definition":"ކުރިމަތިވެދާނެ ކަމަކަށް ހުރިހާ ގޮތަކުން ސަމާލުވާ ސަމާލުވުން.ކަމެއްޖެހުމުގެ ކުރިން އެކަމަކަށްޓަކައި ކަންތައްތައް ހަމަޖައްސައި ނިންމާ ނިންމުން.ކަމަކަށްޓަކައި ފުރިހަމަކޮށްފައިވާ ފުރިހަމަކުރުން.ކަމަކަށް ފަށައިގަތުމަށް ނުވަތަ ތަނަކަށް ދިއުމަށް ވެހުންނަ ސަމާލު.","latin":"thayyaaru","english":"ready"}
{ "dhivehi":"ތައްޔާރުކުރުން","definition":"ކަމެއްޖެހުމުގެ ކުރިން އެކަމަކަށްޓަކައި ކަންތައްތައް ހަމަޖައްސައި ނިންމުން.ކަމަކަށްޓަކައި ފުރިހަމަކުރާންޖެހޭ ކަންތައް ފުރިހަމަކުރުން.ކަމަކަށް ފަށައިގަތުމަށް ނުވަތަ ތަނަކަށް ދިއުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.","latin":"thayyaarukurun","english":"prepare"}
{ "dhivehi":"ތައްޔާރުވުން","definition":"ކުރިމަތިވެދާނެ ކަމަކަށް ހުރިހާގޮތަކުން ސަމާލުވުން.ކަމެއްޖެހުމުގެ ކުރިން އެކަމަކަށް ޓަކައި ކަންތައްތައް ހަމަޖައްސައި ނިންމުން.","latin":"thayyaaruvun","english":"get ready"}
{ "dhivehi":"ތައްޔާރުޖާގަޖާގަ","definition":"ތައްޔާރުވެގެން އެމީހެއްގެ މަޤާމުގައި އެމީހަކު ހުރުމަށް ގޮވާލާގޮތް.ތައްޔާރުވެގެން އެހެންމީހުންނަށް ތަންދީގެން ތިބުމަށް ގޮވާލާގޮތް.","latin":"thahyaarujaagajaaga","english":""}
{ "dhivehi":"ތައްޔާރޮ","definition":"(ޏ.) ތައްޔާރު.","latin":"thahyaaro","english":""}
{ "dhivehi":"ތައްޔާރޮވުން","definition":"(ޏ.) ތައްޔާރުވުން.","latin":"thahyaarovun","english":""}
{ "dhivehi":"ތައްޕާސް","definition":"މުއްފަތު.","latin":"thahpaas","english":""}
{ "dhivehi":"ތައްޕުނިކެއުން","definition":"(ގ.) ގައިގެ ތަންތަން ހިރުވާތީ ތަނެއްގައި ހިމޭންވެ އިނުމަށް ނުވަތަ އޮތުމަށް ދަތިވުން.","latin":"thahpunikeun","english":""}
{ "dhivehi":"ތައްޖެހުން","definition":"ބަންޑާރަރުއްގަހާއި އަމިއްލަރުއްގަހާ ދެބައިވަކިކުރުމަށް ރުކުގައި ޖަހާފާހަގަޖެހުން.","latin":"thahjehun","english":""}
{ "dhivehi":"ތައްޚާނު","definition":"ދިވެހި ފިރިހެނުންނަށް ކިޔާނަމެއް.ބަނޑުހަނޑޫ ދެއްވީމާ އާދައިގެމީހުންގެ ނަމުގެ ފަހަތަށް އިތުރުކުރާ ލަޤަބަށް ކިޔާގޮތް. މިސާލު: (ހ) އަލިތައްޚާނު. (ށ) މުޙައްމަދު ތައްޚާނު.","latin":"thahkhaanu","english":""}
{ "dhivehi":"ތަވަޅަ","definition":"(ޏ.) ދެވިލާގަނޑުދޭތެރޭ ވާރޭނުވެހި އޮންނަވަގުތު.","latin":"thavalha","english":""}
{ "dhivehi":"ތަވައްރުކަށްއިނުން","definition":"ކަނާތުފައިގެ އިނގިލިތަކުގެ ބަނޑުފުށް އިށީނދެ އިންނަތާނގައި ޖައްސައިގެން ވާތުފައިގެ ކުރީކޮޅު ކަނާތުފައިގެ ދަށުން ނެރެގެން ވާތުފައިގެ މާކަޅުވާ މަހުގެމައްޗަށް ބުރަވެއިނުން.","latin":"thavahrukahinun","english":""}
{ "dhivehi":"ތަވާ","definition":"ބައެއްތަކެތި ކެއްކުމަށް މުށިން ހަދައިފައިހުންނަ ކަންވާރެއް. މީގެ އެކި ވަރުވަރުގެ އެއްޗެހިހުރެއެވެ.","latin":"thavaa","english":"pot"}
{ "dhivehi":"ތަވާގައިލުން","definition":"ހިކި ތަވާގައިލުން، މިބަސް ކުރުކޮށް ބުނާގޮތް.ބައެއް ކަހަލަ ކާއެއްޗެހި ހިކިތަވާގައި ހޫނުކޮށްލުން.","latin":"thavaagailun","english":""}
{ "dhivehi":"ތަވާޟުޢުވެރިން","definition":"ހިތްތިރިމީހުން.މަޑުމޮޅިމީހުން.","latin":"thavaaluauverin","english":""}
{ "dhivehi":"ތަވާޟުޢުވެރިކަން","definition":"ހިތްތިރިކަން.މަޑުމޮޅިކަން.","latin":"thavaaluauverikan","english":""}
{ "dhivehi":"ތަވާޟުޢުވެރިވުން","definition":"ހިތްތިރިވުން.މަޑުމޮޅިވުން.","latin":"thavaaluauverivun","english":""}
{ "dhivehi":"ތަވީދި","definition":"(ޏ.) ތަވީދު.","latin":"thaveedhi","english":""}
{ "dhivehi":"ތަވީދު","definition":"އެކިއެކި ބޭނުންތައް ފުދުން އެދި ފަންޑިތަހެދުމުގެ ގޮތުން ކަރުދާހާއި ފޮއްޗާއި ހަމާއި ތިމަރަފަތް ފަދަ ތަކެތީގައި އަޒީމަތަކެއް ނުވަތަ ގުރުއާނުގެ އާޔަތްތަކެއް ލިޔެގެން ބޭނުންކުރާ އެއްޗެއް.އިލެކްޓްރޯނިކް އެއްޗެހީގެ އެތެރޭގައި ހުންނަ އެއްޗެއް. މިވައްތަރުވާނީ އަސްޖަހައިފައި އޮންނަ ތަވީދަކާއެވެ.","latin":"thaveedhu","english":"amulet"}
{ "dhivehi":"ތަވީދުކުރުން","definition":"ތަވީދަކަށްވާގޮތަށް ލިއުން.","latin":"thaveedhukurun","english":""}
{ "dhivehi":"ތަވީދެ","definition":"(ގ.) ތަވީދު.","latin":"thaveedhe","english":""}
{ "dhivehi":"ތަވެއާ","definition":"(ގ.) ތަވާ.","latin":"thaveaa","english":""}
{ "dhivehi":"ތަމަރި","definition":"(ބދ.) ފުއްޓަރު.","latin":"thamari","english":""}
{ "dhivehi":"ތަމަޅަ","definition":"ތަމަޅައިންގެ މާދަރީބަސް.ނއ. ތަމަޅަ އިންނަށް ނިސްބަތްވާ.މާދަރީބަހަކަށް ތަމަޅަ ބޭނުންކޮށްއުޅޭމީހާ.","latin":"thamalha","english":""}
{ "dhivehi":"ތަމަޅައިން","definition":"ދެކުނު އިންޑިޔާގައި އުޅޭ ތަމަޅަބަހުން ވާހަކަދައްކާ ދަރިކޮޅެއްގެ މީހުން.މާދަރީބަހަކަށް ތަމަޅަބަސް ބޭނުންކޮށް އުޅޭމީހުން.","latin":"thamalhain","english":""}
{ "dhivehi":"ތަމައްދުނު","definition":"ރަށެއް ނުވަތަ ޤައުމެއް ކުރިއަރާ ކުރިއެރުން.ރަށްވެހިކަމުގެ ގޮތުން ކުރިއަރާ ކުރިއެރުން.","latin":"thamahdhunu","english":""}
{ "dhivehi":"ތަމައްދުނުވުން","definition":"ރަށެއް ނުވަތަ ޤައުމެއް ކުރިއަރާ ކުރިއެރުން.ރަށްވެހިކަމުގެ ގޮތުން ކުރިއަރާ ކުރިއެރުން.","latin":"thamahdhunuvun","english":""}
{ "dhivehi":"ތަމަމިއަ","definition":"(ބދ.) ކަންކަށި.","latin":"thamamia","english":""}
{ "dhivehi":"ތަމަލަ","definition":"(ޏ.ސ.) ތެމާ.","latin":"thamala","english":""}
{ "dhivehi":"ތަމަލަވުން","definition":"(ޏ.ސ.) ތެމާލުން.","latin":"thamalavun","english":""}
{ "dhivehi":"ތަމާމުކުރުން","definition":"ނިންމައިލުން.ހުސްކޮށްލުން.ތަނެއްތަޅައި ސުންނާފަތިކޮށްލުން.","latin":"thamaamukurun","english":""}
{ "dhivehi":"ތަމާމުވުން","definition":"ނިމުން.ހުސްވުން.ތަނެއްތަޅައި ސުންނާފަތިކޮށްލުން.","latin":"thamaamuvun","english":""}
{ "dhivehi":"ތަމީމުތާރަ","definition":"މަލިކު ތާރަފާޑަށްޖަހާ ތާރައެއް. މިއީފަސްލަވައިން ލަވަބައި އޮންނަ ތާރައެކެވެ.","latin":"thameemuthaara","english":""}
{ "dhivehi":"ތަމެން","definition":"ކަލޭމެން.","latin":"thamen","english":""}
{ "dhivehi":"ތަމްރީނުހޯދުން","definition":"ކަމެއް ދަސްކޮށް ފަރިތަކުރުން.","latin":"thamreenuhoadhun","english":""}
{ "dhivehi":"ތަމްރީނުކުރުން","definition":"ކަމެއްކުރަން ފަރިތަކުރުވުން.","latin":"train","english":"train"}
{ "dhivehi":"ތަމްރީނުދިނުން","definition":"ކަމެއް ދަސްކޮށްދީ އެކަމަކަށް ހާނައިދިނުން.","latin":"thamreenudhinun","english":""}
{ "dhivehi":"ތަމްރީނުލިބުން","definition":"ކަމެއްކުރަން ދަސްވެ ފަރިތަވުން.","latin":"thamreenulibun","english":""}
{ "dhivehi":"ތަމްސީލު","definition":"ކަމެއް ނުވަތަ ވާހަކައެއްގެ ޙަރަކާތް ތަކާއި މަންޒަރު ތަކާއެކު އިސްޓޭޖެއްގައި ދައްކާދެއްކުން.","latin":"thamseelukurun","english":"act"}
{ "dhivehi":"ތަމްސީލުކުރުން","definition":"ތަމްސީލެއް ތައްޔާރުކޮށް އެހެން މީހުންނަށް ފެންނާނެގޮތަށް އިސްޓޭޖެއްގައި ކުޅުން.ތިމާގެ ރަށް ނުވަތަ ތިމާއުޅޭ ދާއިރާއެއްގެ ފަރާތުން ބަސްކިޔައި ހެދުމަށް ތަނެއްގައި ނުވަތަ ކަމެއްގައި ބައިވެރިވުން.","latin":"thamseelukurun","english":"represent"}
{ "dhivehi":"ތަމްސީލުދެއްކުން","definition":"އިސްޓޭޖެއްގައި ޢާއްމުކޮށް ދެއްކުމަށްޓަކައި، ތައްޔާރު ކުރެވޭ ކުޅިވަރުތައް، ފެންނާނެ ގޮތް ހެދުން.","latin":"thamseeludhekun","english":""}
{ "dhivehi":"ތަފާ","definition":"އާދަމުގެ ދަރިންނާއި ބައެއްކަހަލަ ޖަނަވާރުގެ ހަށިގަނޑުގައި އަތުން ޖަހާއެތިފަހަރު.މީހުންނާއި ކުދިން ބިންމައްޗަށ ްލައިފައިހުންނަ ސީ. މިހުންނާނީ ދިޔާކޮށް ވަށްކޮށް ފެތުރިފައެވެ.ގެރިގުއިތަފާ.","latin":"thafaa","english":""}
{ "dhivehi":"ތަފާއެޅުން","definition":"ތަފާލެއްޖެހުން.","latin":"thafaaelhun","english":""}
{ "dhivehi":"ތަފާވަރު","definition":"ފެތުރޭގޮތަށް ހުންނަ އޮލައެއްޗެހީގެ ފުނިވަރު.","latin":"thafaavaru","english":""}
{ "dhivehi":"ތަފާތު","definition":"އެއްގޮތްނޫން.ފަރަގު.","latin":"thafaathu","english":"difference"}
{ "dhivehi":"ތަފާތުކަން","definition":"އެއްގޮތްނޫންކަން.ފަރަގުކަން.","latin":"thafaathukan","english":""}
{ "dhivehi":"ތަފާތުކުރުން","definition":"ތަފާތު ވާގޮތް ހެދުން.","latin":"thafaathukurun","english":""}
{ "dhivehi":"ތަފާތުވުން","definition":"އެއްގޮތްނުވުން.ފަރަގުވުން.","latin":"thafaathuvun","english":""}
{ "dhivehi":"ތަފާލާ","definition":"(ގ.) ފުންޏަކަށް ހުންނަ ކޮންމެއެއްޗެއް.","latin":"thafaalaa","english":""}
{ "dhivehi":"ތަފާލި","definition":"(ސ.) ތަފާ.","latin":"thafaali","english":""}
{ "dhivehi":"ތަފާލެކެޖެހުން","definition":"(ގ.) ތަފާލެއްޖެހުން.","latin":"thafaalekejehun","english":""}
{ "dhivehi":"ތަފާލެއްއެޅުން","definition":"އެތިފަހަރެއްޖެހުން.","latin":"thafaaleelhun","english":""}
{ "dhivehi":"ތަފާލެއްޖެހުން","definition":"ތަފާލެއްއެޅުން.","latin":"thafaalejehun","english":""}
{ "dhivehi":"ތަފާލް","definition":"(ޏ.) ތަފާ.","latin":"thafaal","english":""}
{ "dhivehi":"ތަފާސް","definition":"ހޯދާބަލާބެލުން.","latin":"thafaas","english":""}
{ "dhivehi":"ތަފާސްހިސާބު","definition":"ހޯދައިބަލައިފައިވާ ޢަދަދުތަކަކުންދޭ މަޢުލޫމާތު.","latin":"thafaas hisaabu","english":"statistics"}
{ "dhivehi":"ތަފި","definition":"(ޏ.) އެއްޗެއްވާފަތާ.","latin":"thafi","english":""}
{ "dhivehi":"ތަފިރިން","definition":"(ސ.)ކަލޭމެން.ތިޔަބައިމީހުން.","latin":"thafirin","english":""}
{ "dhivehi":"ތަފިވުން","definition":"(ޏ.)އެއްޗެއްފަތާވުން.އެއްޗެއްބަނޑިވުން.","latin":"thafivun","english":""}
{ "dhivehi":"ތަފިތެޅުން","definition":"ތަލިތެޅުން.","latin":"thafithelhun","english":""}
{ "dhivehi":"ތަފިލި","definition":"ބދ.ތުނި.ހިމަތޮޅި.ބަލިކަށި.","latin":"thafili","english":""}
{ "dhivehi":"ތަފުރީލު","definition":"(ސ.) ބޯޓުފަހަރާއި އޮޑިފަހަރުގެ ހުންގާނުގެ ވަށައިގެން ހަދައިފައިވާ ކޮށިގަނޑު.","latin":"thafureelu","english":""}
{ "dhivehi":"ތަފުރެން","definition":"ކަލޭމެން.","latin":"thafuren","english":""}
{ "dhivehi":"ތަފުސީރު","definition":"ޝަރަޙަ.ތަފްޞީލު.އިތުރު އޮޅުން ފިލުވައިދިނުން.","latin":"thafuseeru","english":""}
{ "dhivehi":"ތަފުސީލު","definition":"އިތުރުބަޔާން.ކަމެއް ހިނގައިފައިވާ ގޮތުގެ ސާފު މަޢުލޫމާތު.","latin":"thafuseelu","english":"detail"}
{ "dhivehi":"ތަފުސީލުކުރުން","definition":"އިތުރަށް ބަޔާންކުރުން.ކަމެއް ހިނގައިފައި ވާގޮތް ސާފުކޮށް ބަޔާންކުރުން.","latin":"thafuseelukurun","english":""}
{ "dhivehi":"ތަފުސީލުވުން","definition":"ބަޔާންވުން.ސާފުކޮށް އެނގުން.","latin":"thafuseeluvun","english":""}
{ "dhivehi":"ތަފެނެ","definition":"(ގ.) ކަލޭމެން. (އަންހެނުންނަށް ނިސްބަތްކޮށް ބުނެއުޅޭގޮތެއް.)","latin":"thafene","english":""}
{ "dhivehi":"ތަފެލާނާ","definition":"(ގ.) ކަލޭމެން.","latin":"thafelaanaa","english":""}
{ "dhivehi":"ތަފޮސީރު","definition":"(ޏ.) ތަފުސީރު.","latin":"thafoseeru","english":""}
{ "dhivehi":"ތަފޮސީލު","definition":"(ޏ.) ތަފުޞީލު.","latin":"thafoseelu","english":""}
{ "dhivehi":"ތަފްހީމުކުރުން","definition":"ޢަރަބި ކިޔުމުގައި އަކުރެއް ބަރުކޮށްކިޔުން.","latin":"thafheemukurun","english":""}
{ "dhivehi":"ތަދަ","definition":"(ސ.) ތަދު.","latin":"thadha","english":""}
{ "dhivehi":"ތަދައެރުން","definition":"(ސ.) ތަދުއެރުން.","latin":"thadhaerun","english":""}
{ "dhivehi":"ތަދަވުން","definition":"(ސ.) ތަދުވުން.","latin":"thadhavun","english":""}
{ "dhivehi":"ތަދަމަޑަކަން","definition":"(ސ.) ތަދުމަޑުކަން.","latin":"thadhamadakan","english":""}
{ "dhivehi":"ތަދަޖެހުން","definition":"(ސ.) ތަދުއެރުން.","latin":"thadhajehun","english":""}
{ "dhivehi":"ތަދާޑާ","definition":"(ގ.) ތަދުދުވަސްވަރު.","latin":"thadhaadaa","english":""}
{ "dhivehi":"ތަދިހި","definition":"(ޏ.) ފަރުމަހެއް.","latin":"thadhihi","english":""}
{ "dhivehi":"ތަދިބޭހެ","definition":"(ޏ.) ތަދުވާތަންތާގެބޭސް.","latin":"thadhibeyhe","english":""}
{ "dhivehi":"ތަދު","definition":"ކާބޯތަކެއްޗަށްވާދަތި.ގައިގެ ތަންތާނގައި އަޅާވޭން.ޢާއްމުނޫން.ލިބުންދަތި.ފެންނަލެއްމަދު.","latin":"thadhu","english":""}
{ "dhivehi":"ތަދުހުރުން","definition":"ތަދުނުފިލައިހުރުން.","latin":"thadhuhurun","english":""}
{ "dhivehi":"ތަދުބަސް","definition":"މަދުންނޫނީ ބޭނުންނުކުރާބަސް.","latin":"thadhubas","english":""}
{ "dhivehi":"ތަދުބީރު","definition":"ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން.ޙިކުމަތް.","latin":"thadhubeeru","english":"strategy"}
{ "dhivehi":"ތަދުބީރުކުރުން","definition":"ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ގޮތްތައް ކަނޑައެޅުން.","latin":"thadhubeerukurun","english":""}
{ "dhivehi":"ތަދުބޭސް","definition":"ލިބުންދަތި ބޭސް.","latin":"thadhubeys","english":""}
{ "dhivehi":"ތަދުކަން","definition":"ތަދުމަޑުކަން.ޢާއްމުނޫންކަން.","latin":"thadhukan","english":""}
{ "dhivehi":"ތަދުކަންލިބުން","definition":"ކާބޯތަކެތީގެ ގޮތުން ދަތިވުން.","latin":"thadhukanlibun","english":""}
{ "dhivehi":"ތަދުކޮށްލުން","definition":"ގައިގެތަނަކަށް ތަދުވާގޮތް ހަދައިލުން.","latin":"thadhukohlun","english":""}
{ "dhivehi":"ތަދުއެރުން","definition":"ގައިގެ ތަނަކަށް ކުއްލިޔަކަށް ތަދުވާން ފެށުން.ރިހުން އުފެދުން.","latin":"thadhuerun","english":"sprain"}
{ "dhivehi":"ތަދުވާތަން","definition":"ހަށިގަނޑަށް އަނިޔާއެއް ލިބިގެންވޭން އަޅާތަން.","latin":"thadhuvaathan","english":""}
{ "dhivehi":"ތަދުވިތަން","definition":"ޖެހިތަދުވެފައިވާތަން.","latin":"thadhuvithan","english":""}
{ "dhivehi":"ތަދުވިތާކަފަގަނޑު","definition":"ހަށިގަނޑަށް އަނިޔާލިބޭ ތަންތާނގައި ހިއްޕާ ބޭސް ކަފަގަނޑެއް.","latin":"thadhuvithaakafagandu","english":""}
{ "dhivehi":"ތަދުވިތާތެޔޮ","definition":"ތަދުވާ ތަންތާނގައި އުނގުޅަން ހަދައިފައިހުންނަތެލެއް.","latin":"thadhuvithaatheyo","english":""}
{ "dhivehi":"ތަދުވުން","definition":"ކުއްލިއަކަށް ހަށިގަނޑުގެ ތަނަކުން ވޭނެއް އިޙްސާސްވުން.ހަށިގަނޑުގެ ތަނަކަށްވާ ގޮތަކުން ނުވަތަ އެއްޗަކުން ޖެހިގެން ނުވަތަ ބައްޔަކުން އިޙްސާސްވާ ޖިސްމާނީ އުނދަގުލެއްވުން.ކާބޯތަކެތިދަތިވުން.މަޖާޒު: ފެންނަލެއް މަދުވުން. މިސާލު: މިހާރު ހާދަތަދޭ ކީއްވެގެންތަ ނުފެންނަނީ.","latin":"thadhuvun","english":""}
{ "dhivehi":"ތަދުމަޑަ","definition":"(ސ.) ތަދުމަޑު.","latin":"thadhumada","english":""}
{ "dhivehi":"ތަދުމަޑު","definition":"ތަނަކަށް ނުވަތަ ރަށަކަށް ކާބޯތަކެތިވާމަދު.ކައިބޮއިއުޅުން ދަތިވާ ދަތިވުން.","latin":"thadhumadu","english":""}
{ "dhivehi":"ތަދުމަޑުކަން","definition":"ކާބޯތަކެތި ނެތުމުގެ ސަބަބުން ނުވަތަ މަދުވުމުގެ ސަބަބުން ލިބިފައިވާ ދަތިކަން.","latin":"thadhumadukan","english":""}
{ "dhivehi":"ތަދުމަޑުކަންފިލުން","definition":"ތިޔާގިކަންލިބުން.ތަނަކަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަންފިލުން.","latin":"thadhumadukanfilun","english":""}
{ "dhivehi":"ތަދުމަޑުޙާލު","definition":"ކާބޯތަކެތީގެ ގޮތުން ލިބިފައިވާ ދަތިކަން.ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުރިމަތިވާ ދަތިކަން.","latin":"thadhumaduhaalu","english":""}
{ "dhivehi":"ތަދުފިލުން","definition":"އެއްޗަކުން ޖެހިގެން ނުވަތަ ވެއްޓިގެން ނުވަތަ އެހެންގޮތަކުން ނަމަވެސް ހަށިގަނޑުގެ ތަނެއްގައި އަޅާވޭނެއް ކެނޑުން.","latin":"thadhufilun","english":""}
{ "dhivehi":"ތަދުދުވަސްވަރު","definition":"ކާބޯތަކެތި ލިބުން ދަތި ދުވަސްތައް.","latin":"thadhudhuvasvaru","english":""}
{ "dhivehi":"ތަދުގަނޑު","definition":"ތަދުދުވަސްވަރު.","latin":"thadhugandu","english":""}
{ "dhivehi":"ތަދެ","definition":"(ގ.) ތަދު.","latin":"thadhe","english":""}
{ "dhivehi":"ތަދެބޭހެ","definition":"(ގ.) ތަދުބޭސް.","latin":"thadhebeyhe","english":""}
{ "dhivehi":"ތަދެބޭސް","definition":"(ސ.) ތަދުބޭސް.","latin":"thadhebeys","english":""}
{ "dhivehi":"ތަދެކަން","definition":"(ގ.) ތަދުކަން.","latin":"thadhekan","english":""}
{ "dhivehi":"ތަދެވުން","definition":"(ގ.) ތަދުވުން.","latin":"thadhevun","english":""}
{ "dhivehi":"ތަދެމަޑެ","definition":"(ގ.) ތަދުމަޑު.","latin":"thadhemade","english":""}
{ "dhivehi":"ތަދޮ","definition":"(ޏ.) ތަދު.","latin":"thadho","english":""}
{ "dhivehi":"ތަދޮބީރި","definition":"(ޏ.) ތަދުބީރު.","latin":"thadhobeeri","english":""}
{ "dhivehi":"ތަދޮބީރިކެރުން","definition":"(ޏ.) ތަދުބީރުކުރުން.","latin":"thadhobeerikerun","english":""}
{ "dhivehi":"ތަދޮކަން","definition":"(ޏ.) ތަދުކަން.","latin":"thadhokan","english":""}
{ "dhivehi":"ތަދޮވުން","definition":"(ޏ.) ތަދުވުން.","latin":"thadhovun","english":""}
{ "dhivehi":"ތަދޮމަޑޮ","definition":"(ޏ.) ތަދުމަޑު.","latin":"thadhomado","english":""}
{ "dhivehi":"ތަދޮމަޑޮކަން","definition":"(ޏ.) ތަދުމަޑުކަން.","latin":"thadhomadokan","english":""}
{ "dhivehi":"ތަދޮގަނޑޮ","definition":"(ޏ.)ތަދުމަޑުކަން.ތަދުމަޑު ކަމުގެ ދުވަސްވަރު.","latin":"thadhogando","english":""}
{ "dhivehi":"ތަތަގޮންޑޯ","definition":"(ގ.) ތަތްކުރޮޅި.","latin":"thathagondoa","english":""}
{ "dhivehi":"ތަތާރުން","definition":"މޮންގޯލިޔާގެ މީހުން.","latin":"thathaarun","english":""}
{ "dhivehi":"ތަތުން","definition":"ރޯނާއި ނަނުފަދަ އެއްޗެހީގެ މެދުތެރޭގައި ބައްދާމަޅިއެއް.ކުނަލާއި ފޭލިފަދަ ތަކެތި ވިޔާއިރު ވިޔެވެމުންދާބައި އޮޅަން ލަކުޑިން ހަދައިފައި އޮންނައެއްޗެއް.","latin":"thathun","english":""}
{ "dhivehi":"ތަތުންބެއްދުން","definition":"ރޯނާއި ނަނުފަދަ އެއްޗެހީގެ މެދުތެރެއިން އެއްޗެހީގައި ބައްދާމަޅިއެއް ބެއްދުން.","latin":"thathunbedhun","english":""}
{ "dhivehi":"ތަތުންމަޅި","definition":"ދެފަށަށް ބޮޅުއެއްލައި ޖަހާމަޅިއެއް.","latin":"thathunmalhi","english":""}
{ "dhivehi":"ތަތުންފިޅި","definition":"(ޏ.) ތަތުންފުޅި.","latin":"thathunfilhi","english":""}
{ "dhivehi":"ތަތުންފުޅި","definition":"ކަޅުރަތްކުލައިގައި ހުންނަ ބިއްލޫރި ފުޅިއެއް މިފުޅިހުންނާނީ ފުލަށް ކުޑަކޮށް ހިމަކޮށް ހަތަރުއަރިއަށެވެ. މިފުޅީގެ އެއްޗެހިއަޅާބަޔަށްވުރެކަރު، މާދިގުވާނެއެވެ.","latin":"thathunfulhi","english":""}
{ "dhivehi":"ތަތުންދަނޑި","definition":"(ސ.) ފޭރާންކުރާ ހަރުގެ ފޭލިއޮޅާދަނޑި.","latin":"thathundhandi","english":""}
{ "dhivehi":"ތަތުންދަނޑިވުން","definition":"(ޏ.) ހިނގާއިރު އަނދެގެން ހުންނައެތިގަނޑަކުން ދަތިޖެހުން.","latin":"thathundhandivun","english":""}
{ "dhivehi":"ތަތުންދަނޑިޖެހުން","definition":"(ޏ.) ހިނގާއިރު އަނދެގެން ހުންނައެތިގަނޑުން ދަތިޖެހުން.","latin":"thathundhandijehun","english":""}
{ "dhivehi":"ތަތެ","definition":"(ގ.) ތަތް.","latin":"thathe","english":""}
{ "dhivehi":"ތަތެނާ","definition":"(ގ.) ތަތުން.","latin":"thathenaa","english":""}
{ "dhivehi":"ތަތެންމަޅި","definition":"(ގ.) ތަތުންމަޅި.","latin":"thathenmalhi","english":""}
{ "dhivehi":"ތަތެކަން","definition":"(ގ.) ތަތްކަން.","latin":"thathekan","english":""}
{ "dhivehi":"ތަތެވުން","definition":"(ގ.) ތަތްވުން.","latin":"thathevun","english":""}
{ "dhivehi":"ތަތެގޮއްޑުއާ","definition":"(ގ.) ތަތްކުރޮޅި.","latin":"thathegoduaa","english":""}
{ "dhivehi":"ތަތް","definition":"އޮލަވެގެން ގޮސްވާހަރު.","latin":"thaiy","english":""}
{ "dhivehi":"ތަތްހަކުރު","definition":"ދިވެހި ހަކުރުގެ ވާދެމޭ ތަތްކަން ގަދަހަކުރެއް.","latin":"thaiyhakuru","english":""}
{ "dhivehi":"ތަތްބޮނޑިބަތް","definition":"ޅަހަނޑުލުގައި ގިނައިން ހަކުރު އަޅައިގެން ކައްކާ ބޮނޑިބަތެއް.","latin":"thaiybondibaiy","english":""}
{ "dhivehi":"ތަތްކަން","definition":"އޮލަވެގެންގޮސްވާހަރުކަން.މަޖާޒު: ލަސްކަން.","latin":"thaiykan","english":""}
{ "dhivehi":"ތަތްކުރާ","definition":"މަޖާޒު: ދެމީހަކު ޖިންސީގޮތުން ގުޅުވައިދޭމީހާ.","latin":"thaiykuraa","english":""}
{ "dhivehi":"ތަތްކުރުން","definition":"އޮލަވުމަށްފަހު އިތުރަށް އޮލަކޮށް ހަރުކުރުން.ތެރަސްލައިފައި ހިއްޕުން.މަޖާޒު: ދެމީހަކު ޖިންސީގޮތުން ގުޅުވުން.","latin":"thaiykurun","english":"stick"}
{ "dhivehi":"ތަތްކުރޮޅި","definition":"ކުރޮޅީގެ ތެރޭގައި ހުންނަ ތަތްކަންގަދަ ކުރޮޅި.ވަކަ ކުރޮޅި. މިކުރޮޅިއަކީ ވަރަށް ތެޔޮގިނަ ކުރޮޅިއެކެވެ.","latin":"thaiykurolhi","english":""}
{ "dhivehi":"ތަތްކެރުން","definition":"(ޏ.) ތަތްކުރުން.","latin":"thaiykerun","english":""}
{ "dhivehi":"ތަތްވުން","definition":"ބައެއްކަހަލައެއްޗެހި އޮލަވެގެންގޮސް ވަކިވަރަކަށް ހަރުވުން.ހިއްޕާއެއްޗެއް ތަތްލުން.ދެއެއްޗެއް ހިއްޕޭގޮތްވުން.މަޖާޒު: ދެމީހަކު ހިތާވެގެން އަބަދު އެކުގައިއުޅުން.","latin":"thaiyvun","english":""}
{ "dhivehi":"ތަތްމަރުތާޅަފިއްޔާދިއުން","definition":"މަޖާޒު: މާލަހުން ކަންތައް ކުރާމީހުންނާ ދިމާއަށްބުނެއުޅޭބަހެއް.","latin":"thaiymaruthaalhafiyaadhiun","english":""}
{ "dhivehi":"ތަތްމަރުތާޅަފިލި","definition":"މަޖާޒު: މާތަތްކޮށް ކަންތައްކުރާމީހާ.","latin":"thaiymaruthaalhafili","english":""}
{ "dhivehi":"ތަތްމަކުނެ","definition":"(ގ.) ތަންމަކުނު.","latin":"thaiymakune","english":""}
{ "dhivehi":"ތަތްމުޑު","definition":"ތަންމުޑު.","latin":"thaiymudu","english":""}
{ "dhivehi":"ތަތްމުޑުވަސް","definition":"ތަންމުޑުވަސް.","latin":"thaiymuduvas","english":""}
{ "dhivehi":"ތަތްމުޑުދާރު","definition":"އިންތިހާދަރަޖައަށް ނުތާހިރު.","latin":"thaiymududhaaru","english":""}
{ "dhivehi":"ތަތްތަރަފާލު","definition":"ތަނެއް ނުވަތަ އެއްޗެއް މާބޮޑަށް ހަޑިވެ މުޑުދާރުވެފައި އޮންނައޮތުން.","latin":"thaiytharafaalu","english":""}
{ "dhivehi":"ތަތްތެޅުން","definition":"އިންތިހާއަށް ކިލާވެ ހަޑިވުން.މަޖާޒު: މީހަކާ ހިތާވެގެން އެކަން އިންތިހާއަށް ދިއުން.","latin":"thaiythelhun","english":""}
{ "dhivehi":"ތަތްލުން","definition":"ހިފާގޮތްވުން.އެއްޗެއްގައި ހުންނަ ތެތްކަމެއް ނުވަތަ ތަތް ކަމެއްގެ ސަބަބުން އަނެކައްޗެއްގައި ޖެހުމުން ހަރުލާގޮތްވުން.","latin":"thaiylaa","english":"sticky"}
{ "dhivehi":"ތަތްގަނޑަ","definition":"(ސ.) ތަތްގަނޑު.","latin":"thaiyganda","english":""}
{ "dhivehi":"ތަތްގަނޑު","definition":"މާބޮޑަށް ހަޑިމުޑުދާރުވުމުން ބުނެއުޅޭގޮތެއް.ފާރުގަނޑެއްގައި ނުވަތަ ރޮއިހެދިފައިވާ ތަނެއްގެ މަތީގައިލާ ކުރަމަގާލިގަނޑު.(ހ.) އަވަހަށް ފެންނާންނަގޮތަށް އުދަރެހުގައި ހުންނަ ބޯވިލާ.","latin":"thaiygandu","english":""}
{ "dhivehi":"ތަތްގަނޑޮ","definition":"(ޏ.) ތަތްގަނޑު.","latin":"thaiygando","english":""}
{ "dhivehi":"ތަތްގޮގޮޑި","definition":"(ޏ.ސ.) ތަތްކުރޮޅި.","latin":"thaiygogodi","english":""}
{ "dhivehi":"ތަލަ","definition":"ބޮލުގެ ނާށިގަނޑުގެ މަތީފަރާތް.މަޖާޒު: ބޮލުގެމެދުން އިސްތަށިވެރިފައިވާ ހިސާބު.","latin":"thala","english":""}
{ "dhivehi":"ތަލަބަނުން","definition":"ތިލަގަނޑުޖެހުން.","latin":"thalabanun","english":""}
{ "dhivehi":"ތަލަބިގަރު","definition":"މަޖާޒު: ތަލައިން އިސްތަށި ފައިބައިފައި ތިބޭ މީހުން.","latin":"thalabigaru","english":""}
{ "dhivehi":"ތަލަބޮލާ","definition":"(ގ.) ތަލަބޯ.","latin":"thalabolaa","english":""}
{ "dhivehi":"ތަލަބޯ","definition":"އިސްތަށި ވެރިފައި ހުންނަބޯ.","latin":"thalaboa","english":""}
{ "dhivehi":"ތަލަކަން","definition":"ބޮލުން އިސްތަށިފައިބައި ބޯ ތަލަވެފައިވާކަން.","latin":"thalakan","english":""}
{ "dhivehi":"ތަލަކަޅުބިބީ","definition":"ފަރުފަރާއި ފަޅުފަޅުގައި ގިނައިންއުޅޭމަހެއް. މިއީ އެހެނިހެން ބިބީތަކަށްވުރެ ބޮޑުވާ މަހެކެވެ. މިމަހުގެ އަރިމަތީގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ތަލައިގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ހުންނާނެއެވެ.","latin":"thalakalhubibee","english":""}
{ "dhivehi":"ތަލަކުންފެންޖެހުން","definition":"މައްޔިތާވަޅުލައިފައި އަތްދާނިން މަހާނަމައްޗަށް ފެންވިއްސުން.","latin":"thalakunfenjehun","english":""}
{ "dhivehi":"ތަލައިގަނޑޮ","definition":"(ޏ.) ތިލަގަނޑު.","latin":"thalaigando","english":""}
{ "dhivehi":"ތަލަވައްކައޮޓި","definition":"(ގ.) ތާވައްކާށި.","latin":"thalavahkaoti","english":""}
{ "dhivehi":"ތަލަވައްކާށި","definition":"(ގ.) ތާވައްކާށި.","latin":"thalavahkaashi","english":""}
{ "dhivehi":"ތަލަވުން","definition":"ބޮލުން އިސްތަށިވެރިބޯ ބާލައިފައި ހުންނަގޮތަށް ހަންގަނޑު ހާމަވެފައިހުރުން.","latin":"thalavun","english":""}
{ "dhivehi":"ތަލަފަންކޮޅު","definition":"ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު ވާރޭވެހޭނަމަ އިސްތަށިފުޅުގެ މައްޗަށްނަގާ ކުޑަ ސަތަރިއެއްފާޑުގެ އެއްޗެއް. މިހަދައިފައި ހުންނަނީ ތާރުކު ފަނުންނެވެ.","latin":"thalafankolhu","english":""}
{ "dhivehi":"ތަލަފަތާނޑާ","definition":"(ގ.) ތާފަތްގަނޑު.","latin":"thalafathaandaa","english":""}
{ "dhivehi":"ތަލަފުއްތުނޑު","definition":"މައްޔަލުގައި ޖެއްސުމަށްޓަކައި މަޑުލުގެ ކޮޅުން ކަނޑައިލާތަން.","latin":"thalafuthundu","english":""}
{ "dhivehi":"ތަލަގޮއި","definition":"ކިނބޫފާޑަށް ހުންނަ ދިރޭއެއްޗެއް. މިއުޅޭނީ އެއްގަމުގައެވެ.","latin":"thalagoi","english":""}
{ "dhivehi":"ތަލާ","definition":"(ގ.)ތިލަކޮށް ނާށިން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިފައި ހުންނަނާށިގަނޑު.ތިލަކޮށް ނާށިން ހަދައިފައި ހުންނަ އުނދުޅި.","latin":"thalaa","english":""}
{ "dhivehi":"ތަލާޖެހުން","definition":"(ގ.) ދިޔަވަރު ހިކިގެން އެއްފަރާތަށް ވެއްޓިފައިހުންނަ ދޯނިފަހަރަށް ދިޔަވަރު ފޫދެމުންދާއިރު މަތިކަންމަތިން އެތެރެއަށް ލޮނުއެރުން.","latin":"thalaajehun","english":""}
{ "dhivehi":"ތަލި","definition":"އަނގައިގެ އެތެރޭގެ މަތީފަރާތާއި ދަށްފަރާތް.މަޑޫތަކުގެކޮޅު ޖައްސަން އޮޑިދޯނިފަހަރުގެ މައްޔަލުން ފަށްނަގައިފައި ހުންނަބައި.އަންހެނާގެ ރަޙިމް.ލަވަހޮޅި ޖަހާއެއްޗެހީގެ ހޮޅިގަނޑުގައި ޖެހެންހުންނަ ކަށިހުންނަބައި.","latin":"thali","english":""}
{ "dhivehi":"ތަލިހިކުން","definition":"ތަލިހިއްކުން.","latin":"thalihikun","english":""}
{ "dhivehi":"ތަލިހިއްކުން","definition":"އަނގަހިއްކުން.މަޖާޒު: ފެންބޮވުން.","latin":"thalihikun","english":""}
{ "dhivehi":"ތަލިނެގުން","definition":"އޮޑިދޯނިފަހަރު ބަނުމުގައި މަޑުލުގެ ކޮޅު. މައްޔަލާ ގުޅުވުމަށް މައްޔަލުން ނަގާ ފަށްނެގުން.","latin":"thalinegun","english":""}
{ "dhivehi":"ތަލިންކުޅުހިކުން","definition":"މަޖާޒު:ކަންބޮޑުވެގެންގޮސް ގޮތްހުސްވުން.ޙައިރާންވެ އަންތަރީސްވުން.","latin":"thalinkulhuhikun","english":""}
{ "dhivehi":"ތަލިރަން","definition":"(ސ.) ތަލިރަންގަނޑު.","latin":"thaliran","english":""}
{ "dhivehi":"ތަލިރަންގަނޑު","definition":"ގަނޑުރަން.މޮޅުރަން.","latin":"thalirangandu","english":""}
{ "dhivehi":"ތަލިއަޅި","definition":"(ގ.) ގަނޑުއަޅި.","latin":"thalialhi","english":""}
{ "dhivehi":"ތަލިއާ","definition":"(ގ.) ތަލި.","latin":"thaliaa","english":""}
{ "dhivehi":"ތަލިމޭޑުން","definition":"މަޖާޒު: (ޏ.) ދަތް ނުހުންނަ މީހުން އެއްޗެހި ކާއިރު ކާއެއްޗެހި ހިމުން ކުރުމަށް ދެތަލި ދޭތެރެއަށް ލައިގެން ފިއްތުން.","latin":"thalimeydun","english":""}
{ "dhivehi":"ތަލިފުށްތުނޑު","definition":"ވަވަތުގެ އެއްކޮޅާ ގުޅިގެން ފަށަނާ މައްޔަލާ (މަހަރު) ގުޅޭތާ ޖަހާ ތަލިނެގި ފުރަތަމަ ތުނޑު.","latin":"thalifuhthundu","english":""}
{ "dhivehi":"ތަލިތެޅުން","definition":"ކެއުމުގެތެރޭގައި ދުލުން ޙަރަކާތްކުރާއަޑު އިއްވުން.","latin":"thalithelhun","english":""}
{ "dhivehi":"ތަލިގަނޑަ","definition":"(ސ.) ލަވަފޮށީގެތަލި.","latin":"thaliganda","english":""}
{ "dhivehi":"ތަލިގަނޑޮ","definition":"(ޏ.) ކެއްޓު.","latin":"thaligando","english":""}
{ "dhivehi":"ތަލިގޯޅި","definition":"(ސ.) ހިމަދިގުކޮށް ކޮށައި ތެލުލައިފައި ހުންނަ ބަނބުކެޔޮ.","latin":"thaligoalhi","english":""}
{ "dhivehi":"ތަލިޔާމާރު","definition":"ފުރާދުއްވާ އެއްޗެހީގެ މައްޔަލާއި މަޑޫތަކާ ދުރުވެދާނެތީ އެތެރޭގައި ފުރައިފައި ހުންނަ ކުސަގަނޑު.މައްޔަލާ އެއްކިއްސަރަށް އެތެރޭގައި އަޅައިފައި އޮންނައެތިގަނޑު. މިއޮންނާނީ އޮޑިޔާއެއްކޮށް ކަބީލާޖަހައި ހަރުކޮށްފައެވެ.","latin":"thaliyaamaaru","english":""}
{ "dhivehi":"ތަލިޔާމާރޮގަނޑޮ","definition":"(ޏ.) ތަލިޔާމާރު.","latin":"thaliyaamaarogando","english":""}
{ "dhivehi":"ތަލީވައި","definition":"ރަހިމްފައިބާ ނުވަތަ ރަހިމްތިރިއަށްޖެހޭ ބައްޔެއް.","latin":"thaleevai","english":""}
{ "dhivehi":"ތަލީގައިޖެހޭވަރުވެސްނުވި","definition":"މަޖާޒު: ކާންލިބުނު އެތިކޮޅުކުޑަކަމުން ބުނެއުޅޭބަހެއް. މިބަސް ކުޑަދުލާ ހަމަޔަށްވެސް ނުފޯރި ނުވަތަ ތަލީގައި ހޭކިލާވަރުވެސްނުވި. މިގޮތްގޮތަށްވެސް ބޭނުންކޮށްއުޅެއެވެ.","latin":"thaleegaijeheyvaruvesnuvi","english":""}
{ "dhivehi":"ތަލު","definition":"(ގ.) ދޯނީގެތާ.","latin":"thalu","english":""}
{ "dhivehi":"ތަލުބަތަލާ","definition":"ދޯނިފަހަރުގެ ކުނބުގައި ފައިވިއްދުމަށް ކުނބުވައްގަނޑުގެ މަތީގައި އަޅައިފައި އޮންނަފިލާގަނޑު.","latin":"thalubathalaa","english":""}
{ "dhivehi":"ތަލުކޮޅުވަތް","definition":"ކުޑަބުންދުވަތް.މާވަތު ދިރުބަވަތް.ކޮށިގަނޑުވަތް.","latin":"thalukolhuvaiy","english":""}
{ "dhivehi":"ތަލުތެރެ","definition":"މަސްދޯނިފަހަރުގެ ކޮޅުވަތާއި ހޭވަތާ ދެމެދުން ދެފަރާތުން އަޅައިފައި އޮންނަ ދެބެރިދޭތެރެ.","latin":"thaluthere","english":""}
{ "dhivehi":"ތަލެބޮލާ","definition":"(ގ.)ތަލަބޯ.އިސްތަށި ފައިބައިފައިވާބޯ.","latin":"thalebolaa","english":""}
{ "dhivehi":"ތަލްއީހި","definition":"(ޏ.) ފަރުމަތީގައިއުޅޭ ކުޑަކުޑަ ދިރޭއެއްޗެއް. މިއެންމެވައްތަރުވާނީ އިއްސާއެވެ.","latin":"thaleehi","english":""}
{ "dhivehi":"ތަލްފަތް","definition":"(ޏ.) ތާފަތް.","latin":"thalfaiy","english":""}
{ "dhivehi":"ތަލްގީން","definition":"ޝާފިޢީ މަޒުހަބުގައި މުސްލިމުން މަރުވެގެން ވަޅުލާއިރު ކަށްވަޅަށް ފަސްލައި އެއްވަރުކޮށްލުމަށްފަހު ކިޔާޚާއްޞަ ޢިބާރާތްކޮޅެއްގެނަން.","latin":"thalgeen","english":""}
{ "dhivehi":"ތަގަރި","definition":"ހުނިގާނާއިރު ހުނިއެޅުމަށާއި ކިރުފެލުމަށްޓަކައި ލަކުޑިން ހަދައި އެތެރެކޮނެފައި ހުންނައެއްޗެއް.ފެނަށް އެރުމަށްޓަކައި ލަކުޑި ގުޅިއަކުން އެތެރެ ކޮނެގެން ހަދައިފައި ހުންނައެއްޗެއް.","latin":"thagari","english":""}
{ "dhivehi":"ތަގަރިތެޅުން","definition":"މަޖާޒު: އަންހެނުން އަންހެނުންނާއެޅުން.","latin":"thagarithelhun","english":""}
{ "dhivehi":"ތަގައްލާ","definition":"ފަލައުއިން ވިޔެފައިވާ މަޚްމާފާޑު ފޮއްޗެއް.","latin":"thagahlaa","english":""}
{ "dhivehi":"ތަގުބޯޓު","definition":"(ސ.) ޓަގުބޯޓު.","latin":"thaguboatu","english":""}
{ "dhivehi":"ތަގުޅި","definition":"ދެއެއްޗެއް ޖެހިގެންވާބާރު.","latin":"thagulhi","english":""}
{ "dhivehi":"ތަގުޅިކުރުން","definition":"ދެލޯމަރައިގެން ހުޅުވުނު ނުދީއޮތުން.އެއްފައިމައްޗަށް އަނެއްފައިލައި ފިއްތައިގެން ދެފައި ދުރުވިޔަނުދީ އޮތުން.ތަގުޅިލުން.ދެއެއްޗެއް ޖައްސައި ބާރުކުރުން.","latin":"thagulhikurun","english":""}
{ "dhivehi":"ތަގުޅިލުން","definition":"އެއްކާށީގެ ދެނާށި ޖައްސައިބަނުން.","latin":"thagulhilun","english":""}
{ "dhivehi":"ތަގުޅިޖެހުން","definition":"ތޮއްޖެހުން.މަޖާޒު: ކަމެއްހުއްޓުވުމަށް އެކަމަކަށް ހުރަސްއެޅުން.","latin":"thagulhijehun","english":""}
{ "dhivehi":"ތަގުޑި","definition":"އިހުގައި ރަދުން ރަސްމީގޮތުން ތަނަކަށް ވަޑައިގެންފައި އެނބުރި ގަނޑުވަރަށް ވަޑައިގެން ހަތް ބަހައްޓާ ދޮރޯށި ތެރޭގައި އިރުމައްޗަށް އެނބުރިވަޑައިގެން ހުއްޓި ވަޑައިގަތީމާ ބެރުވެރިން ޖަހާބެރެއް. މިއީ އެރަސްމިއްޔާތު ނިމުނީކަން އެންގުމަށް ޖަހާބެރެކެވެ.","latin":"thagudi","english":""}
{ "dhivehi":"ތަގުޑިޖެހުން","definition":"އިހުގައި ރަދުން ރަސްމީގޮތުން ތަނަކަށް ވަޑައިގެންފައި އެނބުރި ގަނޑުވަރަށް ވަޑައިގެން ހަތް ބަހައްޓާ ދޮރޯށި ތެރޭގައި އިރުމައްޗަށް އެނބުރިވަޑައިގެން ހުއްޓި ވަޑައިގަތީމާ ބެރުދުންމާރި ތާޅަފިލިވެރިން ފާރަވެރީންގެ ދޮރޯށީގެ ބޭރުގައި ތިބެގެން ޖަހާ ބެރުޖެހުން.","latin":"thagudijehun","english":""}
{ "dhivehi":"ތަގެރިން","definition":"(ފ.) ކަލޭމެން.","latin":"thagerin","english":""}
{ "dhivehi":"ތަސައްރަފުފުދުން","definition":"ޢުމުރުން ފަނަރަ އަހަރުފުރުންބާލިޣުވުން.މަޖާޒު: ކަމަކަށް އަރާއަރަފޯދުން.","latin":"thasahrafufudhun","english":""}
{ "dhivehi":"ތަސައްވުރުކުރުން","definition":"ޚިޔާލަށްގެނައުން.","latin":"thasahvurukurun","english":""}
{ "dhivehi":"ތަސައްވުރުވުން","definition":"ހިތަށް ސިފަވުން.ޚިޔާލަށް އައުން.","latin":"thasahvuruvun","english":""}
{ "dhivehi":"ތަސްނީފުކުރުން","definition":"ފޮތް އެކުލަވައި ލިޔުން.","latin":"thasneefukurun","english":""}
{ "dhivehi":"ތަސްބީހަ","definition":"ތަސްބީހަފަތި.ސުބުޙާނައްﷲ މިކަލިމަ ކިޔާކިޔުން.","latin":"thasbeeha","english":""}
{ "dhivehi":"ތަސްބީހަނަމާދު","definition":"ވަގުތު ކަނޑައެޅިގެންނުވާ، ސުންނަތް ނަމާދެއް. މިއީ، ކޮންމެ ރަކުޢަތެއްގައި ހަތްދިހަފަސްފަހަރު ބޮޑުތަސްބީޙަ ކިޔަމުން ކުރާ ހަތަރު ރަކުޢަތް ނަމާދެކެވެ.","latin":"thasbeehanamaadhu","english":""}
{ "dhivehi":"ތަސްބީހަރުއް","definition":"ފަންކާރުއް.","latin":"thasbeeharu","english":""}
{ "dhivehi":"ތަސްބީހަކިޔުން","definition":"ސުބުޙާނައްﷲ މިކަލިމަ ކިޔުން.","latin":"thasbeehakiyun","english":""}
{ "dhivehi":"ތަސްބީހައޮށް","definition":"ތަސްބީހަގަހުގައި ނުވަތަ ފަންކާ ރުކުގައި އަޅާއޮށް.ތަސްބީހަފަތީގެއޮށް.","latin":"thasbeehaoh","english":""}
{ "dhivehi":"ތަސްބީހަފަތި","definition":"ހެޔޮއެއްޗެހި ވަކިޢަދަދަކަށް ކިޔަވާއިރު ކިޔެވޭ ޢަދަދު ގުނުމަށް ހަދައިފައި އޮންނަ އޮށްފައްޗެއް.","latin":"thasbeehafathi","english":""}
{ "dhivehi":"ތަސްބީހަގަސް","definition":"ކެނާގަހާ ގާތް ވައްތަރެއްގެ ގަހެއް މިގަހުގައި ތަސްބީހަ އޮށްވައްތަރުގެ ވަކިތަކެއް ކުދިކުދިއިހާ ތަކެއްގައި ނުކުމެއެވެ.","latin":"thasbeehagas","english":"indian shot plant"}
{ "dhivehi":"ތަސްވީރު","definition":"ފޮޓޯ.ރޫ.ސޫރަ.","latin":"thasveeru","english":"picture"}
{ "dhivehi":"ތަސްމަސް","definition":"(ބދ.) ދުރު.","latin":"thasmas","english":""}
{ "dhivehi":"ތަސްދީދު","definition":"އަރަބި ބަހުގެ އެއްވައްތަރެއް ދެއަކުރެއް އެއްކޮށް ކިޔަންވާތަންތާގައި ޖަހާނިޝާން.ޢަރަބި ބަހުގެ އަކުރު ގަދަކުރުމުގެ ޢަލާމަތް.","latin":"thasdheedhu","english":""}
{ "dhivehi":"ތަސްލާތު","definition":"(ސ.) ތުތިމަސްވާގޮތަށް ވަކަރުގައި ނުވަތަ ލަކުޑީގައި ޅިޔަނަގައިކުރަހާ ކުރެހުން.","latin":"thaslaathu","english":""}
{ "dhivehi":"ތަޓެއާ","definition":"(ގ.) ހަރުވެފައި އޮންނަ ބިންގަނޑު.","latin":"thateaa","english":""}
{ "dhivehi":"ތަޔައްމަމު","definition":"ޚާއްޞަވެގެންވާ ގުނަން ތަކެއްގައި ނިޔަތަކާއެކު ވަކިގޮތަކަށް ސާފު ތާހިރު ހިރަފުހުން ފުހޭ ފުހުމެއް.","latin":"thayahmamu","english":""}
{ "dhivehi":"ތަޔައްމަމުކުރުން","definition":"ޚާއްޞަވެގެންވާ ގުނަވަން ތަކެއްގައި ނިޔަތަކާއެކު ވަކިގޮތަކަށް ސާފު ތާހިރު ހިރަފުސް ފުހުން.","latin":"thayahmamukurun","english":""}
{ "dhivehi":"ތަޖުރިބާ","definition":"ކަމެއްގެ ތެރެއިން މީހަކަށް ދަސްވާ ދަސްވުން ނުވަތަ އެނގިފައިވާ އެނގުން.ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެގެން ދަސްވާދަސްވުން.ކަމެއް ބަލައިގެން ނުވަތަ ކޮށްގެން ލިބޭ މަޢުލޫމާތާ ހުނަރުވެރިކަން.މީހެއްގެ ދިރިއުޅުމުގެ ތެރެއިން އެމީހަކަށް އެނގޭ ކަންތައްތައް.ކަމެއްގެ އިޙްސާސާއި އަސަރުތައް ތިމާއަމިއްލައަށް ލިބިގަނެވޭ ލިބިގަތުން.","latin":"thajuribaa","english":"experience"}
{ "dhivehi":"ތަޖުރިބާހުރުން","definition":"ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެގެން އެކަމެއްގެ ގޮތްފޮތް ދަސްވެފައި ހުރުން.ކަމެއް ބަލައިގެން ނުވަތަ ކޮށްގެން އެކަމެއްގެ މަޢުލޫމާތު ލިބިފައިހުރުން.ދިރިއުޅުމުގެ ތެރެއިން މީހަކަށް ދަސްވާ ކަންތައްތައް ދަސްވެފައިހުރުން.ކަމެއްގެ އިޙްސާސާއި އަސަރު ތިމާއަށް ލިބިފައިހުރުން.","latin":"thajuribaahurun","english":""}
{ "dhivehi":"ތަޖުރިބާކާރު","definition":"ތަޖުރިބާ ލިބިފައިވާ.","latin":"thajuribaakaaru","english":""}
{ "dhivehi":"ތަޖުރިބާކުރުން","definition":"ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެގެން އެކަމެއްގެ ގޮތްފޮތް ދަސްކުރުން.ކަމެއްބަލައިގެން ނުވަތަކޮށްގެން އެކަމެއްގެ މަޢުލޫމާތު ހޯދުން.ދިރިއުޅުން އަމަލީގޮތުން ދަސްކުރުން.ކަމެއްގެ އިޙްސާސާއި އަސަރު ލިބިގަތުން.މަޖާޒު: މީހެއްގެ ގޮތްފޮތް އެނގުން.","latin":"thajuribaakurun","english":""}
{ "dhivehi":"ތަޖުރިބާވުން","definition":"ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެގެން އެކަމެއްގެ ގޮތްފޮތް ދަސްވުން.ކަމެއްބަލައިގެން ނުވަތަ ކޮށްގެން އެކަމެއްގެ މަޢުލޫމާތު ލިބުން.ދިރިއުޅުމުގެ ތެރެއިން މީހަކަށް ދަސްވާ ކަންތައްތައް ދަސްވުން.ކަމެއްގެ އިޙްސާސާއި އަސަރުތައް ތިމާއަމިއްލައަށް ލިބުން.މަޖާޒު: މީހެއްގެ ގޮތްފޮތްއެނގުން.","latin":"thajuribaavun","english":""}
{ "dhivehi":"ތަޖުރިބާވެރިމަސައްކަތްތެރިން","definition":"އެބަޔަކު ކުރާ މަސައްކަތެއްގެ ހުނަރުވެރިކަމާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިން.","latin":"thajuribaaverimasahkaiytherin","english":""}
{ "dhivehi":"ތަޖުރިބާލިބުން","definition":"ތަޖުރިބާވުން.","latin":"thajuribaalibun","english":""}
{ "dhivehi":"ތަޖްވީދުމަގު","definition":"ޤުރުއާން ކިޔަވަންވާ ޤަވާއިދު.ޤުރުއާން ކިޔަވަންވާގޮތް.","latin":"thajveedhumagu","english":""}
{ "dhivehi":"ތަޖްވީދުޢިލްމު","definition":"ޤުރުއާން ކިޔަވަންވީ ގޮތުގެ ޢިލްމު.","latin":"thajveedhuailmu","english":""}
{ "dhivehi":"ތަޙައްމުލުކުރުން","definition":"ކަމެއްގެބުރަ އުފުލުން.","latin":"thahahmulukurun","english":""}
{ "dhivehi":"ތަޙައްލުލުވުން","definition":"އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައް ޙަލާލުވާ ގޮތްވުން.","latin":"thahahluluvun","english":""}
{ "dhivehi":"ތަޙުލީލު","definition":"ލާއިލާހައިއްލައްﷲ މިކަލިމަ ހަތްދިހަހާސް ފަހަރު ކިޔާ ކިޔުން.","latin":"thahuleelu","english":"analysis"}
{ "dhivehi":"ތަޙުލީލު","definition":"އެއްޗެއްގައި އެކުލެވިފައިވާ ބައިތައް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތް.","latin":"thahuleelu","english":"analysis"}
{ "dhivehi":"ތަޙުލީލުކިއުން","definition":"ވަކިހަމަތަކެއްގެ މަތިން ހަތްދިހަހާސްފަހަރު ލާއިލާހައިއްލައްﷲ ކިޔުން.","latin":"thahuleelukiun","english":""}
{ "dhivehi":"ތަޙުލީލުކުރުން","definition":"އެއްޗެއްގައި އެކުލެވިފައިވާ ބައިތައް ހޯދުމަށްޓަކައި މަސައްކަތްކުރުން.","latin":"thahuleelukurun","english":""}
{ "dhivehi":"ތަޙުޤީޤު","definition":"ކަމެއްގެ ޙަޤީޤަތް ހޯދައި ބަލާބެލުން.","latin":"thahugeegu","english":""}
{ "dhivehi":"ތަޙުޤީޤުކުރުން","definition":"ކަމެއްގެ ޙަޤީޤަތް ހޯދައިބެލުން.","latin":"thahugeegukurun","english":""}
{ "dhivehi":"ތަޙުޤީޤުކެޑުން","definition":"(ސ.) ތަޙުޤީޤުކުރުން.","latin":"thahugeegukedun","english":""}
{ "dhivehi":"ތަޚުތަރުވާން","definition":"ޚިޔާލީ ވާހަކަތަކުގައި ޕަރީން ދަތުރުކުރާ ކަމަށްބުނާ ދާނެއް.","latin":"thakhutharuvaan","english":""}
{ "dhivehi":"ތަޚުތު","definition":"ރަސްކަމުގެ ދާން.","latin":"throne","english":"throne"}
{ "dhivehi":"ތަޚުޞީސްކުރުން","definition":"ޚާއްޞަކުރުން.ލިޔުމެއްފަދަ އެއްޗެއް ވަކިފަރާތަކަށް ޚާއްޞަކުރުން.","latin":"thakhuseeskurun","english":""}
{ "dhivehi":"ތަޣައްޔަރުކުރުން","definition":"ފެންފަދަ އެއްޗެއް އެހެން އެއްޗަކާ އެއްކުރުން.އަސްލުގޮތް ކަނޑުވައިލުން.އެއްޗިހިތަކެއް އެއްކޮށްގަޑުބަޑު ކުރުން.","latin":"thaaahyarukurun","english":""}
{ "dhivehi":"ތަޣައްޔަރުވުން","definition":"ފެންފަދަ އެއްޗެއް އެހެން އެއްޗަކާ އެކުވުން.އަސްލުގޮތް ކެނޑުން.އެއްޗިހިތަކެއް އެކުވެގެން ގަޑުބަޑުވުން.ނުބައިވުން.","latin":"thaaahyaruvun","english":""}
{ "dhivehi":"ތަޢައްޞުބު","definition":"ޒާތީގޮތް.މީހެއްގައި ހުންނަ ގޮތްދޫނުކުރާގޮތް.","latin":"thaaahsubu","english":""}
{ "dhivehi":"ތަޢާރަފުކޮށްދިނުން","definition":"އޮޅުންފިލުވައިދިނުން.","latin":"thaaaarafukohdhinun","english":""}
{ "dhivehi":"ތަޢާރުފު","definition":"އޮޅުންފިލުފައިދޭ ދިނުން.","latin":"thaaaarufu","english":""}
{ "dhivehi":"ތަޢާރުފުކުރުން","definition":"ބަޔަކަށް ނުވަތަ މީހަކަށް، އެއްޗެއް، ނުވަތަ މީހަކު ނުވަތަ ކަމެއް އަންގައި އޮޅުންފިލުވައިދިނުން.","latin":"thaaaarufukurun","english":""}
{ "dhivehi":"ތަޢާރުފުކެރުން","definition":"(ޏ.) ތަޢާރުފުކުރުން.","latin":"thaaaarufukerun","english":""}
{ "dhivehi":"ތަޢާރުފުވުން","definition":"ތިމާއަކީ ކާކުކަން އަންގައިދިނުން.އޮޅުންފިލައި އެނގުން.","latin":"thaaaarufuvun","english":""}
{ "dhivehi":"ތަޢާރުޟުވުން","definition":"ދެއެއްޗެއް ނުވަތަ ދެބަހެއް އެކަތި އަނެކައްޗާ އިދިކޮޅުވުން. ނުވަތަ ދިމާނުވުން.ދެކޮޅު ދިމާނުވުން.ދެބަސްވުން.ފުށުއެރުން.","latin":"thaaaaruluvun","english":""}
{ "dhivehi":"ތަޤުރީރު","definition":"އިރުޝާދެއް ދިނުމަށް ނުވަތަ ނަސޭހަތެއް ނުވަތަ މަޢުލޫމާތެއް ދިނުމަށްޓަކައި ނުވަތަ ކަމަކާބެހޭގޮތުން ބައެއްގެތެރޭގައި ނުވަތަ ޖަލްސާއެއްގައި ނުވަތަ ކުލާހެއްގައި ދައްކާވާހަކަ.","latin":"thagureeru","english":"address"}
{ "dhivehi":"ތަޤުރީރުކުރުން","definition":"ތަޤުރީރުދިނުން.","latin":"thagureerukurun","english":""}
{ "dhivehi":"ތަޢުރީފު","definition":"ތާރީފު.","latin":"thaaureefu","english":""}
{ "dhivehi":"ތަޢުރީފުކުރުން","definition":"ތާރީފުކުރުން.","latin":"thaaureefukurun","english":""}
{ "dhivehi":"ތަޢުބީރު","definition":"ކަމެއްގެ ނުވަތަ އެއްޗެއްގެ މާނަކުރާ ކުރުން.ހުވަފެނެއްގެމާނަ ކިޔައިދޭ ދިނުން.","latin":"thaaubeeru","english":""}
{ "dhivehi":"ތަޢުބީރުކުރުން","definition":"ކަމެއްގެ ނުވަތަ އެއްޗެއްގެ މާނަކުރުން.ހުވަފެނެއްގެ މާނަކިޔައިދިނުން.","latin":"thaaubeerukurun","english":""}
{ "dhivehi":"ތަޢުބީރުވުން","definition":"ކަމެއްގެ ނުވަތަ އެއްޗެއްގެ މާނަ ދޭހަވެ އެނގުން.ހުވަފެނެއް ސީދާވުން.","latin":"thaaubeeruvun","english":""}
{ "dhivehi":"ތަޤުވާ","definition":"މާތްރަސްކަލާނގެ ރަސްކަންފުޅަށް ބިރުވެތިވާ ބިރުވެތިވުން.ކުށްފާފަތަކުންވާ ރައްކާތެރި.","latin":"thaguvaa","english":""}
{ "dhivehi":"ތަޤުވާވެރި","definition":"މާތްﷲގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އަމުރުކުރެއްވި ކަންތައްކޮށް ނަހީކުރެއްވި ކަންތަކުން ދުރުހެލިވާ.","latin":"thaguvaaveri","english":""}
{ "dhivehi":"ތަޤުވާވެރިން","definition":"މާތްﷲގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އަމުރުކުރެއްވި ކަންތައްކޮށް ނަހީކުރެއްވި ކަންތަކުން އެއްކިބާވާމީހުން.","latin":"thaguvaaverin","english":""}
{ "dhivehi":"ތަޤުވާވެރިކަން","definition":"މާތްﷲގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އަމުރުކުރެއްވި ކަންތައްކޮށް ނަހީކުރެއްވިކަންތަކުން ދުރުހެލިވާކަން.","latin":"thaguvaaverikan","english":""}
{ "dhivehi":"ތަޤުވާވެރިވުން","definition":"މާތްﷲގެ ކޯފާއަށް ބިރުވެތިވެ އެކަލާންގެ އަމުރުކުރެއްވި ކަންތައްކުރުމާއި، ނަހީކުރެއްވިކަންތަކުން ދުރުހެލިވުން.","latin":"thaguvaaverivun","english":""}
{ "dhivehi":"ތަޤުދީރު","definition":"މިންވަރުފުޅު.އަޒަލުގައި ކަނޑަ އަޅުއްވައިފައި ވާގޮތް.","latin":"thagudheeru","english":"destiny"}
{ "dhivehi":"ތަޢުލީމު","definition":"ޢިލްމު.އުނގެނޭ އުނގެނުން.","latin":"thaauleemu","english":""}
{ "dhivehi":"ތަޢުލީމުހޯދުން","definition":"ޢިލްމު އުނގެނުން.","latin":"thaauleemuhoadhun","english":""}
{ "dhivehi":"ތަޢުލީމުދިނުން","definition":"ޢިލްމު އުނގަނައިދިނުން.","latin":"thaauleemudhinun","english":""}
{ "dhivehi":"ތަޢުލީމުލިބުން","definition":"ޢިލްމު ލިބުން.","latin":"thaauleemulibun","english":""}
{ "dhivehi":"ތަޤުލީދުކުރުން","definition":"މީހަކުއުޅޭ ގޮތަށް އުޅުން.އަނެކަކު ކުރާގޮތަށް ކަންތައްކުރުން.","latin":"thaguleedhukurun","english":""}
{ "dhivehi":"ތަޢުޒިޔާ","definition":"މީހަކު މަރުވުމުން އެމީހާގެ ޢާއިލާއަށް ފާޅުކުރާ ހަމްދަރުދީ.","latin":"thaauziyaa","english":""}
{ "dhivehi":"ތަޢުޒިޔާކިޔުން","definition":"މީހަކު މަރުވުމުން އެމީހެއްގެ ޢާއިލާއަށް ހަމްދަރުދީފާޅުކުރުން.","latin":"thaauziyaakiyun","english":""}
{ "dhivehi":"ތަޢުޒީރު","definition":"ކުށެއްގެ އަދަބެއްގެ ގޮތުން ޙައްދަކަށް ވުރެ މައްޗަށް ނުދާ ވަރަށް ދުއްރައިން ތަޅާތެޅުން.","latin":"thaauzeeru","english":""}
{ "dhivehi":"ތަޢުޒީރުކުރުން","definition":"ކުށެއްގެ އަދަބެއްގެ ގޮތުން ޙައްދަކަށްވުރެ މައްޗަށް ނުދާވަރަށް ދުއްރައިން ތެޅުން.","latin":"thauzeerukurun","english":"whip"}
{ "dhivehi":"ތަޢޮލީމުދިނުން","definition":"(ޏ.) ތަޢުލީމު ދިނުން.","latin":"thaaoleemudhinun","english":""}
{ "dhivehi":"ތަޞްދީޤުކުރުން","definition":"ތެދުކުރުން.ޤަބޫލުކުރުން.ރައްތިތުންގެ މަޖްލިހުން ފާސްކުރާ ބިލެއް ރަސްކަލަކު ނުވަތަ ރައީސަކު ޤާނޫނެއް ކަމުގައި ޤަބޫލުކުރެއްވުން.","latin":"thasdheegukurun","english":""}
{ "dhivehi":"ތާ","definition":"ދިރުނބާކޮޅުގެ ކޮޅުވަތުން ފެށިގެން ބޮޑުވަތާ ހަމަޔަށް އޮޑި ދިގަށް އަޅާ ވަކަރެއް ނުވަތަ ބެރިއެއް.ބަސްގަދަކުރުމަށް ބުނެއުޅޭ އަކުރެއް. މިސާލު: މަބުނިންތާ!","latin":"thaa","english":""}
{ "dhivehi":"ތާހަރަ","definition":"(ގ.) ތާހިރު.","latin":"thaahara","english":""}
{ "dhivehi":"ތާހިރު","definition":"ސާފު.ކުނި މިލައާއި ނުސާފުކަމުން ސަލާމަތްވެގެންވާ.ތަޣައްޔަރުވުމެއްނެތް.މަޖާޒު: ރީތި. މިސާލު: ތާހިރު ދިރިއުޅުމެއް.","latin":"thaahiru","english":"clean"}
{ "dhivehi":"ތާހިރުކަން","definition":"ކުންޏެއް، މިލައެއް، ހަޑިކަމެއް ނެތްކަން.","latin":"thaahirukan","english":""}
{ "dhivehi":"ތާހިރުކުރުން","definition":"ސާފުކުރުން.ކުނިމިލައާއި ނުސާފުކަމުން ސަލާމަތްކުރުން.ނަޖިސް ފިލުވައިލުން.","latin":"thaahirukurun","english":""}
{ "dhivehi":"ތާހިރުވުން","definition":"ސާފުވުން.ކުނިމިލައާއި ނުސާފުކަމުން ސަލާމަތްވުން.ކުޑަކަމު ނުވަތަ ބޮޑުކަމުގޮސް ނިމިގެން ނަޖިސް ފިލުވައިލުން.","latin":"thaahiruvun","english":""}
{ "dhivehi":"ތާހިލުން","definition":"(ސ.) ނިކަމެތިންނާއި އެހީވުން.","latin":"thaahilun","english":""}
{ "dhivehi":"ތާހެ","definition":"(ގ.) ކައްކާތާސް.","latin":"thaahe","english":""}
{ "dhivehi":"ތާހެރި","definition":"(ޏ.ސ.) ތާހިރު.","latin":"thaaheri","english":""}
{ "dhivehi":"ތާހެރިކަން","definition":"(ޏ.ސ.) ތާހިރުކަން.","latin":"thaaherikan","english":""}
{ "dhivehi":"ތާހެރިކެޅައުން","definition":"(ޏ.) ތާހިރުކުރުން.","latin":"thaaherikelhaun","english":""}
{ "dhivehi":"ތާހެރިކެޑުން","definition":"(ސ.) ތާހިރުކުރުން.","latin":"thaaherikedun","english":""}
{ "dhivehi":"ތާހެރިވުން","definition":"(ޏ.ސ.) ތާހިރުވުން.","latin":"thaaherivun","english":""}
{ "dhivehi":"ތާހެރެ","definition":"(ގ.) ތާހިރު.","latin":"thaahere","english":""}
{ "dhivehi":"ތާހެރެކަމެ","definition":"(ގ.) ތާހިރުކަން.","latin":"thaaherekame","english":""}
{ "dhivehi":"ތާށި","definition":"ތަނެއްގައި ނުވަތަ އެއްޗެއްގެ ތެރޭގައި ނުނިކުމެވޭ ގޮތަށްވާ ދަތި.ފިތޭފިތުން.ބެދޭބެދުން.(ޏ.) ތަށި.","latin":"thaashi","english":""}
{ "dhivehi":"ތާށިކަން","definition":"ތާށި މިބަހުގެ ނަން އިތުރުގެނަން.","latin":"thaashikan","english":""}
{ "dhivehi":"ތާށިކުރުން","definition":"ދެއެއްޗެއްގެ ދެމެދުގައިލައި ނުވަތަ އެއްޗެއްގެ ތެރެއަށްލައި ދަތިކުރުން.ފިއްތައިބާރުކުރުން. މަޖާޒު:ދަތިކުރުން.ފިއްތުން.ކަމެއްގައިބެއްދުން.އެކަމެއް ނުނިމެނީސް ދޫކޮށްލައިފައި ނުދެވޭ ކަމެއްކުރަން ޖެއްސުން.އެމީހަކު ކުރަން ނުޖެހޭކަމެއް ކުރަންޖެއްސުން.","latin":"thaashikurun","english":""}
{ "dhivehi":"ތާށިވުން","definition":"ދެއެއްޗެއްގެ ދެމެދުގައި، ނުވަތަ ހަނިދޭތެރެއެއްގައި ނުނިކުމެވޭގޮތަށް ދަތިވުން. މަޖާޒު:މައްސަލައެއްގައި ބެދުން.މަސައްކަތެއްގައި އެކަމުން ދުރަށް ނުދެވޭގޮތަށް ހުންނަން ދިމާވުން.","latin":"thaashivun","english":""}
{ "dhivehi":"ތާށިމޭށި","definition":"(ޏ.) ތަށިމުށި.","latin":"thaashimeyshi","english":""}
{ "dhivehi":"ތާނގީ","definition":"ފެން ނުވަތަ ތެޔޮރައްކާކުރުމަށް ދަގަނޑުފިލައިން ހަދައިފައިވާއެތި.ދިޔާއެއްޗެހި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ޓަކައި އެއެއްޗެހި އަޅަން ހަދައިފައިހުންނައެތި. މިމަޢުދަނުންނާއި ފައިބަރުފަދަ ތަކެތިންވެސް ހަދައިފައިހުރެއެވެ.ފެންރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ރާނައިގެން ނުވަތަ ކޮންކްރީޓްކޮށްގެން ހަދައިފައިވާއެއްޗެއް.","latin":"thaangee","english":""}
{ "dhivehi":"ތާނަ","definition":"ދިވެހިބަސް ލިޔެކިޔުމަށް ބޭނުންކުރާ އަކުރުތައް. މިއަކުރުތައް ހެދިފައިވަނީ، ޢަރަބި އަކައިގެ ނުވަ އަކުރާއި، ދިވެހި އަކައިގެ ނުވައަކުރު އަޞްލަކަށް ބަލައިގެންނެވެ.","latin":"thaana","english":""}
{ "dhivehi":"ތާނަކުރުން","definition":"ތާނައަށް ބަދަލުކުރުން.","latin":"thaanakurun","english":""}
{ "dhivehi":"ތާނައަކުރު","definition":"ދިވެހިބަސް ލިޔަން ގެންގުޅޭ އަކުރު.ހަށަނަރަބަޅައިގެ އަކުރުތައް.","latin":"thaanaakuru","english":""}
{ "dhivehi":"ތާނިޔާ","definition":"ދީނަށް ނަސްރުދެއްވައި ވެރިންނާއި ރައްޔިތުން އެންމެހާ ނުރައްކާތެރި ކަންތައްތަކުން ސަލާމަތް ކުރެއްވުން އެދި ކުރާދުޢާއެއް.","latin":"thaaniyaa","english":""}
{ "dhivehi":"ތާނުންކަނޑައިލިގޮތަށްހުރި","definition":"މަޖާޒު:ބޭނުން ނުކޮށްހުރި.މީހަކާނީނދެހުރި.މުޅިންއައު.","latin":"thaanunkandailigothahhuri","english":""}
{ "dhivehi":"ތާނެ","definition":"(ގ.)ތާނަ.ތާން.","latin":"thaane","english":""}
{ "dhivehi":"ތާން","definition":"ސާގާއި ގޮދަންފުށްފަދަ ތަކެތީގައި ދިޔާކޮށް ކައްކާއެއްޗެއް. މިއީ ފޭރާން ހަރުކޮށް ބެހެއްޓުމަށް ޖަހާއެއްޗެކެވެ.އެއްކޮށް އޮންނަ ހަތަރު މުންޑު.އެއްކޮށް އޮންނަ ދެލިބާސް.","latin":"thaan","english":"starch"}
{ "dhivehi":"ތާންނުދޮންނަބާފޮތި","definition":"މަޖާޒު: މީހަކާނީނދެހުރެ މުސްކުޅިވެފައިވާ މީހާ.","latin":"thaannudhonnabaafothi","english":""}
{ "dhivehi":"ތާންކެނދުޅު","definition":"(ޏ.) ކަނދޮޅުގެ ބާވަތެއް. މިބާވަތުގެ ކަނދޮޅު ހެދެނީ ތަންކޮޅެއް ތިރިކޮށެވެ. ފަތް ކުރުވެފައި ހަނިވާނެއެވެ. އާދައިގެ ކަނދޮޅު ފަތަށްވުރެ ތުނިވާނެއެވެ.","latin":"thaankendhulhu","english":""}
{ "dhivehi":"ތާންދޮވުން","definition":"އާފޭރާން ނުވަތަ އާފޮތި ފުރަތަމަ ފަހަރަށް ދޮވުން.","latin":"thaandhovun","english":""}
{ "dhivehi":"ތާންތި","definition":"(ބދ.) ފަންގެ.","latin":"thaanthi","english":""}
{ "dhivehi":"ތާންތު","definition":"(ބދ.) ނާރު.","latin":"thaanthu","english":""}
{ "dhivehi":"ތާންތެޅުން","definition":"(ސ.) ކާބާވަތުގެ ތަކެތި އޭގެޒާތުގައި ހަލާކުނުވަނީސް ލިބޭ ކުއްލި ގެއްލުމަކުން ޗިސްވުން.","latin":"thaanthelhun","english":""}
{ "dhivehi":"ތާންލުން","definition":"ތާންޖެހުން.","latin":"thaanlun","english":""}
{ "dhivehi":"ތާންލޯ","definition":"ޝީޓްޝީޓަށް ހުންނަލޮއި.","latin":"thaanloa","english":""}
{ "dhivehi":"ތާންޖެހުން","definition":"ފޭރާމުގައި ތާން އުނގުޅުން.","latin":"thaanjehun","english":""}
{ "dhivehi":"ތާރަ","definition":"ވަށްކޮށް އޮންނަ އޮނިގަނޑެއްގެ އެއްފަރާތުގައި އެއްކޮޅުގައިހަން އަޅައިގެން ހަދައިފައި އޮންނައެއްޗެއް.","latin":"tambourine drum","english":"tambourine drum"}
{ "dhivehi":"ތާރަކިއުން","definition":"(ހ.) ކުޑަކުދިންގެ ބަހުރުވައިގައި ފެންވެރުމަށް ކިޔާގޮތް.","latin":"thaarakiun","english":""}
{ "dhivehi":"ތާރަކެނަލް","definition":"(ޏ.) ތާރުކުނާ.","latin":"thaarakenal","english":""}
{ "dhivehi":"ތާރަމަޑި","definition":"މަޑީގެ ބާވަތެއް. މިބާވަތުގެ މަޑީގެ ހަން ތާރައިގައިއެޅުމަށް ބޭނުންކުރެއެވެ. މީގެ ބުރިކަށިމަތީގައި ހުދުކުލައިގެ ތިކިތަކެއް ހުރެއެވެ.","latin":"thaaramadi","english":""}
{ "dhivehi":"ތާރަފިނި","definition":"ތަންތާނގައިލާ ދަވާދަށް އަޅާ ވަސްގަދަ ހަލުއިތެލެއް. މިއަޅަނީ ދަވާދު އަވަހަށް ހިކޭނެގޮތްހެދުމަށެވެ. މިއީބޭހުގެ ގޮތުގައިވެސް ބޭނުންކުރާ އެއްޗެކެވެ.","latin":"thaarafini","english":""}
{ "dhivehi":"ތާރަލަމަޑި","definition":"(ނ.) ތާރަމަޑި.","latin":"thaaralamadi","english":""}
{ "dhivehi":"ތާރަޖެހުން","definition":"ލަވަހަމަވާ ގޮތަށް ތާރައިގައި އަތްތިލައިންޖެހުން.","latin":"thaarajehun","english":""}
{ "dhivehi":"ތާރިކިޔުން","definition":"(ޏ.) ކުޑަކުދިންގެ ބަހުރުވައިގައި ފެންވެރުން.","latin":"thaarikiyun","english":""}
{ "dhivehi":"ތާރިއޯ","definition":"(ޏ.) ކުޑަކުދިން ފެންވެރުމަށް ކިޔާއެއްޗެއް. މިސާލު: ތާރިއޯ ކިޔަން ހިނގާށެވެ.","latin":"thaarioa","english":""}
{ "dhivehi":"ތާރިޔޯ","definition":"ކުޑަކުދިންގެ ބަހުރުވައިން ފެންވެރުން.","latin":"thaariyoa","english":""}
{ "dhivehi":"ތާރިޔޯމާރިޔޯ","definition":"ކުޑަކުދިން ފެންވަރުވަމުން ކިޔައިއުޅޭ ބަހެއް.","latin":"thaariyoamaariyoa","english":""}
{ "dhivehi":"ތާރީފު","definition":"މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަ ކަމުގެވާހަކަ.ރުހޭކަމާއި ގަބޫލުކަން އެންގުމަށް ދައްކާވާހަކަ.","latin":"thaareefu","english":""}
{ "dhivehi":"ތާރީފުކުރުން","definition":"މޮޅުކަމާއި ފުރިހަމަކަމާއި ރަނގަޅުކަމުގެ ވާހަކަ ދެއްކުން.","latin":"thaareefukurun","english":"praise"}
{ "dhivehi":"ތާރީފުކެރުން","definition":"(ޏ.) ތާރީފުކުރުން.","latin":"thaareefukerun","english":""}
{ "dhivehi":"ތާރީފުކެޅައުން","definition":"(ޏ.) ތާރީފުކުރުން.","latin":"thaareefukelhaun","english":""}
{ "dhivehi":"ތާރީފުލިބުން","definition":"މީހަކަށް ނުވަތަ މީހަކު ކުރިމަސައްކަތަށް މޮޅުކަމާއި ފުރިހަމަކަމުގެ ބަސްތައް ރައްދުވުން.","latin":"thaareefulibun","english":""}
{ "dhivehi":"ތާރީޚު","definition":"ސަނަތު.ކަމެއްހިނގި ނުވަތަ އެއްޗެއް އުފެދުނު ދުވަސް.ރަސްރަސްކަލުންނާއި މަޝްހޫރު މީހުންގެ ނަސަބާއި ވާހަކަތަކާއި އެމީސްމީހުން އުފަންވި ދުވަހާއި މަރުވިދުވަސްވަރާ ބެހޭ މަޢުލޫމާތު.ތާރީޚް، ޢިލްމު.ކަމެއް ހިނގަމުން އައިގޮތް ލިޔެފައިވާ ލިޔުން ނުވަތަ ކިޔައިދީފައިވާ ކިޔައިދިނުން.","latin":"thaareekhu","english":""}
{ "dhivehi":"ތާރީޚުބެލުން","definition":"ކަމެއް ހިނގިތާރީޚު އޮޅުން ފިލުވުން.","latin":"thaareekhubelun","english":""}
{ "dhivehi":"ތާރީޚުޖެހުން","definition":"ކަމެއް ހިނގި ދުވަސް ފާހަގަ ކުރުމަށް އަހަރާއި މަހާއި ދުވަސް ލިއުން.","latin":"thaareekhujehun","english":""}
{ "dhivehi":"ތާރު","definition":"ކަޅުމުށިކުލައިގެ ނުވަތަ ކަޅުކުލައިގައިހުންނަ، ބޮލާކީންޏަށްވުރެ އޮލަ އެއްޗެއް. މިއީ ހޫނުވީމާ ދިޔާވާ ފިނިވީމާ ހިކޭ އެއްޗެކެވެ. މީގައިގަދަ ޒަވިވަހެއްހުރެއެވެ. މިތައްޔާރުކުރަނީ ބޯޓް ދެއްޔާއި އެކިކަހަލަ ލަކުޑިއަންދައި ގެންނެވެ.ސާފުނުކުރާ ތެލުން އެކިބާވަތުގެ ތެލަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ނެގީމާ ހުންނަބައި.","latin":"thaaru","english":""}
{ "dhivehi":"ތާރުކުހަކުރު","definition":"ތާރުކު ރާއިން ކައްކާ ހަކުރު.","latin":"thaarukuhakuru","english":""}
{ "dhivehi":"ތާރުކުނާ","definition":"ތެތްފިންޏާއި، ފެންނުފޭދޭގޮތަށް ތާރު އެއްކޮށްގެން ހަދައިފައި ހުންނަ ތަރަފާލެއް.","latin":"thaarukunaa","english":""}
{ "dhivehi":"ތާރުކުރާ","definition":"ތާރުކުގެ އެތް ރާކޮށްގެން ނަގާރާ.ތާރުކުން ބާލާރާ.","latin":"thaarukuraa","english":""}
{ "dhivehi":"ތާރުއެޅުން","definition":"މަގުމަގާއި ވައިގެބަނދަރުފަދަ ތަންތަން ހެދުމުގައި ބިންގަނޑު ތަޅައި ހަރުކުރުމަށްފަހު، ތާރުގެ ތަޅުމެއް ދުއްވުން.ތާރުގެފަށަލައެއް ދުއްވުން.","latin":"thaaruelhun","english":""}
{ "dhivehi":"ތާރުއް","definition":"ރުކުގެ ބާވަތެއް. މިވައްތަރުގެ ރުއްހުންނާނީ، ދިވެހިރުއްހާ ފަލަކޮށް ސީދާތެދަށް ހެދިފައެވެ. ފަންވައްތަރުވާނީ ފެންފޯއްރުކުފަނާއެވެ.","latin":"thaaruh","english":"palmyra palm"}
{ "dhivehi":"ތާރެ","definition":"(ގ.) ތާރަ.","latin":"thaare","english":""}
{ "dhivehi":"ތާރެކޮނަލެ","definition":"(ގ.) ތާރުކުނާ.","latin":"thaarekonale","english":""}
{ "dhivehi":"ތާރެފިނި","definition":"(ގ.) ތާރަފިނި.","latin":"thaarefini","english":""}
{ "dhivehi":"ތާބަޑި","definition":"(ހ.) ގޮވާމުގެ ހުލިއޮއްޓަރު.","latin":"thaabadi","english":""}
{ "dhivehi":"ތާބިޢިއްޔަބޭކަލުން","definition":"އަސްޙާބު ބޭކަލެއްގެ އަރިހުން ޢިލްމުހޯއްދެވި ބޭކަލުން.","latin":"thaabiaiyabeykalun","english":""}
{ "dhivehi":"ތާބޫކު","definition":"(ސ.) ޗާބޫކު.","latin":"thaabooku","english":""}
{ "dhivehi":"ތާބޫތު","definition":"ސަންދޯއް.","latin":"thaaboothu","english":""}
{ "dhivehi":"ތާބޯބޮ","definition":"ކުޑަކުދިންގެ ބަހުރުވައިގައި ތާކިހަލަށް ކިޔާނަމެއް.","latin":"thaaboabo","english":""}
{ "dhivehi":"ތާޅަފިއްޔާދިއުން","definition":"އިހުގައި ކޮންމެ ހުކުރުވިލޭރެއަކު ފަތިހު ހަތަރެއްޖެހީމާ ތާޅަފިލިވެރިއަކު މާލޭގެ ކޮލި ހިނގާމަގުގައި، ތާޅަފިލި ފުމެމުންހިނގުން.","latin":"thaalhafiyaadhiun","english":""}
{ "dhivehi":"ތާޅަފިލި","definition":"މިއުޒިކު ކުޅޭއިރު އަނގައިން ފުމޭ ގޮތަށް ހަދައިފައި ހުންނަ އާލަތެއް.ކަރަންޓްގެ ބާރުން (ސައުންޑް ވޭވްސްގެ ބާރުން) އަންނައަޑު ގަދަކުރުމަށް ޓަކައި ހަދައިފައި ހުންނަ އެއްޗެއް. މިހުންނާނީ އެއްކޮޅަށް ހިމަކޮށް އަނެއްކޮޅަށް ފުޅާކޮށެވެ.ގިޔާމަތްވާންވުމުން އިސްރާފީލުގެފާނު ފުމެލައްވާ އަޑުގަދަ އެއްޗެއް.","latin":"trumpet","english":"trumpet"}
{ "dhivehi":"ތާޅަފިލިއެދުރު","definition":"ތާޅަފިލިފުމޭ މީހުންގެ ތެރޭގައި ހުންނަ އިސްވެރިޔާ.","latin":"thaalhafiliedhuru","english":""}
{ "dhivehi":"ތާޅަފިލިވެރިން","definition":"އިހުގައި ތާޅަފިލިފުމެން ސަރުކާރުން ލައްވައިފައިތިބޭ މީހުން.","latin":"thaalhafiliverin","english":""}
{ "dhivehi":"ތާޅަފިލިމާ","definition":"އަންޑާޕޫލުމާ.","latin":"thaalhafilimaa","english":"morning glory"}
{ "dhivehi":"ތާޅަފިލިފުންމެވުން","definition":"ތާޅަފިލިފުމުމަށް މާތްކޮށްކިޔާގޮތް.","latin":"thaalhafilifunmevun","english":""}
{ "dhivehi":"ތާޅަފިލިފުމުން","definition":"ތާޅަފިލިން އަޑުނެރުން.ތާޅަފިލީގައި ރާގުއެޅުވުން.","latin":"thaalhafilifumun","english":""}
{ "dhivehi":"ތާޅަފިލީގެއަޑު","definition":"ޤިޔާމަތްވާންވީމާ ފުންމަވާ ތާޅަފިލީގެއަޑު.ތާލަފިއްޔެއް ފުމުނީމާ އެއިންއިވޭއަޑު.","latin":"thaalhafileegeadu","english":""}
{ "dhivehi":"ތާކިހާ","definition":"ބޯނިވާކުރުމަށް ބޮލަށް ފައްތާ ގޮތަށް ނިތްގަނޑެއް ނެތިހުންނައެއްޗެއް. މި، ފޮއްޗާއި، ކެހެރިއާއި ރޮދިފަދަ ތަކެތިން ތަފާތު ސިފަސިފައަށް ހަދައިފައި ހުރެއެވެ.","latin":"thaakihaa","english":""}
{ "dhivehi":"ތާކީދުކުރުން","definition":"ބުނާބަހެއް ގަދަކުރުން.ތަކުރާރުކޮށް ބުނުން.ގަދައަޅައިބުނުން.","latin":"thaakeedhukurun","english":""}
{ "dhivehi":"ތާކުންތާކުނުޖެހުން","definition":"އެއްވެސް ހަރުދަނާކަމެއް ނެތުން.އޮއްޓަރެއްނެތުން.","latin":"thaakunthaakunujehun","english":""}
{ "dhivehi":"ތާއަބަދު","definition":"އަބަދާއަބަދު.މެދުނުކެނޑި.","latin":"thaaabadhu","english":""}
{ "dhivehi":"ތާއީދު","definition":"އެހެން މީހަކު ބުނާބުނުމަކާ ނުވަތަ ކުރާކަމަކާ އެއްބައިވާ އެއްބައިވުން.","latin":"thaaeedhu","english":""}
{ "dhivehi":"ތާއީދުކުރުން","definition":"އެއްބައިވުން.ރުހޭކަންއެންގުން.","latin":"thaaeedhukurun","english":"support"}
{ "dhivehi":"ތާއީދުލިބުން","definition":"ރުހުންލިބުން.އެއްބާރުލުންލިބުން.","latin":"thaaeedhulibun","english":""}
{ "dhivehi":"ތާއްޔާޖެހުން","definition":"ކޮޅަށްއިންދައި ނުވަތަ ކޮޅަށްހުއްޓައި ނިދިޖެހިގެން ކޮންމެވެސް ފަރާތަކަށް ބޯވެއްޓުން.","latin":"thaahyaajehun","english":""}
{ "dhivehi":"ތާއްޕާލުން","definition":"މަޖާޒު: (ޏ.) މުޅިރަށުތެރޭގައި ހިނގުން.","latin":"thaahpaalun","english":""}
{ "dhivehi":"ތާވަންލުން","definition":"(ސ.)ރިޝްވަތުދީގެން އަނެކަކު ބައިވެރިކުރުން.(ބދ.) ރިޝްވަތުދިނުން.","latin":"thaavanlun","english":""}
{ "dhivehi":"ތާވަޅަ","definition":"ފަޅުތެރޭގައި އުޅޭމަހެއް. މިއީގާތްގަނޑަކަށް ކުދިމުށިމަސްވަރުގެ ބޮނޑިމަސްކޮށް ހުންނަމަހެކެވެ. މިއީބައިބައިގަނޑަށްއުޅޭ މަހެކެވެ. މިއީ އެމަކަށްވެސް ބޭނުންކުރާ އެއްޗެކެވެ.","latin":"thaavalha","english":""}
{ "dhivehi":"ތާވަޅަޖެހުން","definition":"ތާވަޅަހިފުން.","latin":"thaavalhajehun","english":""}
{ "dhivehi":"ތާވަޅު","definition":"ތާވަޅަ.","latin":"thaavalhu","english":""}
{ "dhivehi":"ތާވަޅޮ","definition":"(ޏ.) ތާވަޅު.","latin":"thaavalho","english":""}
{ "dhivehi":"ތާވަކަރު","definition":"ގޭގެވަސް ހިފެހެއްޓުމަށްޓަކައި ޖަހައިފައިހުންނަ ތޮނަތަކުގެ ފޫހަރުކުރަން އަޅައިފައި އޮންނަވަކަރު.","latin":"thaavakaru","english":""}
{ "dhivehi":"ތާވަކަރޮ","definition":"(ޏ.) ތާވަކަރު.","latin":"thaavakaro","english":""}
{ "dhivehi":"ތާވައްކާށި","definition":"ތާރުކުގެ ކާށި. މިއީވިހައިގެ ބޭހަށް ބޭނުންކުރާ އެއްޗެކެވެ.","latin":"thaavahkaashi","english":""}
{ "dhivehi":"ތާވައްފިލާ","definition":"(ގ.) މަސްދޯނިފަހަރުގެ އެންވަތާއި މަސްވަތާ ދެމެދުގައި ފެންހިނގާގޮތަށް ތޮރުފައިފައި ހުންނަފިލާ.","latin":"thaavahfilaa","english":""}
{ "dhivehi":"ތާވަތް","definition":"(ގ.) މަސްދޯނިފަހަރުގެ އެންވަތާއި ގުޅިގެން ތާޖަހައިފައި ހުންނަބައި.","latin":"thaavaiy","english":""}
{ "dhivehi":"ތާވަލު","definition":"މަތިންދާބޯޓުފަދަ އުޅަނދުފަހަރު ފުރާގަޑިއާއި އަންނަގަޑި އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް.ކިޔަވާ ކުދިން ހަފުތާގެ ތެރޭގައި ކިޔަވަންޖެހޭ ގަޑިތަކާއި އެގަޑިތަކުގައި ކިޔަވަންޖެހޭ މާއްދާތައް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް.ކަމެއް ކުރުމަށް ދުވަސްތަކުގެ މައްޗަށް ބަހާލައި އެދުވަސް ދުވަހު ކުރާނެ ކަންތައްތައް ކަނޑައަޅައި އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް.ހޫލަ.","latin":"thaavalu","english":""}
{ "dhivehi":"ތާވަޑި","definition":"ތާބަޑި.","latin":"thaavadi","english":""}
{ "dhivehi":"ތާވެޅެ","definition":"(ގ.) ތާވަޅު.","latin":"thaavelhe","english":""}
{ "dhivehi":"ތާމަތް","definition":"(މ.) ތާފަތް.","latin":"thaamaiy","english":""}
{ "dhivehi":"ތާމެން","definition":"(ޏ.) ކަލޭމެން.","latin":"thaamen","english":""}
{ "dhivehi":"ތާމޯމީޓަރ","definition":"ފިނިހޫނުމިނުގެ ދަރަޖަ ބަލަން ގެންގުޅޭ އާލަތެއް. އާދައިގެ ގޮތެއްގައި މިހަދައިފައި ހުންނަނީ ހިމަބިއްލޫރި ހޮޅިއެއްގެ ގޮތަށެވެ. އެތެރެއަށް ދިރޭރަހަ ނުވަތަ ކުލަ ޖައްސައިފައިހުންނަ އަލްކޮހޮލް އަޅައިގެންނެވެ. އޭގައި ނުވަތަ އެހަރުކޮށްފައިވާ އެއްޗެއް ގައި ފާހަގަތަކެއްލައި ހިސާބު ޢަދަދުތަކެއް ޖަހައިފައިހުރެއެވެ.ހުންބަލާ ކަށިގަނޑު.","latin":"thaamoameetar","english":""}
{ "dhivehi":"ތާފަނާ","definition":"ހޫނުފެން ވަކިވަރަކަށްވާހިހޫ.ހިހޫފެން ވަކިވަރަކަށްކުރާހޫނު.","latin":"thaafanaa","english":"lukewarm"}
{ "dhivehi":"ތާފަނާކަން","definition":"ކައްކައިފައިހުންނަ ދިޔާތަކެތީގައި ހުންނަމަޑުހޫނުކަން.","latin":"thaafanaakan","english":""}
{ "dhivehi":"ތާފަނާކުރުން","definition":"ހޫނުފެން ވަކިވަރަކަށް ހިހޫކުރުން.ހިހޫފެން ވަކިވަރަކަށް ހޫނުކުރުން.","latin":"thaafanaakurun","english":""}
{ "dhivehi":"ތާފަނާވުން","definition":"ހޫނުފެން ވަކިވަރަކަށް ހިހޫވުން.ހިހޫފެން ވަކިވަރަކަށް ހޫނުވުން.","latin":"thaafanaavun","english":""}
{ "dhivehi":"ތާފަތް","definition":"މަސްމަހާމެހީގެ ބޮލުގެ ދެފަރާތުގައި ހުންނަފަތްގަނޑު. މިއީފެނުގެތެރެއިން ބޭނުންވާ އޮކްސިޖަން ލިބިގަތުމަށް ޙަރަކާތްކުރާއެއްޗެވެ.ރުއްރުކުގައި ގަންނައެއްޗެހީގެ ތަނޑު އެއެއްޗަކާގުޅިފައިވާބައި.","latin":"thaafaiy","english":""}
{ "dhivehi":"ތާފަތްގަނޑު","definition":"ތާފަތް.","latin":"thaafaiygandu","english":""}
{ "dhivehi":"ތާފެނާ","definition":"(ޏ.ސ.) ތާފަނާ.","latin":"thaafenaa","english":""}
{ "dhivehi":"ތާލަމެ","definition":"(ގ.) ވައިރޯޅިހެޔޮވަރުވެފައި އުޑުމަތިސާފުވުން.","latin":"thaalame","english":""}
{ "dhivehi":"ތާލަފިލިއޮޑީގެދުވެލި","definition":"(މިސާލުބަހެއް) ވާދަކުރާނެ އެހެން މީހަކުނެތް ތަންތާގައި ތިމާވަރުގެ މީހަކު ނެތްކަމަށް ހެދިގެންއުޅޭ، ނަމަވެސް މީހަކާ ވާދަކޮށްފިނަމަ ދެރަވާ މީހުންނާމެދު ބުނެއުޅޭ ބަހެއް.","latin":"thaalafiliodeegedhuveli","english":""}
{ "dhivehi":"ތާލި","definition":"ފަސްރޮނގުބުރިން ކުރާހިސާބު.ނިދިއައިސްގެން ކުއްލިއަކަށް ބޯވެއްޓޭ ވެއްޓުން.","latin":"thaali","english":""}
{ "dhivehi":"ތާލިތެޅުން","definition":"ތާއްޔާޖެހުން.","latin":"thaalithelhun","english":""}
{ "dhivehi":"ތާލިޖެހުން","definition":"ފަސްރޮނގު ބުރިން ކުރާ ހިސާބުކުރުން.(ހ.) ތާއްޔާޖެހުން.","latin":"thaalijehun","english":""}
{ "dhivehi":"ތާލު","definition":"ރާގުރާގުގެ ހަމަ.","latin":"thaalu","english":""}
{ "dhivehi":"ތާގައު","definition":"(ސ.) ރާނަން ބިންގާއަޅާއިރު ދެފާރުބައްދަލުވާ ކަނުގައިއަޅާގާ.","latin":"thaagau","english":""}
{ "dhivehi":"ތާސީރު","definition":"އެއްޗެއްގައި ހުންނަގޮތް. އާއްމުކޮށް މިބަސް ބޭނުންކުރަނީ ކާބޯތަކެއްޗާއި ބޭސްބޭހާއި ފަތްޕިލާވެލިފަދަ ތަކެއްޗާ ބެހޭގޮތުންނެވެ.","latin":"thaaseeru","english":""}
{ "dhivehi":"ތާސޫޢަދުވަސް","definition":"މުޙައްރަމްމަހުގެ ނުވަވަނަދުވަސް.","latin":"thaasooaadhuvas","english":""}
{ "dhivehi":"ތާސް","definition":"އެއްޗެހި ތެލުލުމަށާއި، ކެއްކުމަށް މައުދަނުން ހަދައިފައިހުންނަ އެއްޗެއް. މިހުންނަނީ، އަނގަމަތި ފުޅާކޮށް އެތެރެ ތިލަކޮށް ދެއުޅައްލައިފައެވެ.ތާސްބައިން ކުޅޭ ކުޅިވަރެއް.","latin":"thaas","english":""}
{ "dhivehi":"ތާސްބައި","definition":"ހަތަރު ރަނގައިން ހަތަރުބައި އެކުލެވޭ ގޮތަށް ހަދައިފައި ހުންނަކާޑުތަކެއް. މިއިން ތަފާތު ކުޅިވަރުތައް ކުޅެއެވެ. މިސާލު: (ހ) ތާސްކުޅުން. (ށ) ޑިގުކުޅުން. (ނ) ދަށުންދަމާކުޅުން.","latin":"thaasbai","english":"cards"}
{ "dhivehi":"ތާސްކުޅުން","definition":"ތާސްބައިންކުޅޭ ކުޅިވަރެއްކުޅުން.","latin":"thaaskulhun","english":""}
{ "dhivehi":"ތާސްވަރު","definition":"އެއްޗެއް ތެލުލާއިރު ކޮންމެފަހަރަކުވެސް ތާހަށްއަޅާވަރު.","latin":"thaasvaru","english":""}
{ "dhivehi":"ތާސްމާކަން","definition":"(ޏ.) ވިޔާނުދާކަން.","latin":"thaasmaakan","english":""}
{ "dhivehi":"ތާސްދަގަނޑު","definition":"މުރަނަކޮށް ހުންނަ ދަގަނޑު. މިއީ ޖެހޭގޮތަކުން ބިންދައިގެންދާގޮތްހުންނަ ހަރު ދަގަނޑެކެވެ.","latin":"thaasdhagandu","english":""}
{ "dhivehi":"ތާޑި","definition":"ތާށި.","latin":"thaadi","english":""}
{ "dhivehi":"ތާޑިކުރުން","definition":"(ސ.) ތާށިކުރުން.","latin":"thaadikurun","english":""}
{ "dhivehi":"ތާޑިވުން","definition":"ތާށިވުން.","latin":"thaadivun","english":""}
{ "dhivehi":"ތާޑީ","definition":"ތާރުކުގެ ރާއިންހަދާ މަސްތުވާ ދިޔާއެއްޗެއް.","latin":"thaadee","english":""}
{ "dhivehi":"ތާޑު","definition":"ހަނޑޫ މާޖައްސައި މުގުރައިފައި ހަކުރުލައިގެން ހަދާއެއްޗެއް. މިއީ ފަނިޔާރަމަށް އަޅާއެއްޗެކެވެ.","latin":"thaadu","english":""}
{ "dhivehi":"ތާޒާ","definition":"އާ.އާރޯ.ފެހި.ފައްކާވެފައިވާ.ވަރުބަލިކަމެއްނެތް.ހޫނުކަން ހުންނަ (ކާބޯތަކެއްޗާމެދު)","latin":"thaazaa","english":""}
{ "dhivehi":"ތާޒާކަން","definition":"އާރޯކަންހުރިކަން.ކާއެއްޗެހީގައި އާކަންހުރިކަން.ޚަބަރާއި ވާހަކަޔަށް ނިސްބަތްކުރާއިރު އާކަން.ވަރުބަލިކަން ފިލައި ހަށިގަނޑަށް އަރާމު ލިބިފައިވާކަން.މަޢުލޫމާތާއި ތަޖުރިބާ ތަކުގެ ހަނދާން އާވެފައިވާކަން.ފައްކާވެފައިހުރިކަން.","latin":"thaazaakan","english":""}
{ "dhivehi":"ތާޒާކުރުން","definition":"މަޢުލޫމާތާއި ތަޖުރިބާތަކުގެ ހަނދާން އާކޮށްލުން.އާކުރުން.","latin":"thaazaakurun","english":""}
{ "dhivehi":"ތާޒާވުން","definition":"ވަރުބަލިކަމެއް ނެތުން.ނުބައިވުމުގެ އަސަރުނެތުން.މަޢުލޫމާތާއި ތަޖުރިބާތަކުގެ ހަނދާން އާވުން.އާވުން.އާރޯވުން.ފެހިވުން.ފައްކާވުން.ހޫނުކަންހުރުން. (ކާބޯތަކެތި)","latin":"thaazaavun","english":""}
{ "dhivehi":"ތާޓު","definition":"(ގ.) ތަށި.","latin":"thaatu","english":""}
{ "dhivehi":"ތާޓުމޫޓި","definition":"(ގ.) ތަށިމުށި.","latin":"thaatumooti","english":""}
{ "dhivehi":"ތާޓުމޫޓިޖެހުން","definition":"(ގ.) ތަށިމުށިޖެހުން.","latin":"thaatumootijehun","english":""}
{ "dhivehi":"ތާޖަރު","definition":"ވިޔަފާރިވެރިޔާ.","latin":"thaajaru","english":""}
{ "dhivehi":"ތާޖަރުން","definition":"ވިޔަފާރިވެރިން.","latin":"thaajarun","english":""}
{ "dhivehi":"ތާޖު","definition":"ރަސްރަސްކަލުންގެ ނުވަތަ ރަނިރަނިކަބަލުން ތަޚުތަށް އިސްކުރުމާއި ގުޅިގެން އަޅުވާ ޚާއްޞަ ތާކިހާކޮޅު.","latin":"thaaju","english":"crown"}
{ "dhivehi":"ތާޖުކޮޅު","definition":"ތާޖަށް އެންމެމާތްކޮށް ކިޔާގޮތް.","latin":"thaajukolhu","english":""}
{ "dhivehi":"ތާޖުކޮޅުބެހެއްޓުން","definition":"ރަސްކަމުގެ އެންމެފުރިހަމަ ޢިއްޒަތްދިނުން.","latin":"thaajukolhubehetun","english":""}
{ "dhivehi":"ތިހި","definition":"(ސ.)ކުޑަކުދިން ގާތުގައި އަނގަޔަށްލުން ރަނގަޅު ނޫން އެއްޗެކޭ ބުނާބަސް.ޗީ.އައްޗި.","latin":"thihi","english":""}
{ "dhivehi":"ތިހުއްޓީ","definition":"(ގ.) އެބަހުރި.","latin":"thihutee","english":""}
{ "dhivehi":"ތިހެނެ","definition":"(ގ.) ތިޔަ ކަނބަލުން.","latin":"thihene","english":""}
{ "dhivehi":"ތިހެން","definition":"ތިޔަހެން.","latin":"thihen","english":""}
{ "dhivehi":"ތިހެންފަހެނާ","definition":"(ޏ.) ތިޔަހެން ވިއްޔާ.","latin":"thihenfahenaa","english":""}
{ "dhivehi":"ތިހެލާނެ","definition":"(ގ.) މިތިބަމީހުން.","latin":"thihelaane","english":""}
{ "dhivehi":"ތިނބި","definition":"ދެފުރާޅު ބެދުނުތަން ނިވާކުރުމަށް އަޅާއެތި.","latin":"thinbi","english":""}
{ "dhivehi":"ތިނބިޅި","definition":"(ޏ.ސ.) ތުނބުޅި.","latin":"thinbilhi","english":""}
{ "dhivehi":"ތިނބިޅިބުރު","definition":"(ޏ.ސ.) ތުނބުޅިވިނަ.","latin":"thinbilhiburu","english":""}
{ "dhivehi":"ތިނބިއެޅުން","definition":"ދެފުރާޅުގެ މަތީކޮޅުޖެހޭތަން ތިނބިން ހިޔާކުރުން.","latin":"thinbielhun","english":""}
{ "dhivehi":"ތިނަ","definition":"(ބދ.) އުރަމަތި.","latin":"thina","english":""}
{ "dhivehi":"ތިނަރަ","definition":"ތިނަރު.","latin":"thinara","english":""}
{ "dhivehi":"ތިނަރި","definition":"ތިންއަރި.","latin":"thinari","english":""}
{ "dhivehi":"ތިނަރު","definition":"ފާލީހާއި ދަވާދު ފަދަތަކެތި ދިޔާކުރަން އަޅާ ދިޔާއެއްޗެއް.","latin":"thinaru","english":""}
{ "dhivehi":"ތިނަކަށި","definition":"މޭކަށިގަނޑު.","latin":"thinakashi","english":""}
{ "dhivehi":"ތިނައަރިފީރު","definition":"ތިންދާރައަށް ހުންނަ ފީރު.","latin":"thinaarifeeru","english":""}
{ "dhivehi":"ތިނާޑެތި","definition":"(ހ.) ތިންގަނޑެތި.","latin":"thinaadethi","english":""}
{ "dhivehi":"ތިނެހަމަ","definition":"(ގ.) ތިންހަމަ.","latin":"thinehama","english":""}
{ "dhivehi":"ތިނެއާ","definition":"(ގ.) ތިނަ.","latin":"thineaa","english":""}
{ "dhivehi":"ތިނެއް","definition":"ގުނުމުގެ ތިންވަނަ ޢަދަދު.ހިސާބުގެ އަކުރުގެ ތެރެއިން ތިންވަނަ އަކުރު.ދޭކާ ހަތަރަކާ ދެމެދުގެ އަދަދު.","latin":"three","english":"three"}
{ "dhivehi":"ތިނެފަޓެވަރި","definition":"(ގ.) ތިންފަށްވަރި.","latin":"thinefatevari","english":""}
{ "dhivehi":"ތިނެތި","definition":"ތިންއެތި.މަޖާޒު: ދެފޯކާއި ޒަކަރު.","latin":"thinethi","english":""}
{ "dhivehi":"ތިނެސްކަން","definition":"ތިންއަރިއަށް ހުންނައެތި.ތިންކަން.ސާޅީސްފަސް ދަރަޖަ ނުވަތަ ތިރީސް ދަރަޖައާއި 60 ދަރަޖައަށްވާގޮތަށް ހަދައިފައިވާ ފަތިގަނޑު. މިއީހިސާބުގެ ކަންކަމުގައި ގެންގުޅޭ އެއްޗެކެވެ.","latin":"triangle","english":"triangle"}
{ "dhivehi":"ތިނެސްކަންބިބީ","definition":"ފަރުފަރާއި ފަޅުފަޅުގައި އުޅޭ ބިބީ ޢާއިލާގެ މަހެއް. މިމަހުގެ ކުލައަކީ މަޑުމުށިކުލައެވެ. މުޅިމަހުގައި ގަދަމުށި ކުލައިގެ ކުރެހުމެއް ހުރެއެވެ. ގިނަ ބިބީއާ ޚިލާފަށް ކޮތަރިބައި ރަނގަޅަށް ހުޅުވައިލައިގެން އުޅޭއިރު ތިނެސްކަންގޮތަށް ހުންނަމަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ.","latin":"thineskanbibee","english":""}
{ "dhivehi":"ތިނެޔާ","definition":"(ގ.)ތިނަ.އުރަމަތި.","latin":"thineyaa","english":""}
{ "dhivehi":"ތިނޯހި","definition":"(ޏ.) ތިނޯސް.","latin":"thinoahi","english":""}
{ "dhivehi":"ތިނޯހިއުރަ","definition":"(ޏ.) ތިނޯސްއުރަ.","latin":"thinoahiura","english":""}
{ "dhivehi":"ތިނޯހިމަދިރި","definition":"(ޏ.ސ.) ފަޅޯގަހު އިބިލީސް.","latin":"thinoahimadhiri","english":""}
{ "dhivehi":"ތިނޯހުމަސައްކަތް","definition":"ތިނޯހުންކުރާ މާޖެހުންފަދަ މަސައްކަތް.","latin":"thinoahumasahkaiy","english":""}
{ "dhivehi":"ތިނޯހެއްގެ ތުނޑުޖައްސައިލާނެ ތަންކޮޅެއްވެސް ނެތް","definition":"މަޖާޒު: އެއްގޮތަކަށްވެސް ހުސްޖާގައެއް ނުވަތަ ހުސްތަންކޮޅެއް ނެތުމުން ބުނެއުޅޭ ބަހެއް.","latin":"thinoahege thundujahsailaane thankolheves neiy","english":""}
{ "dhivehi":"ތިނޯސް","definition":"ފޭރާންފަދަ ތަކެތި ފެހުމަށާއި، މާޖެހުމަށް ގެންގުޅޭ ފަގައެއްލައިފައިވާ ހިމަދަގަނޑުކައްޓެއް.","latin":"thinoas","english":"needle"}
{ "dhivehi":"ތިނޯސްހުއި","definition":"(ގ.)ދަނޑުމަތީގައި ހުންނަ ވަރަށް ފަތްކުދި ވިނައެއް. މީގެ ފަތްތައް ހުންނާނީ ހަރުކޮށް ތޫނުކޮށެވެ. ފައިން އެރުނީމާ ތަދުވާގޮތް ހުންނާނެއެވެ.މޫދުގައިއުޅޭ، ވަށްކޮށް، ތިނޯސް ތަކެއްނުކުމެފައި ހުންނަގޮތަށް ހުންނަ އެއްޗެއް. މިއަށް ފައިންއެރުނީމާ ފަޔަށް ހެރޭނެއެވެ. ބިންދަ ބިންދައިގެންވެސް ދާނެއެވެ. ހެރިފައި އެތިކޮޅެއް ހުރެއްޖެނަމަ ވަރަށް ރިއްސާނެއެވެ. އެނެގުމަށްފަހު ކަމަކަށްނުވެ ރަނގަޅުވެއެވެ. މިއަށް ތިނޯސް ބެރުވެސް ކިޔައެވެ.","latin":"thinoashui","english":""}
{ "dhivehi":"ތިނޯސްނާޅި","definition":"(ލ.) ހިޔަމައިގެ ތޮށިގަނޑު. މީގެ ކަށިތައް ދިއުމުން މާކަނާ ފޮއްޓޭ ކިޔައެވެ.","latin":"thinoasnaalhi","english":""}
{ "dhivehi":"ތިނޯސްއުރަޔަށްލުން","definition":"މާކެޔޮޅު ކަމުގެ ބަހުރުވައިގައި ދޮށްދަނޑީގައި މަޑަރުވުން.","latin":"thinoasurayahlun","english":""}
{ "dhivehi":"ތިނޯސްވަޅު","definition":"ފަހާއިރު ތިނޯސް ހެރިފައިހުންނަތަން.","latin":"thinoasvalhu","english":""}
{ "dhivehi":"ތިނޯސްވިދެލުން","definition":"މާކެޔޮޅުކަމުގައި މިޔަރަށް މަޑަޖެހުން.","latin":"thinoasvidhelun","english":""}
{ "dhivehi":"ތިނޯސްދޫނި","definition":"ތިނޯހާވައްތަރުގޮތަކަށް ދޫނީގެ ހަށިގަނޑުހުންނަ، ވަރަށްކުޑަ ހިމަދޫންޏެއް.","latin":"thinoasdhooni","english":""}
{ "dhivehi":"ތިން","definition":"ތިނަކަށްވާ.","latin":"thin","english":""}
{ "dhivehi":"ތިން ފައްތަރުލައިބިލެތްކެފުން","definition":"ވަކިސިފައަކަށްކަފާ ތިންގަނޑުބިލެތް ފައްތަރުލުން.","latin":"thin fahtharulaibileiykefun","english":""}
{ "dhivehi":"ތިންހަމަ","definition":"ކުޅޭ ކުޅިވަރެއް. ތިންހަމައިގެ ހުންނަނީ ދެވައްތަރެކެވެ. އެއް ވައްތަރަށް ކިޔަނީ ބަބުރު ތިންހަމައެވެ. އެއީ އާދައިގެ ތިންހަމައެވެ. އަނެއް ވައްތަރަކަށް ކިޔަނީ ވަގު ތިންހަމައެވެ. މިތިންހަމައަށް، ފުއްކާ ތިންހަމައޭވެސް ކިޔައެވެ.","latin":"thinhama","english":""}
{ "dhivehi":"ތިންހަމަގޮނޑި","definition":"ތިންހަމަކުޅެން ހަދައިފައި ހުންނަ ފިލާގަނޑު.","latin":"thinhamagondi","english":""}
{ "dhivehi":"ތިންރަށުއޮޑި","definition":"އިހުގައި ކަލާސީން ދަރުކޮށަންދާ އޮޑި.","latin":"thinrashuodi","english":""}
{ "dhivehi":"ތިންރިޔަލާއި ފެހުރު ނަގައިފައި ދިއުން","definition":"(މިސާލުބަހެއް) މީހަކު މާބާރަށް ހިނގައިފައި ދާތަން ފެނުމުން ބުނެއުޅޭ ބަހެއް.","latin":"thinriyalaai fehuru nagaifai dhiun","english":""}
{ "dhivehi":"ތިންބަފައިން","definition":"ބައްޕައަކާއި ދެދަރިން.","latin":"thinbafain","english":""}
{ "dhivehi":"ތިންބަލިވުން","definition":"ރާޒުވާއާއި ތިންހަމަ ކުޅޭއިރު، ވިދިވިދިގެން ތިންގަނޑުން ދެރަވުން.","latin":"thinbalivun","english":""}
{ "dhivehi":"ތިންބަލު","definition":"އަތުން ފަހާއިރު އިނގިލީގެ ކޮޅަށް ލައްވާދޯރި، މިއީ ތިނޯސްކޮއްޕަން ފަސޭހަ ކުރުމަށް ލައްވާ އެއްޗެކެވެ.","latin":"thinbalu","english":""}
{ "dhivehi":"ތިންބަސްރައިވަރު","definition":"ތިންބަހުން ހަދައިފައި ހުންނަ ރައިވަރު.","latin":"thinbasraivaru","english":""}
{ "dhivehi":"ތިންބުރިކޯއްޓޭ","definition":"އިހުގައި ތިންބުރި ގުޅައިގެން ކާލިގަނޑުލައިފައި ހަދައިފައި ހުންނަ ކޯއްޓޭއެއް. (ދިދަ ދަނޑިއެއް) މިކޯއްޓޭގައި ހުންނާނީ ދަނޑިމަތި އަނބުރައިފައެވެ. މިކޯއްޓޭ އެހެން ކޯއްޓޭއަށްވުރެ ކުޑަވާނެއެވެ. މިކޯއްޓޭ ނަގައިފައި ހުންނަނީ ނާބުސްޚާނުގެ އިރުމަތީން ފާރުމަތީގައެވެ.","latin":"thinburikoahtey","english":""}
{ "dhivehi":"ތިންބުޑުފިލާ","definition":"ރުއްބުޑު ފިލާ.","latin":"thinbudufilaa","english":""}
{ "dhivehi":"ތިންބެއްދާޅިއެއްނެތުން","definition":"މަޖާޒު:ދިރިއުޅުމުގެ ބުރައެއް އުފުލަން ޖެހިފައި ނެތުން.ދިރިއުޅުމެއް ނެތުން.","latin":"thinbedhaalhienethun","english":""}
{ "dhivehi":"ތިންކުނބުނައު","definition":"ތިންކުނބު ޖަހަފައި ހުންނަ ނައު.","latin":"thinkunbunau","english":""}
{ "dhivehi":"ތިންއަރިއަށްބޯބޭލުން","definition":"ބޮލުން ބައެއް ނުބާލައި ބޮލުގެ ތިންފަރާތުން ބޯބޭލުން. މިއީ އިހުގައި އަދަބެއްގެ ގޮތުން ކޮށްއުޅުނު ކަމެކެވެ.","latin":"thinariahboabeylun","english":""}
{ "dhivehi":"ތިންއަރިމުރަކަ","definition":"މުރަކަ ގޮތަށް ހެދޭ ގަހެއް. މިގަހުގައި ފަތެއް ނުހުންނާނެއެވެ. ގަސްގަނޑު ހުންނާނީ ތިންއަރިއަށެވެ.","latin":"thinarimuraka","english":""}